18 އަހަރު: ބަންގްލަދޭޝް ކޯޗު ޓާގެޓްކުރީ ރާއްޖެ އަތުން ތާރީހީ މޮޅަކަށް!

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު އޯވަހެޑް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަމްޕު އޯވަހެޑް ކިކަކުން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަންގްލަދޭޝަށް ރާއްޖެ ބަލިކުރެވިފައި ނުވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މާދަމާ ހަވީރު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އަތުން ތާރީހީ މޮޅެއް ހޯދަން ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވެހުރި ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އަމާޒުހިފައިފި އެވެ.

ބަންގްލަދޭޝް އިން 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ފާއިތުވި 18 އަހަރު ތެރޭ ރާއްޖެއާ ދެކޮޅަށް ސީނިއާ ފުޓްބޯޅައިގައި ކުޅުނު ހަތަރު ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. އެ ހަތަރު މެޗުގެ ތެރެއިން އެއް މެޗަކީ މިދިޔަ މަހު މާލޭގައި ކުޅުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗެވެ.

އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅުނު މެޗުން ރާއްޖެ އަތުން 2-0 އިން ވީ ބައްޔެވެ. ފޯ ނޭޝަންސް ކަޕްގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ މިހާރުގެ ކޯޗު ލެމޯސް ބުނީ އޭނާ ބަންގްލަދޭޝްގެ ކޯޗުކަމުގައި ހުރެ އެ ގައުމުގެ ފުޓްބޯޅަ އަށް ތަފާތު ކަމެއް ކޮށްދޭން ބަލާއިރު، ރާއްޖެ ބަލިކުރުން އެއީ ތާރީހީ ކަމަކަށް ވާނެ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ބަންގްލަދޭޝް ފުޓްބޯޅަ އަށް ތަފާތު ކަމެއް ކޮށްދޭން. ރާއްޖެ އަތުން މޮޅުނުވާތަން ކިހާ ދުވަހެއްތަ މިވީ؟ 18 އަހަރު ކަމަށް މި އެނގެނީ. މިއީ އެ ތާރީހު ބަދަލުކޮށްލަން ރަނގަޅު ފަހަރެއް. ކޮންމެ ކަމެއް ވެސް ފުޓްބޯޅައިގައި ވެދާނެ،" މިއަދު ކޮލަމްބޯގެ ހިލްޓަން ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލެމޯސް ބުންޏެެވެ.

"އަހަރެމެން ރާއްޖެއާ ދެކޮޅަށް މި ނުކުންނަނީ ތާރީހީ ކަމެއް ހާސިލްކުރަން. މިއީ ވަރަށް ބޮޑު ފުރުސަތެއް 18 އަހަރަށް ފަހު ރާއްޖެ ބަލިކުރަން ލިބޭ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ލެމޯސް ވާހަަކަ ދައްކަނީ.-- ފޮޓޯ: އަދަދު

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ 4-4 އިން ހޯސްޓް، ސްރީ ލަންކާއާ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި ސީޝެލްސް އާއި ބަންގްލަދޭޝް އެއްވަރުވީ 1-1 އިންނެވެ. ބަންގްލަދޭޝް އިން ލީޑުނަގާފައިވަނިކޮށް ސީޝެލްސް އިން އެއްވަރުކުރީ މެޗުގެ 88 ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ.

ލެމޯސް ބުނީ ރާއްޖެ މެޗުގެ ތައްޔާރީތައް ޔަގީނުން ވެސް ފަސޭހަވާނެ އެއް ސަބަބަކީ ސީޝެލްސް އަށް ވުރެ ރާއްޖެއާ ބެހޭ މައުލޫމާތު ފަސޭހައިން އެނގޭނެ ކަމަށެވެ. އަދި ސީޝެލްސް އަކީ ތަންކޮޅެއް ވަރުގަދަކޮށް ތިބި ކުޅުންތެރިން ކުރިއަށް ލައިގެން ޑައިރެކްޓް ފުޓްބޯޅަ ކުޅޭ ޓީމެއް ކަމަށާއި އެ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫ ވިޔަސް ރާއްޖެ ކަހަލަ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން ފަސޭހަވާނެ ކަމަށެވެ.

ލެމޯސްގެ ކޯޗުކަމުގައި ބަންގްލަދޭޝްގެ ކްލަބް، ޑާކާ އަބަހާނީ ވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ކުޅެފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުތަކުން މޮޅެއް ނުލިބި ރާއްޖެ އާއި ބަންގްލަދޭޝް މާދަމާ ބައްދަލުކުރަން މި ޖެހެނީ އުނދަގޫ ހާލަތެއްގައި އޮވެ ކަން ލެމޯސް ވަނީ ފާހަގަކޮށްފަ އެވެ. ލެމޯސް ބުނީ ރާއްޖެ ކުޅޭ ސްޓައިލްގެ ގޮތުން އެޑްވާންޓޭޖް ނެގޭނެ ގޮތްތަކެއް އެބަހުރި ކަމަށެވެ.

"ރާއްޖެ އަކިީ ވަރަށް ރަނގަޅަށް ޕޮޒެޝަން ހިފަހައްޓައިގެން ކުޅޭ ޓީމެއް. ބޯޅަ ހިފަހައްޓައިގެން ކުޅޭއިރު މީގެ އިދިކޮޅު ޓީމަށް ޖާގަ ލިބޭނެ ފަހަރު ވެސް އަންނާނެ. އަހަރެމެން މި ތިބީ އެކަމުގެ އެޑްވާންޓޭޖް ނަގަން ތައްޔާރުވެގެން،" ލެމޯސް ބުންޏެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ކުޅުނު މެޗުން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާ އިން ހަތަރު ގޯލު ޖަހައި އެއްވަރުކުރީ ފަހު 25 ވަރަކަށް މިނިޓް ތެރޭގަ އެވެ. ލެމޯސް ބުނީ ލަންކާ އިން ރާއްޖެއާ ދެކޮޅަށް އެ ދެއްކި ކުޅުމާ ނެރުނު ނަތީޖާގެ ސަބަބުން މާދަމާގެ މެޗަށްދާއިރު، ސައިކޮލޮޖިކަލީ ބަންގްލަދޭޝަށް ފައިދާތަކެއް އޮވެދާނެ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އެ ގޮތަށް ހަތަރު ގޯލު ވަނީމަ ކޮންފިޑެންސަށް ވެސް ހުންނާނީ އަސަރުކޮށްފައި. އަހަރެން އުއްމީދަކީ އެ މީހުން (ރާއްޖެ ޓީމު) އޭގެއިން ރިކަވާނުވުން. އެ މީހުން އަދިވެސް އެކަމާ މެދު ވިސްނަންޏާ އޭގެ ފައިދާ އަހަރެމެންނަށް ނެގޭނެ. އަހަރެން އުއްމީދުކުރަނީ އެ މީހުން އަންނަނީ ވަރުގަދަކޮށް އެއްޗެއް ސާބިތުކޮށްދޭން ކަމަށް،" ލެމޯސް ބުންޏެވެ.

ރާއްޖެ އަތުން ކާމިޔާބު ހޯދާނަމަ ރަނގަޅަށް މުޅި މެޗު މެނޭޖްކުރެވެން ޖެހޭނެ ކަމަށާއި މިއީ ހަަމައެކަނި ބަންގްލަދޭޝް އިން ޑިފެންސްކޮށްލައިގެން ސަލާމަތްވާނެ މެޗެއް ނޫން ކަމަށް ލެމޯސް ގަބޫލުކުރެ އެވެ. އަދި ރަނގަޅުކުރަން ޖެހޭ އެހެން ކަންކަމަށް ބަލާއިރު، މާދަމާގެ މެޗުގައި ގޯލެއް ޖަހަން ލިބޭ މަދު ފުރުސަތެއްގެ ބޭނުން ހިފުން ވެސް އެއީ މުހިއްމު ކަމެއް ކަން ލެމޯސް އޭނާގެ ޓީމަށް ވިސްނައިދޭނެ އެވެ.

"އެއީ ރާއްޖެއާ ދެކޮޅަށް މާ ގިނަ ފުރުސަތެއް ނުލިބޭނެ ގޯލުޖަހަން،" ލެމޯސް ބުންޏެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗުތައް ކުޅޭ ދަނޑު، ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަަމުގައި ކުޅެން ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ ކަމަށާއި އެއީ ކޮންޓްރޯލުން ބޭރުގައިވާ ކަމަކަށްވާތީ އޭގެ ވާހަކަ ނުދައްކަން ލެމޯސް ވަނީ ނިންމައިފަ އެވެ. އަދި ކޮންމެ ހާލަތެއްގައި ކުޅެން ޖެހުނަސް ނަތީޖާ ނެރެން ކުޅެން ޖެހޭ މަސައްކަތަށް ފޯކަސްކޮށްގެން އެކަން ކުރުން މާ މުހިއްމު ކަމަށް ލެމޯސް ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ލަންކާ ގަޑިން 16:00 އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox