ޖެނުއަރީން ފެށިގެން ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށާނެ

"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ހަރުކޮަށްފައިވާ ފުލުހެއް: ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ސީޕީ ވިދާޅުވޭ--/ ފޮޓޯ: ޕޮލިސް

"ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ހަރުކޮަށްފައިވާ ފުލުހެއް: ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް ސީޕީ ވިދާޅުވޭ--/ ފޮޓޯ: ޕޮލިސް

އަންނަ ޖެނުއަރީން ފެށިގެން ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އެކު އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިން ގާތު ހަމީދު ވިދާޅުވީ ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށެވެ.

އެގޮތުން ބޭނުން ކުރެވޭ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން ހިދުމަތްދެވޭނެ މަގު ފަހި ކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒުކަމަށް ހަމީދު ވިދާޅުވި އެވެ.

"ފުލުހުންގެ އިންސާނީ ވަސީލަތް ބޭނުން މިކުރެވެނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ދިރާސާއެއް ކުރުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އަދި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ބޮޑީ ވޯން ކެމެރާވެސް އަންނަ އަހަރު ޖެނުއަރީން ފެށިގެން ބޭނުން ކުރަން ފެށޭނެ،" ސީޕީ ވިދާޅުވި އެވެ.

ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތައް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވެ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށްޓަކައި، ބޭނުންވާ ވަސީލަތްތައް ހޯދުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ފުލުހުން މީގެ ކުރިން 1400 ބޮޑީ ކެމެރާ ހޯދަން އިއުލާން ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު 200 އަށް ބަދަލުކޮށްފަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ބޮޑީ ކެމަރާތަކެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭނުން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox