ކަޅު ބާޒާރުން ޑޮލަރު ބޭރުކުރާތީ ހޯދި ދެ ބިދޭސީން އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

ގަވާއިދާ ހިލާފަށް ޑޮލަރު ގަނެވިއްކާ ބޭރަށް ފައިސާ ފޮނުވާ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ ދެ މީހުން: ބަންގްލަދޭޝްއަށް ނިސްބަތްވާ މި ދެ މީހުން ރާއްޖޭގައި އުޅެނީ ނުގަވާއިދުން. -- ފޮޓޯ: ފުލުހުން

ގަވާއިދާ ހިލާފަށް ޑޮލަރު ގަނެވިއްކާ ބޭރަށް ފައިސާ ފޮނުވާ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ ދެ މީހުން: ބަންގްލަދޭޝްއަށް ނިސްބަތްވާ މި ދެ މީހުން ރާއްޖޭގައި އުޅެނީ ނުގަވާއިދުން. -- ފޮޓޯ: ފުލުހުން

ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމާއި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރޭ ހޯދަން އިއުލާން ކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން އަމިއްލަށް ފުލުހުން ހާޒިރުވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރޭ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި އެއާއެކު އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

އެ ދެ މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދެމުން ފުލުހުން ބުނެފައިވަނީ އެ ދެ މީހުންނަކީ ބޭރު ފައިސާ ވިއްކުމުގެ ގަވާއިދުތަކާ ހިލާފަށް އެ ފައިސާ ގަނެވިއްކާ، ފައިސާ ބޭރުކުރުމުގައި ހަރަކާތްތެރިވާ ދެ މީހުން ކަމަށެވެ. ދެ މީހުން ވެސް ރާއްޖޭގައި އުޅެނީ ވާކް ޕާމިޓެއް ނެތި ގަވާއިދާ ހިލާފަށެވެ.

މިއީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކެކެވެ. އެގޮތުން ހުސްވި ހަފުތާގެ ތެރޭގައި ވެސް ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox