ދޫނިދޫގައި ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާ ދިނުން ފުލުހުން ދިފާއުކޮށްފި

ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

ދޫނިދޫގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން ބިޑި އެޅުވުމަށްފަހު ކޮށްޓަކަށްލައި ލާއިންސާނީ އަދަބުދޭކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ އަހަރީ ރިޕޯޓުން ހާމަވުމުން އެކަން ފުލުހުން ދިފާއުކޮށް ނޫސް ބަޔާނެއް މިރޭ ނެރެފި އެވެ. 

ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެންޕީއެމްގެ ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. 

"ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިޔާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ. 

ފުލުހުން އިތުރަށް ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށައި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކާއި ލަފާތަކެއް ކަމަށެވެ.

މީގެއިތުރުން ރިޕޯޓުގައި ހުރީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ކަންކަމެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ނަމަވެސް އެންޕީއެމް އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން ދޫނިދޫގައި ތިބޭ ގައިދީން އެކަހެރިކޮށް، ބިޑިއަޅުވާފައި ބައިތިއްބަނީ ކަސްޓޯޑިއަލްގެ ހިނގާ ކަސްރަތުކުރާ ސަރަހައްދުގައި ހުންނަ ކޮއްޓެއްގަ އެވެ. އެ ކޮށި ބަހައްޓަނީ ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގަ އެވެ. 

ދޫނިދޫގައި ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާ ދޭކަން އެޗްއާރްސީއެމްގެ ތަހުގީގަކުން ހާމަވެއްޖެ

ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން، ހޫނު ގަދަ ކޮއްޓެއްގައި ބިޑިއަޅުވައި ލާއިންސާނީ އަދަބުދޭކަން އެޗްއާރްސީއެމްގެ ރިޕޯޓަކުން ވަނީ ހާމަވެފައި. މިގޮތަށް އެކަހެރިކުރާ މީހުންނަށް ނަމާދުކުރުމާއި ފާހާނާކުރުމުގެ ފުރުސަތު ދޭކަން ކަށަވަރުކުރެވޭނެ ރެކޯޑެއް ނެތް.

"މެންދުރު މިތަނަށް [ކޮއްޓަށް] ވަރަށް ހޫނުވާނެކަމާއި، ބައެއް ފަހަރު ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވައި މިތަނުގައި ކުނަލެއް މަތީ ގިނަ އިރުތަކެއް ބާއްވާކަން ފާހަގަކުރެވިފައިވޭ،" ރިޕޯޓުގައި ބުންޏެވެ. 

އެ ކޮށީގައި ބާއްވާ މީހުން ފާހާނާކުރުމާއި ނަމާދުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުންގެ އޮފިސަރުން ބުނި ނަމަވެސް، އެކަން ސިސްޓަމުގައި ލޮގްކޮށްފައި ނުހުންނަކަން އެންޕީއެމްއަށް ފާހަގަކުރެވިފައިވެ އެވެ. 

ކަސްޓޯޑިއަލް ޖަލުގައި ހުންނަ މީހަކު ޖަލުގެ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއްކޮށްފިނަމަ، ކަސްޓޯޑިއަލް ޖަލުން އެ މީހަކަށް ލިބޭ ބައެއް އިނާޔަތްތައް ނުދިނުމަށް ނުވަތަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް މީހަކު އަމުރަށް ނުކިޔަމަންތެރިވެއްޖެ ހާލަތެއްގައި އިނާޔަތްތައް ކަނޑާލުމުގެ ގޮތުން އެކަހެރިކޮށްފައި ވަކި ތަނަކަށް ލާފައި ބާއްވަން ގަވާއިދު ތަނެއް ނުދެ އެވެ. 

ފުލުހުން ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗްއާރްސީއެމް އާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox