އިމްރާން ވިދާޅުވީ ފުލުހުން ވަކިކުރަން ނުފޫޒު ނުފޯރުވާކަމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ފުލުހުންގެ އިސް މަގާމުތަކުގައި ތިބި ހަތް އޮފިސަރުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމުމުގައި އޭނާ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދޮގުކުރައްވައިފި އެވެ.

މިދިޔަ މަހުގެ ނުވަވަނަ ދުވަހު ޕޮލިސް ބޯޑުން ނިންމާފައިވަނީ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމަށެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމެވުން ތަންފީޒުކުރައްވަން ޖެހެނީ ޕޮލިސް ކޮމިޝަނަރެވެ. ފުލުހުންގެ ބޯޑުގެ ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ގިނަ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު, ހަމީދު މީގެ ކުރިން މި ނޫހަށް ވިދާޅުވި ގޮތުގައި, އޮފިސަރުން މަގާމުން ވަކި ކުރާނީ އެ ކަންކަމަށް ބަލައި ދިރާސާކުރުމަށްފަހު އެވެ.

އެ އޮފިސަރުން ވަކިކުރުމުގައި ސިޔާސީ ނުފޫޒެއް އޮތްތޯ ސާފުކުރުމަށް ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން މިއަދު މަޖިލީހުގައި ވިދާޅުވީ، ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުން ވަކިކުރުމުގެ ނިންމުންތައް ނިންމާނީ މިނިވަން ބޯޑުން ކަމަށާއި އެކަމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

"އެ މަސައްކަތް ހިނގަމުން ދިޔަ އިރު އެ މަސަައްކަތުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ހިމެނިފައި ނެތް ކަމަށް ދަންނަވަން. އަދި އެ މަސަައްކަތް ނިންމެވުމަށް ފަހުގައި އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑާ ހިއްސާކުރައްވާފައި ނުވާ ކަަމުގައި ވެސް ދަންނަވަން،" އިމްރާން ވިދާޅުވި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވަކި ކުރަން ނިންމާފަައިވާ ހަތް އޮފިސަރުންގެ ތެރެއިން ދެ އޮފިސަރަކު މަގާމުން ދުރުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނިންމަވައި, އެ ބޭފުޅުންނަށް ނޯޓިސް ވަނީ ފޮނުވައިފަ އެވެ.

މާގަމުން ދުރުކުރަން ކޮމިޝަނަރު ނިންމަވައި, ނޯޓިސް ފޮނުވާފައިވަނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އަށެވެ.

އެ ދެ ބޭފުޅުންނަށް ފޮނުވާފައިވަނީ އެނގިފައިވާ ގޮތުގައި މި ފެށޭ މަހުގެ 10 ދުވަހު މަގާމުން ވަކި ކުރުމަށް އެކަމުގެ އިޖުރާއަތްތައް ފެށުމުގެ ނޯޓިސް އެވެ.

ނިންމުން ތަންފީޒުކުރުމަށް ގާނޫނުގައި ކޮމިޝަނަރަށް ވަކި މުއްދަތެއް ދީފައެއް ނެތެވެ. ދެ އޮފިސަރަކާމެދު ކޮމިޝަނަރު ގޮތް ނިންމަވާފައިވާއިރު, ދެން ތިއްބެވި ފަސް އޮފިސަރުންނާ ގުޅޭ ގޮތެއް އަދި ގޮތެއް ނުނިންމަވަ އެވެ.

ނަމަވެސް, ޕޮލިސް ބޯޑުން ދެކެނީ އެ ބޯޑުގެ ނިންމުން ކޮމިޝަނަރު ތަންފީޒު ކުރާނެ ކަމަށެވެ.

ފުލުހުންގެ ގާނޫނުގައި ބުނަނީ ކީކޭ؟

ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލް ބައެއްތޯ ކަށަވަރުކުރުމުގެ ޒިންމާ ބޯޑާ މަތިކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުންނެވެ. އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމުމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox