ރޭސް ކާމިޔާބުކުރީ ބޮޓާސް، ހެމިލްޓަން އަށް ބޮޑު ގެއްލުމެއް

Nov 14, 2021, 6:56 AM
ރޭސް ކާމިޔާބުކުރީ ބޮޓާސް، ހެމިލްޓަން އަށް ބޮޑު ގެއްލުމެއް

ސައޮ ޕޯލޯ (ނޮވެމްބަރު 14) - ސައޮ ޕޯލޯ ގްރޯން ޕްރީގެ ސްޕްރިންޓް ކޮލިފައިން މަރްސެޑީސްގެ ވަލްޓޭރީ ބޯޓާސް ކާމިޔާބުކުރިއިރު، މި ރޭހުގެ ކުރިން ޓެކްނިކަލް ގަވައިދާ ހިލާފުވެގެން އަދަބު ލިބުނު މަރްސެޑީސްގެ ލެވިސް ހެމިލްޓަން ރޭސް ނިންމީ ފަސް ވަނައިގަ އެވެ.

ހެމިލްޓަން އަށް އަދަބު ދިނީ އޭނާ ދުއްވާ ކާރުގެ މައްސަލައަކާ ގުޅިގެންނެވެ. ޓެކްނިކަލް ގަވައިދަކާ ހިލާފުވުމުން، ހެމިލްޓަން ވަނީ ސައޮ ޕޯލޯ ގްރޯން ޕްރީގެ ކޮލިފައިން ރޭހުން ޑިސްކޮލިފައިކޮށްފަ އެވެ. ކޮލިފައިން ނިންމި މަގާމާ އެކު، ހެމިލްޓަން އަށް ސްޕްރިންޓް ފެށުމަށް ލިބިފައި އޮތީ އެންމެ ކުރީ މަގާމެކެވެ. އެކަމަކު އަދަބާ އެކު، އޭނާ ސްޕްރިންޓް ފެށީ އެންމެ ފަހަތުންނެވެ. އެހެން ނަމަވެސް، ހެމިލްޓަން ވަނީ ފަސް ވަނައިގައި ސްޕްރިންޓް ނިންމައިފަ އެވެ.

ބޯޓާސް އެއްވަނައިގައި ސްޕްރިންޓް ނިންމުމުން، މިއަދު އޮންނަ ސައޮ ޕޯލޯ ގްރޯން ޕްރީ ރޭސް އޭނާ ފަށާނީ އެއްވަނަ މަގާމުގަ އެވެ. ސްޕްރިންޓްގެ ދެވަނަ ހޯދީ ރެޑްބުލްގެ މާކް ވެސްޓާޕެންނެވެ. ތިން ވަނަ އަށް ދިޔައީ ފެރާރީގެ ކާލޮސް ސައިންޒް އެވެ.

Advertisement

ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނައިން އިންޖީނު ބަދަލުކުރުމާ ގުޅިގެން، ހެމިލްޓަން އަށް ގްރޯން ޕްރީ ރޭސް ފަށަންޖެހޭނީ ފަސް މަގާމު ފަހަތުންނެވެ. މި ރޭސް ހެމިލްޓަން ފަށާނީ 10 ވަނަ މަގާމުގަ އެވެ.

އެހެންކަމުން، ޗެމްޕިއަންކަން ހޯދުމަށް ހެމިލްޓަން ކުރަމުންދާ އުންމީދުތައް ވަނީ ފަނޑުވެފަ އެވެ. ސީޒަންގައި ބާކީ ހަތަރު ރޭސް އޮތްއިރު، ހެމިލްޓަން އަށް 19 ޕޮއިންޓް ކުރީގައި އޮތް ވެސްޓާޕެންނެވެ.

ކޮލިފައިންގެ ރޭސް ނިންމުމަށް ފަހު، ހެމިލްޓަންގެ ކާރުގައި އަތްލުމުގެ ސަބަބުން، ރެޑްބުލްގެ ވެސްޓާޕެން އަށް ވެސް ވަނީ އަދަބު ދީފަ އެވެ. ވެސްޓާޕެން ވަނީ 50،000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox