ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

Oct 22, 2026, 7:41 AM
ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް މެޗެއްގެ ތެރެއިން ނަބާ އާއި ނަބީ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް މެޗެއްގެ ތެރެއިން ނަބާ އާއި ނަބީ.

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލްގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ޖާގަ ހޯދައިފި އެވެ. 

މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ ޔޫރަޕްގައި ކުރިއަށްދާ މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީ ކުޅޭ ދެ ވަނަ ފަހަރެވެ. މިދިޔަ ޖޫން މަހު، ޔޮނެކްސް އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ވެސް ނަބާ އާއި ނަބީ ވާދަކުރި އެެވެ. 

ހެލަސް އިންޓަނޭޝަަަނަަލްގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ނަބާ އާއި ނަބީ ޖާގަ ހޯދީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ގެރްގާނާ ޕަވްލޯވާ އާއި ޓިއެޑޯރާ ޕަވްލޯވާ އަތުން 21-15، 21-15 އިން މޮޅުވެގެންނެވެ. ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރާނީ، ޑެންމާކްގެ އެމާ ޖޮނަސަން އާއި މެރީ ވިސްކޮވިޗްއާ އެވެ. 

ގްރީސް މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިން ރިވައިވަލް އިން ވަނީ ގަދަ 16 ގައި ވާދަކޮށްފަ އެވެ. ރިވައިވަލްގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީގެ ޕެއާ އިން ވަނީ ގަދަ 32 ގެ ބުރުގައި، ގްރީސްގެ ކޮންސްޓަންޓީނޯސް ކަޕޫކްރަންޑިސް އާއި ޕޮލިޒޮއިސް ޕޮލިޒޯކިސް އަތުން 21-16، 21-6 އިން މޮޅުވެފަ އެވެ. އެކަަމަކު، ގަދަ 16 ބުރުގައި ނިބާލް އާއި ޒަޔާން ވަނީ ތުރުކީގެ ގޮކޭ ގޯލް އާއި މާޓް ސެވަން އަތުން 21-16، 21-13 އިން ބަލިވެފަ އެވެ. 

މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ އިން މޯލްޓާގެ ޖުއާން ކަސާރޫ އާއި އެމިލީ އަބޭލާގެ ޕެއާ އަތުން 21-11، 21-09 އިން މޮޅުވެ، ގަދަ 16 ބުރުގައި ނުކުތީ ޖަރުމަނުގެ އަލެކްސަންޑަ ފިލިޕް ޒޭންގް އާއި އެވާ ސްޓޮމެލްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ނަބީ އާއި ނިބާލް ބަލިވީ، 21-14، 21-12 އިންނެވެ. 

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ ވަނީ، ޕޯޗުގަލްގެ ޑޭވިޑް ސިލްވާ އާއި މާޓާ ސޯސާ އަތުން 21-19، 21-09 އިން ބަލިވެފަ އެވެ. ފިރިހެން ސިންގަލްސްގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ޑެންމާކްގެ ކްރިސްޓޮފާ ވިޓޯރިއާނީ އަތުން ނިބާލް ބަލިވީ، 21-09، 21-17 އިންނެވެ. ފިިރިހެން ސިންގަލްސް ކޮލިފައިންގައި ހަސަން ޒަޔާން ވަނީ ބަލްގޭރިއާގެ ޖިއޯޖީ ރުޕްޓްސޯވް އަތުން 21-08، 21-07 އިން ބަލިވެފަ އެވެ. 

ގްރީސް މުބާރާތަށް ފަހު، ރިވައިވަލް އިން މި ޓުއާގައި ޔޫރަޕްގެ އިތުރު ދެ މުބާރާތެއްގައި ވާދަކުރާނެ އެވެ. މި މަހު 28-31 އަށް ހަންގޭރީގައި ކުރިއަށްދާ 51 ވަނަ ވިކްޓާ އެފްޒެޑް ފޯޒާ ހަންގޭރިއަން އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްސް އަދި އަންނަ މަހުގެ 5-8 އަށް ނޯވޭގައި ކުރިއަށްދާ އެފްޒެޑް ފޯޒާ ނޯވޭޖިއަން އިންޓަނޭޝަނަލްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox