ރައީސްއާ ދެކޮޅަށް ހިޔާލު ފާޅުކުރި މީހަކު ހައްޔަރުކޮށް ބެނާތައް އަތުލައިފި

އިއްޔެ ކުޅުދުއްފުށީގައި ދެމި ފޮތިގަނޑު: އިދިކޮޅު ޕީޕީއެމުން ބުނަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެންނަނީ ހުދުމުހުތާރު ވެރިއެއްގެ ސިފަތައް ކަމަށް. -- ފޮޓޯ: ވީޑިއޯ ކެޕްޗާ

އިއްޔެ ކުޅުދުއްފުށީގައި ދެމި ފޮތިގަނޑު: އިދިކޮޅު ޕީޕީއެމުން ބުނަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެންނަނީ ހުދުމުހުތާރު ވެރިއެއްގެ ސިފަތައް ކަމަށް. -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މީހަކު ހައްޔަރުކޮށް ރައީސް ވަޑައިގެންނެވި ސަރަހައްދުގައި ހުރި ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން އަތުލައިފި އެވެ.

ރައީސް ސޯލިހާ ދެކޮޅަށް އަޑުއުފުލާފައި ވަނީ ރޭ ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށްފަހު މެންދުރު ފަހު ރަށުގެ ހޮވާލެވުނު ޓީމަކާއި ގައުމީ ފުޓުބޯޅަ ޓީމާއެކު ކުޅުނު މެޗެއް ބެއްލެވުމަށް ދަނޑަށް ވަޑައިގެންނެވި ތަނުންނެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މުޖްތަބާ އަހުމަދު ބުނީ އޭނާ ހައްޔަރު ކުރީ "ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ފަށުގައި ފޮތި ދެމުމަކީ އެމަނިކުފާނުގެ ދަތުރުފުޅަށް ހުރަސްއެޅުން" ކަމުގައި ބުނުމަށް ފަހު ކަމަށެވެ.

"ފުލުހުން ބުނީ ބެރިކޭޑު ޖަހާފައި ހުރި ސަރަހައްދަށް ބެނާތައް ހިފައިގެން ނުވަދެވޭނެ ކަމަށް. އަޅުގަނޑު ބުނިން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެންގެ ޝުއޫރުތައް އިއްވާށޭ. ބެނާތައް ވެއްދީ ވެސް އެއްގެއިން އަނެއްގެއިން. ގޭގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ބެނާ ދެމީ ވެސް،" މުޖްތަބާ ކިޔައިދިނެވެ.

ބޯޅަދަނޑު ފަހަތުގައި ހުރި ގެއެއްގައި ހަރު ކުރި ފިޔާތޮށި ކުލައިގެ ފޮތިގަނޑުގައި ބުނެފައި ވަނީ "އިންޑިއާ އައުޓް، އިބޫ އިސްތިއުފާ، ރައީސް ޔާމީން މިނިވަންކުރޭ" މިހެންނެވެ. ފޮތިގަނޑު ދެމި ސަރަހައްދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގި ތަން ފުލުހުން އެ ފޮތިގަނޑު ނެގި މަންޒަރުގެ ވީޑިއޯއަކުން ނުފުނެ އެވެ.

މުޖްތަބާ ބުނީ ހިޔާލުފާޅުކުރަން ދަމާފައި ހުރި ފޮތިގަނޑު އަތުލުމަށްފަހު އޭނާ ހައްޔަރު ކުރީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން އޭނާއަށް ކަށަވަރުކޮށްދީފައި އޮތް މިނިވަންކަން ނިގުޅައިގަތުން ކަމުގައި ދެކޭ ކަމަށް ވެސް މުޖްތަބާ ބުންޏެވެ.

"ރައީސްގެ ދަތުރުފުޅަށް ހުރަސް އެޅެންވީ ކީއްވެގެންތޯ އަޅުގަނޑުމެން ޝުއޫރުފާޅުކޮށްގެން. ކޮން ގާނޫނަކުންތޯ އެކަން މަނާ ވަނީ؟ ކީއްވެގެންތޯ ރައީސްއަށް ފެންނަ ފަށުގައި ބެނާ ނުދެމެންވީ؟،" އޭނާ ސުވާލު ކުރި އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ރައީސްގެ ދަތުރުފުޅުތަކުން ފެންނަނީ ހުދުމުހުތާރު ވެރިއެއްގެ ސިފަތައް" ކަމަށެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމާ ހަވާލުވެލެއްވި ނަމަވެސް ރައީސް ސޯލިހު ފަރާތްޕުޅުން މިހާރު ފެންނަނީ އަޑު އުފުލުމުގެ މިނިވަންކަން ނައްތާލާ މަންޒަރު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އިދާރާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ މި ނޫހުން ގުޅުމުން މިހާތަނަށް ކޮމެންޓެއް ނުކުރެ އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ނޮވެމްބަރު 17، ގައި ގައުމާ މުހާތަބުކޮށް ދެއްވި ހިތާބުގައި، ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށާއި ތަފާތު ސިޔާސީ ފިކުރުތަކަށް ފުރުސަތު ދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މި ރާއްޖެ ތަރައްގީ ކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން. އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީ ވެސް އެމަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިސްރާބު ކުރެވިގެން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އަދި އިތުރަށް ރައީސް ވިދާޅުވެފައި ވަނީ "ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއްނުލާނަން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox