އެވޯޑް ހަފުލާ އަށް ހާޒިރުނުވުމުން ހެމިލްޓަން އަށް އަދަބުދެނީ

Dec 18, 2021, 4:42 AM
މަޝްހޫރު ފޯމިއުލާ ވަން ރޭސަރު ހެމިލްޓަން.

މަޝްހޫރު ފޯމިއުލާ ވަން ރޭސަރު ހެމިލްޓަން.

ޕެރިސް (ޑިސެމްބަރު 18) - ޕެރިހުގައި ރޭ ބޭއްވި ފޯމިއުލާ ވަންގެ ސީޒަން ނިމުމުގެ އެވޯޑް ހަފްލާގައި މަޝްހޫރު ރޭސަރު، ލެވިސް ހެމިލްޓަން ބައިވެރިނުވި މައްސަލައިގައި އޭނާ އަށް އަދަބު ދިނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ހެމިލްޓަން ހިތްހަމަ ނުޖެހިފައި ހުރީ މިދިޔަ ހަފްތާގައި އަބޫ ދާބީގައި ކުރިއަށްދިޔަ ފޯމިއުލާ ވަން ސީޒަނުގެ ފަހު ރޭހުގެ ވަގުތު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. ރޭހުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ބެލެވުނީ ކުރިހޯދާނީ ހެމިލްޓަން ކަމަށެވެ. އެކަމަކު، ނިކޯލަސް ލަފީޓީ ރޭހުގައި ދުއްވި ކާރު ޖެހި، އޭނާ ހެދި ގޯހެއްގެ ފައިދާނަގައި ނެދަލެންޑްސްގެ މެކްސް ވާސްޓެޕަން ވަނީ ފަހު ލެޕްގައި ކުރިއަށް ޖެހިލައި ލީޑެއް ނަގައި، ރޭސް ކާމިޔާބުކޮށްފަ އެވެ.

Advertisement

ހެމިލްޓަން އާއި އޭނާގެ މަރްސެޑީސް ޓީމުން ވަނީ ވާސްޓެޕަން އަށް ރޭސް ކާމިޔާބު ކުރެވުނީ ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްގެން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެ މައްސަލަ އެޕީލް ވެސް ކުރި އެވެ. އެކަމަކު، ރޭހުގެ އޮފިޝަލުން ނިންމީ އުސޫލާ ހިލާފު މައްސަލައެއް ނެތް ކަމަށެވެ. އެކަމާ މެދު ފަހުން ވެސް ހެމިލްޓަން އާއި މަރްސެޑީސް ޓީމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ހެމިލްޓަން އަށް އިނގިރޭސި ނައިޓްހުޑްގެ ރަސްމީކޮށް ހަވާލުކުރިއިރު، އޭނާ ރޭ ޕެރިހުގައި އޮތް ފޯމިއުލާ ވަން ހަފްލާ އަށް ނުދިޔަ ސަބަބެއް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ފޯމިއުލާ ވަން ގަވާއިދުގައިވާ ގޮތުން ސީޒަނުގެ ގަދަ ތިން ރޭސަރުން އެވޯޑް ހަފްލާގައި ބައިވެރިވުން ލާޒިމްވާނެ އެވެ.

"މީހުންނަށް ރަނގަޅުވުމަކީ ވަރަށް ފަސޭހަ ކަމެއް، އެހާ ބޮޑު އަގެއް ދައްކަން ޖެހޭ ކަމެއް ވެސް ނޫން. އެކަމަކު، އުސޫލަކާ ހިލާފަށް ކަމެއް ކޮށްފިނަަމަ، އެކަން އޮންނަ ގޮތަކަށް އަމަލުކުރަން ޖެހޭނެ. ވަކި ގޮތަކަށް އުސޫލު އޮއްވައި މާފެއް ނުދެވޭނެ،" ހެމިލްޓަން އަށް އަދަބު ދޭނަންތޯ ފޯމިއުލާ ވަން ފެޑެރޭޝަނުގެ ހެޑް މުހައްމަދު ބެން ސުލޭޔަމް ގާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އޭނާ ޖަވާބު ދެއްވި އެވެ.

ސުލޭޔަމް ވިދާޅުވީ ހެމިލްޓަންއާ މެދު ގޮތެއް ނިންމަން ޖެހޭނީ އޭނާ އަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މީގެ ގޮތެއް ނިންމާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox