ގައުމީ ނެޓްބޯޅަ މުބާރާތް: ފިިރިހެން ބައިގެ ތަށި ކުޅުދުއްފުއްޓަށް، އަންހެން ޗެމްޕިއަންކަން ގްރީން ސްޓްރީޓްސް އަށް

Dec 6, 2021, 5:35 AM
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓްސް ކުޅުންތެރިން އުފާފާޅުކުރަނީ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓްސް ކުޅުންތެރިން އުފާފާޅުކުރަނީ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އިން ހޯދިއިރު، އަންހެން ޑިވިޝަންގެ ތަށި ކްލަބް ގްރީން ސްްޓްރީޓްސް އިން އުފުލާލައިފި އެވެ.

ކޭވައިއާރްސީން ޗެމްޕިއަންކަން ހޯދީ ކްލަބް މެޓްރިކްސްގެ މައްޗަށް ފައިނަލުގައި ކުރިހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުުޅުމަކަށް ފަހު ނިމުނީ، ކޭވައިއާރްސީ 30-27 އިން މެޓްރިކްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީ އަށް ކުޅޭ މުހައްމަދު އަރާޝް އައްސަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީގެ ހުސެއިން ސަވީލް އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކޭވައިއާރްސީގެ ސަވީލް، އަރާޝް، ހުސެއިން ހަލީމް، އަހުމަދު ހުޝާމްގެ އިތުރުން މެޓްރިކްސްގެ އިސްމާއިލް ފަރުހާން، އިބްރާހިމް އިޔާޒް އަދި އަހުމަދު އަފްޝަން ރަޝާދު އެވެ.

ފިރިހެން ޑިވިޝަނުގެ ތަށި ހޯދި ކޭވައިއާރްސީ ކުޅުންތެރިން.

ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރީ ކޭވައިއާރްސީ އާއި މެޓްރިކްސްގެ އިތުރުން ސްކައިލާކް އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ގްރީން ސްޓްރީޓްސް އިން ނުކުތީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ކޭވައިއާރްސީއާ ދެކޮޅަށެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ޝަރަފްވެރިކޮށްދެއްވި ރޭގެ ފައިނަލް މެޗުގައި ކޭވައިއާރްސީއާ ބައްދަލުކޮށް ގްރީން ސްޓްރީޓްސް މޮޅުވީ 52-32 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރީ ގްރީން އާއި ކޭވައިއާރްސީގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް ޝައިނިން ސްޓާ އެެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ގްރީންގެ އައިމިނަތު ރީމް ޝާމް، ދިސަނަޔަކޭ، މަރިޔަމް ޝިނާއަތު، ޝައިނިންސްޓާ ޓީމުގެ އައިމިނަތު އައިނީ އާއި އައިޝަތު ޒީކް ޝިޔާމް އަދި ކޭވައިއާރްސީގެ އީމާ އަބްދުލް ސައްތާރު އެވެ.

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޝައިނިންސްޓާ ޓީމުގެ އައިން އަލީ ރަޝީދު އެވެ.

ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު ނެޓްބޯޅަ ހަރަކާތްތައް ފެށިއިރު، ފުރަަތަމަ ކުޅުނީ އެސޯސިއޭޝަން ކަޕް އެވެ، އެ އަށް ފަހު ގައުމީ މުބާރާތް ބޭއްވިއިރު، ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅު އެސޯސިއޭޝަނުން ވަނީ އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox