ގައުމިއްޔަތު ކުރިއެރުވުމާއެކު ބޭރުގެ ސިފައިން ރާއްޖޭގައި ތިބުން މަނާ ކުރުމުގެ ވައުދުތަކާއެކު އެމްއެންޕީގެ ކޮންގްރެސް ބާއްވައިފި

އެމްއެންޕީގެ ކޮންގްރެސްގައި މިރޭ ނާޒިމް ވާހަކަ ދައްކަވަނީ: އެ ޕާޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ އިތުރުން ޕާޓީގެ ދިދަ އަދި ލޯގޯ ފަދަ ތަކެތި ފާސް ކުރި -- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ކޮންގްރެސްގައި މިރޭ ނާޒިމް ވާހަކަ ދައްކަވަނީ: އެ ޕާޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ އިތުރުން ޕާޓީގެ ދިދަ އަދި ލޯގޯ ފަދަ ތަކެތި ފާސް ކުރި -- ފޮޓޯ: އެމްއެންޕީ

ގައުމިއްޔަތު ކުރިއެރުވުމާއެކު ބޭރު ގައުމުތަކުގެ ސިފައިން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގާއިމްވެތިބުން މަނާ ކުރަން މަސައްކަތް ކުރުމަށް ވައުދުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކޮންގްރެސް ޖަލްސާ މިރޭ ބާއްވައިފި އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވި އެމްއެންޕީގެ ކޮންގްރެސް ޖަލްސާގައި އެ ޕާޓީގެ އިސްވެރިންނާއި އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން އެމްއެންޕީގެ އާއްމު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެރިވި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެއަކީ ބޭރުގެ ވަކި ގައުމަކަށް ބޯނުލަނބާ، ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ހުރިހާ ގައުމަކާ ވެސް އެކުވެރި ގައުމަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ލަނޑުދަނޑި، ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބާރަކަށް ދޫކުރުމާއި ފާޅުގައި ދެކޮޅުހަދާ، އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބެވޭ ގޮތެއް ހެދުމަކީ އެމްއެންޕީގެ ވައުދު،" ނާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެމްއެންޕީގެ ބައެއް ލަނޑުދަނޑިތަކަށް އަލިއަޅުވާލައި ނާޒިމް ވާހަކަ ދެއްކެވިއިރު ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީ ކުރުމަށް އެ ޕާޓީން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް އާބަން ސެންޓަރު ހަދައި، މާލެއަކީ އޮތް ހަމައެކަނި ހައްލު ކަމަށް ބެލެވިފައިވާވުން ބަދަލުކުރުމަކީ އެމްއެންޕީގެ އަމާޒު. އަދި މި ސެންޓަރުތަކުގެ މެދުގައި ހަމަހަމަ އުސުލުން ޖީބަށް ލުއިކޮށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި މިރޭ މެމްބަރުން ވޯޓު ދެނީ: ވަކި މީހެއްގެ ފަހަތުން ޕާޓީ ނުއެނބުރޭނެ ކަމަށް އެމްއެންޕީން ބުނޭ -- ފޮޓޯ: އެމްއެންޕީ
އެމްއެންޕީގެ ކޮންގްރެސްގައި މިރޭ މެމްބަރުން ވޯޓު ދެނީ: ވަކި މީހެއްގެ ފަހަތުން ޕާޓީ ނުއެނބުރޭނެ ކަމަށް އެމްއެންޕީން ބުނޭ -- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ކޮންގްރެސްގައި މިރޭ މެމްބަރުން ވޯޓު ދެނީ: ވަކި މީހެއްގެ ފަހަތުން ޕާޓީ ނުއެނބުރޭނެ ކަމަށް އެމްއެންޕީން ބުނޭ -- ފޮޓޯ: އެމްއެންޕީ

ރާއްޖޭގެ ސިއްހީ ދާއިރާ ވެސް މުޅި ރާއްޖެއަށް ބެހިފައިވާ އުސޫލަކުން ތަރައްގީ ކުރުމަކީ އެ ޕާޓީގެ އަމާޒު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސެކަންޑަރީ އަދި ޓާޝަރީ ސިއްހީ ހިދުމަތަކީ ސަރުކާރުގެ އޮފީހަކަށާއި ދަންނަ އިސްވެރިންނަށް ގުޅައިގެން ކަށަވަރުވާ ގޮތަށް އޮތް އެއްޗެއްގެ ގޮތުގައި އޮތް ނިޒާމު ދޫކޮށްލާ، ރާއްޖޭގައި 10،000 މީހުން ކިއުއެއްގައި ނުޖެހި، މި ހިދުމަތް ކޮންމެ ދިވެއްސަކަށް ވެސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަކީ މި ޕާޓީން އެންމެ އިސްކަން ދޭނޭ އެއް ކަންތައް،" ކާނަލް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސުންގެ ތެރެއިން މެދުރާއްޖެ ސަރަހައްދުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެޕާޓީން އެއްވެސް މެމްބަރެއް ބާކީނުކޮށް މީގެ ކުރިން ލިބިފަ ހުރި ސިޔާސީ ފިލާވަޅުތައް ވިސްނުމުގައި ބަހައްޓައިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"މި ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރާނި ވަކި ކުލަޔަކަށް ވަކި ފިކުރަކަށް ނޫން. އަޅުގަނޑުމެންގެ ވައުދަކީ އަދި އަޅުގަނޑުމެންގެ އަމާޒު މިސްރާބު ޖަހާނީ އަޅުގަނޑުމެންނާއެކު ތިބި ރައްޔިތުން އަދި ތަންކޮޅެއް ދުރުގައި ތިބި މީހުން ވެސް ހިމެނޭހެން، އެހެން ގޮތަކަށް ދަންނަވަނީނަމަ މި ޕާޓީ މަސައްކަތްކުރާނީ އެންމެންގެ ހައްގުގައި އެކަކު ވެސް ބާކީ ނުވާނެހެން،" އުޝާމް ވިދާޅުވި އެވެ.

ޕާޓީގެ މެދު ދެކުނު ދާއިރާއަށް އިންތިހާބުވި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެހެން ސިޔާސީ ޕާޓީތަކަކި ކޮންމެވެސް އެއް ފަރާތެއްގެ ފަހަތުން އެނބުރޭ، ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތާއި އެކުވެރިންގެ ޖީބުތައް މުއްސަނދި ކުރަން މަސައްކަތްކުރާ ޕާޓީތަކެއް ކަމަށް ރިޔާޒް ތުހުމަތު ކުރެއްވި އެވެ.

"މި ޕާޓީއަކީ ގައުމި ފިކުރުގެ ޕާޓީ، އިސްކުރާނީ ގައުމު، އިސްކުރާނީ ދިވެހިން، ކުރިއަރުވާނީ ގައުމިއްޔަތު. އިސްކަންދޭނީ ގައުމީ ލޯބި އަށަގެނެވުމަށް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި އެމްއެންޕީން ދިވެހިންނަށް ވަޒީފާތައް ކަށަވަރުކުރުމުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި ދިވެހި ބިމުގައި ދިވެހިން ބާރުވެރިކޮށް، ގެދޮރުވެރި ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ޕާޓީ ތެރޭގައި ޑިމޮކްރެސީގެ ރީތި އުސޫލުތައް އަބަދުވެސް ގެންގުޅުއްވާނެ ކަމަށް ރިޔާޒް ވައުދުވެވަޑައިގެންނެވި އެވެ.

"ޕާޓީގެ ކައުންސިލްގެ އާއްމު މެމްބަރުންގެ ރުހުމާނުލާ ހަމައެއްވެސް މީހަކަށް ނުހުރެވޭނެ، ތަބަކަށްލާފަ ހަމަ އެއްވެސް މީހަކަށް މި ޕާޓީން ޓިކެޓެއް ނުދޭނެ،" ރިޔާޒް ވިދަޅުވި އެވެ.

މިރޭ އޮތް އެ ޖަލްސާގައި އެމްއެންޕީގެ ތީމް ލަވަ، ތައާރަފް ވީޑިއޯ، ޕާޓީގެ ނަން، ލޯގޯ، ދިދަ އަދި އަސާސީ ގަވައިދު ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި އެ ޕާޓީގެ ވަގުތީ އެގްޒެކިއުޓިވް ކައުންސިލް ވެސް މިރޭ ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ވަގުތީ ކައުންސިލްގައި ޕާޓީގެ ރައީސްކަން ވެސް ކުރައްވާނީ އިތުރު ކެންޑިޑޭޓެއް ކޮންގްރެސް އިންތިހާބުގައި އެ މަގާމަށް ވާދަ ނުކުރެއްވުމުން އިންތިހާބު ކާމިޔާބުކުރެއްވި ނާޒިމް އެވެ.

ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ މެމްބަރު އުޝާމް، މެމްބަރު ރިޔާޒް އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން ހުސެއިން އިސްމާއިލާއި އަހުމަދު ޝަރީފް އަދި މިރުފަތު އިސްމާއިލް ޝަފީގެވެ. މީގެ ތެރެއިން މިރުފަތު އަދި ޝިދާތާ ފިޔަވައި އެހެން ހުރިހާ މެމްބަރުން އިންތިހަބުވެފައިވަނީ އިތުރު ކެންޑިޑޭޓެއް ކުރިމަތިނުލެއްވުމުން އިންތިހަބަކާ ނުލަ އެވެ. ޕާޓީގެ އަންހެނުންގެ ފިޔައިގެ ލީޑަރުގެ ގޮތުގައި އިންތިހާބުވެފައިވަނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. ޕާޓީގެ ޒުވާން ފިޔައިގެ ލީޑަރެއްގެ ގޮތުގައި އިންތިހާބުވީ އުމެއިރު އަހުމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox