އެޗްއާރުސީއެމަށް ސަމާއު އައްޔަނުކުރަން ރުހުންދީފި

އެޗްއާރުސީއެމަށް ސަމާއު އައްޔަނުކުރަން ރުހުންދީފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެމްބަރުކަމަށް ގދ. ތިނަދޫ / އަސާގެ، ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެ ކޮމިޝަންގެ ކުރީގެ މެމްބަރު ނައިވީން އަބްދުﷲ ގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމުން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސަމާއުގެ އިތުރުން 13 ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އެވެ.

ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދެ ބޭފުޅަކު ނަން އަނބުރާ ނަގާފައިވާއިރު، އެހެން ތިން ބޭފުޅަކު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންޓަވިއުގައި ބައިވެރިވާން ބޭނުންނުވާކަމަށް އެނގި ކަމަށް ކޮމިޓީ ރިޕޯޓުގައި ބުންޏެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ބާކީ ތިބި ފަރާތްތަކާ އިންޓަވިއު ކުރިއިރު، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ، ރައީސް ފޮނުއްވި ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތް ސަމާއު އެވެ.

ހުރިހާ ގޮތަކުން ވެސް ސަމާއު ގާބިލު

އިންޓަވިއު މަރުހަލާގެ ތެރެއިން، އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ސަމާއުކަމަށް ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށް ރިިޕޯޓުގައި ބުނެފައި ވެ އެވެ.

އެގޮތުން، ސަމާއު އަކީ ހިއުމަން ރައިޓްސްއާ ގުޅޭ ދާއިރާގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމުގެ އިތުރުން، ގާނޫނީ ދާއިރާއިން ބެޗެލާޒް އަދި ހިއުމަން ރައިޓްސް ލޯއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާކަން ފަރާތެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މިވަގުތު ކޮމިޝަނުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ގާނޫނީ ދާއިރާގެ ބޭފުޅަކު ނެތްކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އޭގެ އިތުރުން، ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު، ކޮމިޝަނުގެ މަސައްކަތްތަކުގެ ފުރިހަމަ މައުލޫމާތު ސަމާއުއަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އިންސާނީ ހައްގުތަކާ ގުޅޭގޮތުން މިވަގުތު ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ރަނގަޅު ތަސައްވުރެއް އޮތް ކަން ކޮމިޓީން ބުންޏެވެ.

އެއާއެކު، ސަމާއުގެ ގާބިލުކަމަށް ބަލައި، އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ހަމައެކަނި އޭނާގެ ނަމެވެ.

ކޮމިޓީން ނިންމި ގޮތަށް، މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން މިއަދު ރުހުންދިން ސަމާއު ވަނީ މީގެ ކުރިން ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މި ވަގުތު ތިއްބެވީ ހަތަރު މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox