ޖީއެސްޓީ އާއި އިންކަމް ޓެކުހުން ރެކޯޑް އާމްދަނީއެއް

ެރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުން ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ެރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުން ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މުދަލާއި ހިދުމަތުގެ ދާއިރާއިން ނަގާ ޓެކްސް (ޖީއެސްޓީ) އާއި އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު ރެކޯޑް އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިއްޖެ އެވެ

ގައުމީ ޓެކްސް އިދާރާ މީރާއިން އާންމުކުރި ރެވެނިއު ރިޕޯޓު ބުނާ ގޮތުން ނިމުނު މަހު ޓެކްސް އަދި ޓެކްސް ނޫން އާމްދަނީން ޖުމުލަ 1.9 ބިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސް އާމްދަނީ: 1.4 ބިލިއަން ރުފިޔާ

ޓެކްސް ނޫން އާމްދަނީ: 556 މިލިއަން ރުފިޔާ

މިއީ މި އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖެނުއަރީ މަހަށް ވުރެ 190 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އޭގެ ކުރީ އޮގަސްޓު މަހާ އަޅާ ކިޔާނަމަ، 710 މިލިއަން ރުފިޔާ އިތުރެވެ.

ޖުމްލަ އާމްދަނީގެ 65 ޕަސެންޓު އިންކަމް ޓެކްސް އަދި ޖީއެސްޓީން

މިދިޔަ މަހުގެ އާމްދަނީ ރެކޯޑް އަދަދަކަށް އުފުލުމުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ އިންކަމް ޓެކްސް އާމްދަނީއަށް ލިބުނު ކުރިއެރުމެވެ. މި ދާއިރާއިން 744 މިލިއަން ރުފިޔާ ލިބުނެވެ.

އިންކަމް ޓެކްސް އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ފައިނަލް ރިޓާން ފައިސާ އާއި މި އަހަރުގެ ފުރަތަމަ އިންޓަރިމްގެ ފައިސާ ދައްކާ ސުންގަޑިތައް އެ މަހަށް ހަމަވީމަ އެވެ. އަދި ބޭންކުތަކުން ދައްކަން ޖެހޭ އިންކަމް ޓެކްސް ދެއްކީ ވެސް ސެޕްޓެމްބަރުގެ ތެރޭގަ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން ޖެނެރަލް ޖީއެސްޓީއަށް 198 މިލިއަން އަދި ޓޫރިޒަމް ޖީއެސްޓީއަށް 354 މިލިއަން ރުފިޔާ ލިބުނެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސް އާމްދަނީ އިތުރުވީ، އޮގަސްޓު މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ. ފަތުރުވެރިކަމަށް އައި ކުރިއެރުމާ އެކު އިގުތިސޯދީ ހަރަކާތްތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ޓެކްސް ނޫން އާމްދަނީ މުޅިންހެން ރިސޯޓު ކުލިން

މިދިޔަ މަހު ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ 70 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައި ހުރި ތަންތަނުގެ ބިމު ކުލިންނެވެ. މި ދާއިރާއިން 410 މިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ފަސްކުރެވުނު ބިމު ކުލީގެ އާމްދަނީގެ ބައެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ވާކް ޕާމިޓް ފީ އާއި ޖޫރިމަނާ އަދި ޓޫރިޒަމް ނޫން ބޭނުންތަކަށް ދޫކޮށްފައި ހުރި ބިމު ކުލި ހިމެނޭ ގޮތަށް 100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބުނެވެ.

ޖީއެސްޓީ ލަފާކުރުންތައް މުގުރާލައިފި

މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ 10.8 ބިލިއަން ރުފިޔާ އެވެ. ސެޕްޓެމްބަރުގެ ނިޔަލަށް މީގެ ތެރެއިން 8.8 ބިލިއަން ރުފިޔާ ނުވަތަ 80 ޕަސެންޓު ލިބިއްޖެ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން ވިޔަފާރިއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ވިޔަފާރީގެ ފައިދާއިން ނަގާ ވިޔަފާރި ފައިދާ ޓެކްސް (ބީޕީޓީ) ފިޔަވާ އެހެން ހުރިހާ ޓެކްސް ދާއިރާއަކުން ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ނޫނީ އެ އަދަދަށް އާމްދަނީ ލިބިއްޖެ އެވެ.

މީގެ ތެރެއިން ވެސް ޓޫރިޒަމް ޖީއެސްޓީގެ އާމްދަނީ ފާހަގަކޮށްލެވެ އެވެ. ބަޖެޓުގައި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލަފާކުރި ނަމަވެސް، މިހާރު ވެސް ޓީޖީއެސްޓީން 3.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ ލަފާކުރި ވަރަށް ވުރެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޓެކްސް އާމްދަނީ ރަނގަޅު ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ލަފާކުރުންތަކާ މިހާތަނަށް ލިބުނު އަދަދާ ފަރަގު ބޮޑެވެ. އަދި ޓޫރިޒަމް ބިމު ކުލި ފިޔަވާ ގިނަ އެހެން ދާއިރާތަކުން އަންދާޒާ ކުރުންތަކާ ގާތަށް ވެސް އާމްދަނީއެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox