ކެރިކްގެ އިތުބާރު ގެއްލޭއިރު، ޔުނައިޓެޑުން ނާގަލްސްމަނަށް ފާރަލަނީ

Oct 22, 2026, 3:03 PM
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން: މެންޗެސްޓާ ޔުނައިޓެޑުން ޝޯޓްލިސްޓު ކުރި އެއް ކޯޗު.

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން: މެންޗެސްޓާ ޔުނައިޓެޑުން ޝޯޓްލިސްޓު ކުރި އެއް ކޯޗު.

މެންޗެސްޓާ (އޮކްޓޫބަރު 22) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި މައިކަލް ކެރިކް އަށް އެ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ އިތުބާރު ގެއްލެމުންދާއިރު، އާ ކޯޗެއް ހޯދަން ޔުނައިޓެޑުން ކުރާ މަސައްކަތުގައި ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަންގެ ނަން ޝޯޓްލިސްޓުކޮށްފި އެވެ. 

މިދިޔަ ސީޒަނުގައި، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ވަކިކޮށް، ފުރަތަަމަ ވަގުތީ އެއްބަސްވުމެއްގައި ގެނައި، ކެރިކްގެ މަސައްކަތް ރަަނގަޅުވުމުން، ޔުނައިޓެޑުން އޭނާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، މި ސީޒަނުގެ މިހާތަނަށް މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޔުނައިޓެޑުން ކުުޅުނު 11 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިއިރު، މޮޅުވީ ދެ މެޗުންނެވެ. އަނެއް ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. 

ޔުނައިޓެޑުން މި ސީޒަނުގައި މޮޅުވީ، ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުން އަތުންނާއި ޗެމްޕިއަންސް ލީގުގައި ސަބާ އަތުންނެވެ. ދެ މެޗު ވެސް ކުޅުނީ ޔުނައިޓެޑް ދަނޑުގަ އެވެ. ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ 40 އަހަރު ތެރޭ އެންމެ ދަށްކޮށް ފެށީ މި ސީޒަނުގަ އެވެ. ރޭ ކުޅުނު މެޗުގައި، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ވަނީ އިޓަލީގެ ކޯމޯ އަތުން 4-1 އިން ބަލިވެފަ އެވެ. 

އެ މެޗަށް ފަހު، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ވަނީ އިންޓަވިއުއެއްގައި ޔުނަައިޓެޑްގެ ކޯޗު ކެރިކް، އެ ޓީމު ލައްވައި އެ މެޗުގައި ކުޅުވި ގޮތާ މެދު ހިތްހަމަނުޖެހުންތައް ހިއްސާކޮށްފަ އެވެ. އަދި، ފެނާންޑޭސްގެ އެ ވާހަކަތަކާ ގުޅޭގޮތުން، ކެރިކަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު އަމާޒުވުމުން، އޭނާ ބުނީ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެކަން ނުކުރެވޭނަަމަ، ކޮންމެ ސިސްޓަމަކަށް ކުޅުނު ކަމުގައި ވިޔަސް ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށެވެ. 

ހޮފެންހައިމް، ބަޔާން މިއުނިކް އަދި އާރްބީ ލައިޕްޒިގުގެ ކޯޗަކަށް ކުރިން ހުރި ނާގަލްސްމަން، އެންމެ ފަހުން ކޯޗަކަށް ހުރީ ޖަރުމަނު ގައުމީ ޓީމުގަ އެވެ. އޭނާ އަށް ޖަރުމަނު ކޯޗުކަން ގެއްލުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާ ދަށްވުމުންނެވެ. 

ކެރިކާ މެދު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި، މެންޗެސްޓާ ޔުނައިޓެޑުގެ ސީނިއާ މެނޭޖްމަންޓުން ގޮތެއް ނިންމާނީ ކުރިއަށް ހުރި މެޗުތަކުގައި ނެރޭ ނަތީޖާ އަށް ބަލާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ނާގަލްސްމަންގެ އިތުރުން، ދެން ޔުނައިޓެޑުން އެ ޓީމުގެ ކޯޗުކަން ދޭން މަޝްވަރާކުރާނެ ކޯޗުންގެ ލިސްޓުގައި މި ވަގުުތަށް ބަލާއިރު، ހިމެނެނީ ދެ ނަމެކެވެ. އެއީ، ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތުން ކުރިން ފެނުނު އެޑީ ހޯވް އާއި ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް އަދި އިޓަލީގެ ގިނަ ކްލަބްތަކުން ފެނިގެންދިޔަ އެންޓޯނިއޯ ކޮންޓޭ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox