ރައީސް ކަމަށް ކުރިމަތިލާން ފިލިޕީންސްގެ ބޮކްސިން ތަރި ޕަކިއާއޯ ރިޓަޔާކޮށްފި

Sep 30, 2021, 3:03 AM
ފިލިޕީންސްގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިއާއޯ.

ފިލިޕީންސްގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިއާއޯ.

މެނީލާ، ފިލިޕީންސް (ސެޕްޓެމްބަރު 30) - ފިލިޕީންސްގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާތީ ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުގައި މި ވަގުތު މަސައްކަތް ކުރައްވަމުން އަންނަ ލެޖެންޑް މެނީ ޕަކިއާއޯ ރަސްމީކޮށް ރިޓަޔާމެންޓް އިއުލާނުކޮށްފި އެވެ.

އުމުރުން 42 އަހަރުގެ ޕަކިއާއޯ ވަނީ 26 އަހަރު ޕްރޮފެޝަނަލް ބޮކްސިންގައި ހޭދަކޮށްފަ އެވެ. އޭނާ އެ މުއްދަތުގެ ތެރޭގައި 72 މެޗު ތެޅިިއިރު، 62 މެޗުން މޮޅުވި އެވެ. އަށް މެޗުން ބަލިވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޕަކިއާއޯ އަކީ ތަފާތު އެކި ބަރުދަންތަކުގެ ތެޅުމަށް ބަލާއިރު، އަށް ޑިވިޝަނެއްގެ ތަށި ހޯދި ހަމައެކަނި ބޮކްސަރެވެ.

ޕަކިއާއޯ ރިޓަޔާކުރިކަން އިއުލާނުކުރެއްވީ ސޯޝަލް މީޑިއާ އަށް ދޫކުރި ވީޑިއޯ އެއް މެދުވެރިކޮށެވެ. އޭނާ ވިދާޅުވީ ގަބޫލުކުރަން އުނދަގޫވި ކަމުގައި ވިޔަސް ބޮކްސިންގެ ހަޔާތް މި ހިސާބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ސަބަބަކީ ކެރިއަރުގައި އެހެން މިސްރާބަކަށް ދޭން ޖެހުން ކަމަށެެވެ.

2015 ވަނަ އަހަރު ޕަކިއާއޯ (ކ) އާއި ފްލޮއިޑް މޭވެދާގެ ތެޅުމުގެ ތެރެއިން.

އިސްކޮޅުން ކުރު ނަމަވެސް ޖެހިލުންކުޑަ ތެޅުންތެރިއެއްގެ ގޮތުގައި ފެންނަ ޕެކިއާއޯ ކެރިއަރުގައި މޮޅުވި 62 މެޗުގެ ތެރެއިން 39 މެޗަކީ އިދިކޮޅު ތެޅުންތެރިޔާ އަށް ފުރުސަތެއް ނުދީ ނޮކައުޓްކޮށް މޮޅުވި މެޗުތަކެވެ. އަނެއް 23 މެޗަކީ އިދިކޮޅު ކުޅުންތެރިޔާ މެޗު ދޫކޮށްލުމުން ލިބުނު މޮޅުތަކެވެ.

އެންމެ ފަހުން ޕަކިއާއޯ ތެޅީ މިދިޔަ މަހު ކިއުބާގެ ޔޯދެނިސް ޔޫގަސްއާ އެވެ. ޔޫގަސް އަތުން ޕެކިއާއޯ ބަލިވިއިރު، މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ޕެކިއާއޯގެ ފުރަތަމަ ތެޅުމެވެ.

ކުއްލިގޮތަކަށް ޕެކިއާއޯ ރިޓަޔާމެންޓް އިއުލާނުކުރި ސަބަބާ ބެހޭގޮތުން ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެ ގޮތުން ފިލިޕީންސްގެ މީޑިއާތަކުން ރިޕޯޓްކުރަމުން އަންނަ ގޮތުގައި ޕެކިއާއޯ ނިންމާފައިވަނީ އަންނަ އަހަރު މެއި މަހު ބާއްވާ ފިލިޕީންސްގެ ރިޔާސީ އިންތިހާބުގައި ވާދަކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox