ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާތީ "އެކުވެރި ސުވަދީބު ޕާޓީ" އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މި ޕާޓީ އުފައްދަން ހުއްދަ ދޭން އިލެކްޝަނަށް އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ މުހައްމަދު ޔާސީން އެވެ. އެކަމަކު އޭނާގެ ހުއްދައިގައި ބުނާ ނަމަކީ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށްވާތީ، ހުއްދަ ދެވެން ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ ސިޓީއަކުން ދަންނަވާފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުގައި "ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެ" އެވެ.
ސުވަދީބަކީ އިހު ޒަމާނުގައި އެންމެ ދެކުނުން އޮންނަ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މި ތިން އަތޮޅަށް ކިޔައި އުޅުނު ނަމެކެވެ. އެހެންކަމުން ޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ނަމެއް ކަމަށް އިލެކްޝަނުން ނިންމީ އެވެ.
ގާނޫނުގައި އޮންނަ ގޮތުން ޕާޓީތަކަށް ކިޔާ ނަމަކީ އިލެކްޝަންސް ކޮމިޝަން ގަބޫލުކުރާ ނަމަކަށް ވާން ޖެހެ އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަން ދިވެހިވަންތަ ނޫން ކަަމަށް ބުނެ އެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ނިންމާފަ އެވެ. ފަހުން އެ ޕާޓީއަށް ހުއްދަ ދިނީ "އިހްލާސްތެރި މޯލްޑިވްސް ޕާޓީ"













