ކުޑަކުދިންނަށް ހާއްސަ ޖަލު ޑިސެންބަރުގެ ނިޔަލަށް ނިމޭނެ: އިމްރާން

ކުޑަކުދިންނަށް ހާއްސަ ޖަލު ޑިސެންބަރުގެ ނިޔަލަށް ނިމޭނެ: އިމްރާން

އެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބޭތިއްބުމަށް ހާއްސަކޮށްގެން ކ. ހިންމަފުށީގައި ތަރައްގީކުރާ ޖަލު، އަންނަ ޑިސެމްބަރު މަހުގެ ނިޔަަލަށް ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން މިހެން ވިދާޅުވީ ހިންމަފުށީ އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނަކަށް ނުވާތީ, މަރުގެ މައްސަލަތަކެއްގެ ތުހުމަތުގައި ބަންދުގައި ތިބި ކުދިންތަކެއް ބަންދުން ވީއްލިފައިވާ ދަނޑިވަޅެއްގައެވެ.

ދޫވި ކުދިންތަކުގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އެއް ކުއްޖަކީ މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ އެވެ. އަނެއް ކުއްޖާއަކީ ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ އެވެ. ޖުވެނައިލް ކޯޓުގެ އަމުރުގައިވާ ގޮތުން, އެކުދިން ގޭ ބަންދަށް ދޫކޮށްލާފައި ވަނީ ޖަލުތަކުގެ ހާލަތު ގޯސްކަމަށް އެޗްއާރްސީއެމުން ކަނޑައެޅުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން، މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެ ކުދިންނަށް ހާއްސަ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން ހޯމް މިނިސްޓްރީއަށް ނޮވެމްބަރު 11 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައި ވެއެވެ. އެހެން ނަނަވެސް އެ މުއްދަތަށް އެ މަސައްކަތް ނިންމައެއް ނުލެވުނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ކ. ހިންމަފުށީގައި ކުޑަކުދިން ބަންދުކުރުމަށް ތަރައްގީ ކުރާ ޖަލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، އެ ޖަލު ފަރުމާ ކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުގައި 16 ކުދިން ބަންދުކުރުމުގެ ޖާގަ ހުންނާނެ ކަމަށެވެ. އަދި ކުޑަކުދިން ބަންދު ކުރުމުގެ ބަދަލުގައި އެކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ފަރުމާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ދ. ކުޑަހުވަދޫގައި ކުށުގެ ވެށިން ފެންނަ ކުޑަކުދިން ރީހެބިލިޓޭޓް ކުރުމަށް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ މަޝްރޫގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށި، 2023 އަށް ނިންމާލެވޭނެ ކަމުގައި އަންދާޒާ ކުރެއްވި އެވެ.

މީގެ އިތުރުން އެކުދިނަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލެވިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox