ސައޮ ޕޯލޯ (15 ނޮވެމްބަރު) - ސައޮ ޕޯލޯ ގްރޯން ޕްރީގައި ވާދަވެރި ރެޑްބުލްގެ މެކް ވެސްޓާޕެން ފަހަތަށް ޖައްސާލައި، މެރްސެޑީސްގެ ލުވިސް ހެމިލްޓަން ރޭހުގެ އެއްވަނަ މަގާމު ރޭ ހޯދައިފި އެވެ.
ސައޮ ޕޯލޯ ގްރާން ޕްރީގެ ކޮލިފައިންގައި ޓެކްނިކަލް ގަވައިދާ ހިލާފުވެގެން، ހެމިލްޓަން އަށް ދިން އަދަބާ ގުޅިގެން، އޭނާ ރޭސް ފެށީ 10 ވަނަ މަގާމުގަ އެވެ.
ވާދަވެރި ރެޑްބުލްގެ މެކްސް ވެސްޓާޕެންއާ ވާދަކޮށް ހެމިލްޓަން ހޯދި ކާމިޔާބާއެކު، ހެމިލްޓަން އާއި ވެސްޓާޕެންއާ ދެމެދު އޮތް ތަފާތު ވަނީ 14 ޕޮއިންޓަށް ކުޑަވެފަ އެވެ، ދިހަ ވަނައިގައި ރޭސް ފަށައި، ވެސްޓާޕެން އަށްވުރެ ކުރިއަށް ހެމިލްޓަން ޖެހިލީ ރޭހުގައި ބާކީ 12 ލެޕް އޮއްވަ އެވެ.
މި ނަތީޖާއާއެކު، ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދުމަށް އޮތް ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
މި ސީޒަންގައި ބާކީ ދެން އޮތީ ތިން ރޭހެވެ.
ހެމިލްޓަން ބުނީ މި ރޭހުގެ ކުރިން އޭނާ އަށް ލިބުނު އަދަބުތަކާއެކު، މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިލި އެންމެ އުނދަގޫ ރޭސް ކަމަށެވެ.
"މުޅި ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިއީ އަހަރެން ކުރިމަތިލި އެންމެ އުނދަގޫ ރޭސް،:" ހެމިލްޓަން ބުންޏެވެ. -- ބީބީީސީ












