އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒް، ޑެޕިޔުޓީއަކަށް އުޝާމް

ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވަނީ އެމްއެންޕީގެ ޕީޖީ ލީޑަރުކަމަށް އައްޔަނުކޮށްފައި. -ފޮޓޯ: މަޖިލިސް

ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވަނީ އެމްއެންޕީގެ ޕީޖީ ލީޑަރުކަމަށް އައްޔަނުކޮށްފައި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިއްޔެ ހިމެނުމާއެކު، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަނުކޮށްފި އެވެ.

އެމްއެންޕީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުންގެ ގޮތުގައި މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދެވި ރިޔާޒްގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ.

ނާޒިމާއި ރިޔާޒްގެ އިތުރުން، ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަހްމަދު އުޝާމް ވެސް އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ. އޭނާ ވަނީ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ހަމަޖައްސައިފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ތިން މެމްބަރުންނަކީ މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ ތިން މެމްބަރުން ކަމަށް އިއުލާނުކުރައްވައި، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ތަރުތީބަށް އައި ބަދަލުތައް ވެސް ހާމަކޮށްދެއްވައިފަ އެވެ.

އަދި މި ބަދަލާ ގުޅިގެން، މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރުމަށް އަންނަ ބަދަލު ފާސްކުރަން ހުށަހަޅުއްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެއާއެކު އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެންޕީއަކީ މަޖިލިސް ތަމްސީލުކުރާ ޕާޓީއެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ ގޮތުގައި ރިޔާޒް އައްޔަނުކުރެވިފައިވާ ކަމަށެވެ.

އަދި ޑެޕިޔުޓީ ޕީޖީ ގުރޫޕުގެ ލީޑަރުގެ ގޮތުގައި އުޝާމް އައްޔަނުކުރެވިފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މަޖިލީހުގެ ދަފްތަރަށް އައި ބަދަލު

  • އެމްޑީޕީ - 65 މެމްބަރުން
  • ޕީޕީއެމް - 6 މެމްބަރުން
  • ޖޭޕީ - 3 މެމްބަރުން
  • ޕީއެންސީ - 3 މެމްބަރުން
  • އެމްއެންޕީ - 3 މެމްބަރުން
  • އެމްޑީއޭ - 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 5 މެމްބަރުން

މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބަވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެމްއެންޕީއާ އުފެއްދިއިރު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ފަހުން އެ ދެ މެމްބަރުން ވެސް ވަނީ އެ ހިޔާލު ބަދަލުވެއްޖެކަމަށް ވިދާޅުވެ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފަ އެވެ.

އެމްއެންޕީގެ އަމާޒަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވުން ކަމުގައި ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox