ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުވެ ވާސްޓެޕަން އަށް ދުނިޔޭގެ ޗެމްޕިއަންކަން

Dec 12, 2021, 8:27 PM
ރެޑްބުލް ރޭސަރު މެކްސް ވާސްޓެޕަން ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ރެޑްބުލް ރޭސަރު މެކްސް ވާސްޓެޕަން ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އަބޫ ދާބީ، ޔޫއޭއީ (ޑިސެމްބަރު 13) - ފޯމިއުލާ ވަން ރޭހުގެ ފަހު ވަގުތު ދެއްކި ހިތްވަރާ އެކު ނެދަލެންޑްސްގެ ރެޑްބުލް ރޭސަރު މެކްސް ވާސްޓެޕަން ސީޒަނުގެ ޗެމްޕިއަންކަން ހޯދައި ދުނިޔޭގެ ޓްރޮފީ އުފުލާލައިފި އެވެ.

މިއަދުގެ ރޭހަށް ނުކުތްއިރު، ހަތް ފަހަރު ދުނިޔޭގެ ތަށި އުފުލާލާފައިވާ މެރްސެޑީސްގެ ލުވިސް ހެމިލްޓަން އާއި ރެޑްބުލްގެ ވާސްޓެޕަން އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ.

މިއަދުގެ ރޭހުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ބެލެވުނީ ކުރިހޯދާނީ ހެމިލްޓަން ކަމަށެވެ. އެކަމަކު، ނިކޯލަސް ލަފީޓީ ރޭހުގައި ދުއްވި ކާރު ތަނެއްގައި ޖެހި އޭނާ ހެދި ގޯހެއްގެ ފައިދާނަގައި ވާސްޓެޕަން ވަނީ ފަހު ލެޕްގައި ކުރިއަށް ޖެހިލައި ލީޑެއް ނަގައިފަ އެވެ. އަދި ރަނގަޅު ޓްރެކުގައި ރޭސް ނިންމައި އުމުރުން 24 އަހަރުގެ ނެދަލެންޑްސް އަށް އުފަން ވާސްޓެޕަން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވާސްޓެޕަން ކާމިޔާބު ހޯދުމުން ހެމިލްޓަންގެ މަރްސެޑީސް ޓީމުން ވަނީ ނަތީޖާއާ މެދު ނުރުހުން ފާޅުކޮށް އެޕީލްކޮށްފަ އެވެ. ގިނަ ވަގުތުތަކެއް ވަންދެން ބެލުމަށް ފަހު ނިންމީ އުސޫލުތަކާ ހިލާފަށް ވާސްޓެޕަން ކަމެއް ކޮށްފައިނުވާތީ ނަތީޖާ ދަމަހައްޓާށެވެ. ފަހު ލެޕާ ހަމައަށް އައިއިރު، ވާސްޓެޕަން އަށް އާ ޓައިރެއް އަޅުވައިގެން ހުރެ ރޭސް ނިންމަން ލިބުމަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ހެމިލްޓަންގެ މަރްސެޑީސް ޓީމުން ކުރި އެޕީލް ކާމިޔާބުނުވިއިރު، ވާސްޓެޕަން ވަނީ ތަށްޓާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެެވެ.

"މިއީ ގަބޫލުކުރަން ވެސް ދަތި ކާމިޔާބެއް. އަހަރެން ހަމައެކަނި އުއްމީދުކުރީ ފޯމިއުލާ ވަން ޑްރައިވަރަކަށްވާން. އެ ހިސާބުން މި ފަދަ ޕޯޑިއަމްތަކުގައި ހުއްޓިގެން ހުރެ ކާމިޔާބީގެ ވާހަކަ ދައްކާލަން ބޭނުންވި. އެކަމަކު، އަހަންނަކީ ދުނިޔޭގެ ޗެމްޕިއަންކަމަށް ބަލައި އެ ގޮތަށް މުހާތަބުކުރަން ފެށުމުން ކުރެވެނީ އާދަޔާހިލާފު އިހުސާސެއް،" ވާސްޓެޕަން ބުންޏެވެ.

މުޅި ރޭހަށް ބަލާއިރު، ދެ ފަހަރެއްގެ މަތިން މަރްސެޑީސް ޓީމުން ވަނީ ވާސްޓެޕަންއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު، ދެ ފަހަރު ވެސް އޮފިޝަލުން ވަނީ އެ އެޕީލްތައް އަނބުރާ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox