އޮމިކްރޯންގެ ނުރައްކާ ޑެލްޓާއަށް ވުރެ ކުޑަކަން "ވަރަށް ބޮޑަށް ޔަގީން"

އެމެރިކާގެ އެންމެ އިސް ސައިންޓިސްޓް ޑރ. އެންތަނީ ފައުޗީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ އެންމެ އިސް ސައިންޓިސްޓް ޑރ. އެންތަނީ ފައުޗީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 7) - ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓް އޮމިކްރޯންގެ ނުރައްކާ އޭގެ ކުރީގެ ވޭރިއެންޓުތަކާ އަޅާ ބަލާއިރު ކުޑަކަށް "ވަރަށް ބޮޑަށް ޔަގީންކުރެވޭ" ކަމަށް އެމެރިކާގެ އެންމެ އިސް ސައިންޓިސްޓް އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޖޯ ބައިޑެންގެ ޗީފް މެޑިކަލް އެޑްވައިޒަރު ވަނީ އޮމިކްރޯންއާ ގުޅޭ ގޮތުން ސަމާލުވާންވީ ތިން ކަމެއް ފާހަގަކުރައްވާފަ އެވެ. އެއީ ބަލި ފެތުރޭ ހަލުވިމިނާއި، ވެކްސިން ލިބޭ ރައްކާތެރިކަން ކުޑަވޭތޯ ބެލުމާއި ބަލީގައި ބޮޑުވަރުވާ މިންވަރެވެ.

އާ ވޭރިއެންޓަކީ "ވަރަށް ހަލުވިކޮށް" ފެތުރޭ އެއްޗެއް ކަމަށް ފައުޗީ ވިދާޅުވި އެވެ. މިހާތަނަށް ހޯދިފައިވާ އެންމެ ހަލުވި އަދި ނުރައްކާތެރި ޑެލްޓާ ވޭރިއެންޓަށް ވުރެ ވެސް އޮމިކްރޯން ފެތުރުން ހަލުވިވެދާނެ ކަމަށް ފައުޗީ ގަބޫލުކުރައްވަ އެވެ.

Advertisement

އޭގެ އިތުރުން އޮމިކްރޯންގެ ސަބަބުން އެއް ފަހަރަށް ވުރެ ގިނައިން ބަލި ޖެހުން ނުވަތަ "ރީއިންފެކްޓުވުން" އިތުރު ކަމަށް ވެސް މިހާރު ހުރި ޑޭޓާ އިން ދައްކަ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީޒް އެންޑް އިންފެކްޝަސް ޑިޒީޒަޒް (އެންއައިއެއިޑް) ގެ ޑިރެކްޓަރު ފައުޗީ ވިދާޅުވީ މިހާރު ހުރި ވެކްސިންތަކުން އުފެދޭ އެންޓިބޮޑީ އޮމިކްރޯންއާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރާ ގުޅޭ ތަހުލީލުގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތާ ގުޅޭ ގޮތުން ފައުޗީ ވިދާޅުވީ "ޑެލްޓާ އަށް ވުރެ ނުރައްކާ ކުޑަކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ" ކަމަށެވެ.

"ދެކުނު އެފްރިކާގެ ކޭސްތަކަށް ބަލާއިރު، ބައެއް ސައިންޓިސްޓުން ލަފާކުރާ ގޮތުގައި މިއީ ބޮޑުވަރުވުމުގެ ފުރުސަތު ކުޑަ ވޭރިއެންޓަކަށް ވެދާނެ. ޑެލްޓާއާ އަޅާ ބަލާއިރު، ބަލި ޖެހޭ ނިސްބަތުން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހޭ ވަރު ވަރަށް ބޮޑު ތަނުން މަދު."

ނަމަވެސް ފައުޗީ ވިދާޅުވީ ޑޭޓާ ދެނެގަތުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށާއި އެގޮތުން ގިނައިން އޮމިކްރޯން ޖެހުނު ކޭސްތަކުގައި ޒުވާނުން ހިމެނުމަކީ ވެސް ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުން މަދުވާ ސަބަބަކަށް ވެދާނެ ކަމަށެވެ.

އޭގެ އިތުރުން ބަލީގައި ބޮޑުވަރުވުމަށް ހަފުތާތަކެއް ނެގުން ވެސް އެކަށީގެންވެ އެވެ.

"އަޅުގަނޑަށް ހީވަނީ މިކަން ސާބިތުކުރެވޭނީ އަދި ހަފުތާތަކެއް މަޑުކޮށްގެންހެން،" އޮމިކްރޯން ވޭރިއެންޓު އެންމެ ފުރަތަމަ ރިޕޯޓު ކުރި ދެކުނު އެފްރިކާގެ ތަފާސްހިސާބުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ފައުޗީ ވިދާޅުވީ "ބެސްޓް ކޭސް ސިނާރިއޯ" ނުވަތަ އުއްމީދު ކުރާ އެންމެ ރަނގަޅު ހާލަތަކީ ހަލުވިކަމާ އެކު ފެތުރުނު ނަމަވެސް ބަލި ބޮޑުނުވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި މަރުތައް އިތުރުވާން މެދުވެރި ނުވާ ވޭރިއެންޓަކަށް އޮމިކްރޯން ވުން ކަމަށެވެ.

"އެންމެ ނުރައްކާ ހާލަތަކަށް ވާނީ ހަލުވިކޮށް ފެތުރުމުގެ އިތުރުން، ބަލި ވެސް ބޮޑުވެ، އިތުރު ރާޅަކާ އެކު ވެކްސިނަށް ނުގުޑާ ވޭރިއެންޓަކަށް ވުން،" އޭނާ ފާހަގަކުރެއްވި އެވެ.

ގޮތް ނޭނގޭ އުފެދުމެއް

އޮމިކްރޯން ވޭރިއެންޓް މިހާރު މަދުވެގެން 38 ގައުމަކުން ވަނީ ފެނިފަ އެވެ.

އެ ވޭރިއެންޓާއި އެއްވެސް މަރަކާ މިހާތަނަށް ގުޅުމެއް ނެތް ނަމަވެސް ސައިންޓިސްޓުން ކަންބޮޑުވަނީ އޭގައި 30 އަށް ވުރެ ގިނަ މިޔުޓޭޝަން ހިމެނޭތީ އެވެ.

ފައުޗީ ވިދާޅުވީ އެ ވޭރިއެންޓު އުފެދުނު ގޮތާ މެދު ސީދާ ގޮތެއް ނިންމަން ސައިންޓިސްޓުންނަށް ނޭނގޭ ކަމަށެވެ. ނަމަވެސް ދެ ތިއަރީއެއް އެބަ އޮތެވެ.

އެގޮތުން އެއް ތިއަރީގައި ބުނަނީ އެޗްއައިވީ ބަލީގެ މީހުން ފަދަ ދިފާއީ ނިޒާމު ބަލިކަށި މީހެއްގެ ހަށިގަނޑުގެ ތެރޭގައި ވައިރަސް "އިވޯލްވް" ވީ ކަމަށެވެ.

ދެ ވަނަ ތިއަރީ އަކީ އިންސާނުންގެ ހަށިގަނޑުން ޖަނަވާރުންގެ ހަށިގަނޑަށް ވާސިލްވެ، ބޮޑަށް "މިޔުޓޭޓްވެފައިވާ" ވޭރިއެންޓެއްގެ ގޮތުގައި އަލުން އިންސާނުންނާ ހަމައަށް ފޯރުމެވެ.

ފައުޗީ ވިދާޅުވީ މި ހާލަތުގައި އާއްމުން އިތުރަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި ވަކިން ހާއްސަކޮށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. އޭގެ އިތުރުން މާސްކް އެޅުމަށާއި، ގިނަ މީހުން އެއްވާ ތަންތަނަށް ނުދާން ވެސް ގޮވާލެއްވި އެވެ.

އޭގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ވެސް ލިބޭ އެންމެ އަވަސް ފުރުސަތުގައި ބޫސްޓާ ޝޮޓު ޖެހުމަށް ނަސޭހަތް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox