މިނިމަމް ވޭޖް: ލަފާ ދިން ވަރަށް ވުރެ ޕްރައިވެޓް ސެކްޓަރަށް ކުޑަ، ޕަބްލިކް ސެކްޓަރަށް ބަދަލެއް ނުގެނޭ

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެ މަސައްކަތް ހަވާލުކުރި މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް ވުރެ ކުޑަކޮށް އަމިއްލަ ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައަޅައި، އިއުލާނުކޮށްފި އެވެ.

އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައާ ގުޅޭ ގޮތުން މިނިމަމް ވޭޖު ބޯޑުން އޮޮކްޓޯބަރު މަހު ލަފާ ދިނީ މައިގަނޑު ފަސް ބައެއްގެ މައްޗަށް ބަލައިގެންނެވެ. އެ ނިންމުމަށް އިކޮނިމޮކް މިނިސްޓަރު މަހެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި އިއުލާނުކުރަން ޖެހެ އެވެ.

ޕްރައިވެޓް ސެކްޓަރަށް ބޯޑުން ދިން ލަފާ

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ލަފާދީފައި ވެއެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ލަފާދީފައިވަނީ ގަޑިއިރަކަށް 33.65ރ. ގެ މަގުންނެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000ރ. އެވެ.

ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 42.79ރ. އެވެ. އެއީ ހަފްތާއަކު އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 8،900ރ. އެވެ.

ނަމަވެސް، ބޯޑުން ދިން ލަފާ ދިރާސާކޮށް، މިހާރު ހޮޓެލް ޖެންގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއުލާނުކުރެއްވި ގަރާރުގައި ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500ރ. އެވެ. މިއީ ބޯޑުން ލަފާދިން ވަރަށް ވުރެ މަހަކު 500ރ. ކުޑަ އަދަދެކެވެ.

އެއީ ގަޑިއިރަކަށް 21.63ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ބަލައިގެންނެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ބޯޑުން ލަފާދިން އަދަދުން މަހަކު 900ރ. ކުޑަކޮށް، އެ ގިންތީ ވިޔަފާރިތަކުގެ އެންމެ ކުޑަ އުޖޫރަކަމުގައި ކަނޑައަޅައި އިއުލާނު ކުރީ މަހަކަށް 8،000ރ. އެވެ. އެއީ ގަޑިއިރަކަށް 38.46ރ. އެވެ.

ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21.63ރ. އެވެ.

މިނިމަމް ވޭޖް ބޯޑު ކަނޑައެޅި މިންވަރުތަކަކީ މިނިސްޓަރު އެގޮތަށް ކަނޑައަޅަންޖެހޭ އަދަދުތަކެއް ކަމަށް ހީވެފައި އޮވެދާނެ ކަމަށާއި ނަމަވެސް ދިރާސާކުރުމަށް ފަހު އެ އަދަދުތައް ބަދަލުކުރެވިދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ބޯޑުގެ ނިންމުން އޮތީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް، އިގުތިސޯދު އަދި އޮތީ ރަނގަޅަށް ނޫން ކަމަށާއި، އިގުތިސޯދު ކުރިން އޮތް މިންވަރަށް އިޔާދަ ވުމަށް އަހަރުތަކެއް ނަގާނެ ކަމަށް ފެންނާތީވެ، މިނިމަމް ވޭޖް ކަނޑައެޅީ އެ ހުރިހާ ކަމަކަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަކީ ރަނގަޅު އަދަދެއް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. އަދި މިހާރު ކަނޑައަޅާފައިވާ އުޖޫރަތަކުގެ ސަބަބުން ވިޔަފާރިތަކަށް އަދި އިގުތިސޯދަށް ފައިދާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ވަޒީފާ އަދާކުރާ މީހުންނަށް މިހާރަށް ރަނގަޅު އަދަދެއް، ވިޔަފާރިތަކަށް ކުރިއަށް އޮތްތަނުުގައި ފައިދާކުރާނެ އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ބޯޑުން ލަފާ ދިން ގޮތަށް ކުދި ވިޔަފާރިތަކުގެ މިނިމަމް ވޭޖަށް 5،000ރ. ކަނޑައަޅައިފި ނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓަރަށް ކަނޑައެޅި މިނިމަމް ވޭޖު

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21.63ރ.
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65ރ.
  • ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 38.46ރ.

ޕަބްލިކް ސެކްޓަރަށް މިނިވަން ވޭޖު ބޯޑުން ކަނޑައެޅި މިންވަރުގައި

ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށް ޕްރައިވެޓް ސެކްޓަަރަށް މިނިމަމް ވޭޖު ކަނޑައެޅި ނަމަވެސް، ޕަބްލިކް ސެކްޓާއަށް މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ލަފާދިން މިންވަރަށެވެ.

ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65ރ. އެވެ. ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގޮތުގައި މަހަކު 7،000ރ. މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

މިނިސްޓަރު އިއުލާނުކުރެއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، އިގުތިސޯދީ ކަންކަމުގެ އިތުރުން ގައުމުގެ ފުދުންތެރިކަމާއި އުފެންދުންތެރިކަމަށް ރިއާއަތްކޮށްފައިވާނެ ކަމަށެވެ.

މިނިމަމް ވޭޖުގައި ބިދޭސީ މުވައްޒަފުން ނުހިމެނޭ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި މިހާރު އިއުލާނުކޮށްފައިވާ މޮރޮޓޯރިއަމް ފަސް އަހަރުގެ މުއްދަތަކަށް ދިގު ދައްމާލުމަށް ބޯޑުން ވަނީ ލަފާދީފަ އެވެ.

މި މުއްދަތުގައި މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް ނިންމާފައިވާއިރު، މިއަދު ކަނޑައެޅި މިނިމަމް ވޭޖުގައި ރާއްޖޭގައި ބިދޭސީ މުވައްޒަފުން ހިމަނާފައެއް ނުވެ އެވެ.

މިނިމަމް ވޭޖުގައި ހިމެނޭނެ އުޖޫރަ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ މާނައިގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ.

މީގެ މާނައަކީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމެނޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox