މުއިއްޒުގެ ވާހަކަތައް ހިތްވަރުދީ، މުޒާހަރާކުރާ މީހުން ކުށްވެރިކޮށް އެޗްއާރްސީއެމް އިން ބަޔާނެއް ނެރެފި

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެޗްއާރްސީއެމް

އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ހިތްވަރުދީ، މުޒާހަރާކުރާ މީހުން ކުަށްވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ނޫސް ބަޔާނެއް ނެރެފި އެވެ. 

އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ބައެއް ސިޔާސީ ޕާޓީތަކުން ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވާ މުޒާހަރާތަކުގައި، އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީއާއިން އާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. 

"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ހިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ، ގާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއްކަން ފާހަގަކުރަން،" އެޗްއާރްސީއެމް އިން ބުންޏެވެ. 

Advertisement

ނަމަވެސް އަނިޔާވެރިވާން ހިތްވަރުދީ މުޒާހަރާ ކުރަމުންދާ މީހުން ކުރި އަމަލެއް އެ ކޮމިޝަނަކުން ނުބުނެ އެވެ. އަދި އެފަދަ މައްސަލައެއް ބަލަމުންދާ ކަމަކަށް ވެސް އެ ކޮމިޝަނުން ނުބުނެ އެވެ.  

އިދިކޮޅުގެ ޕާޓީތަކުގެ އަމަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމް އިން ބުނީ ޕާޓީތަކުގެ އިސްވެރިން އެފަދަ އަމަލުތައް ނުކުރުމަށާއި ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށް ގޮވާލާ ކަމަށެވެ.

އެޗްއާރްސީއެމް އިން މި ނޫސްބަޔާން ނެރުނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޒާހަރާކުރުމުން ރައްޔިތުންނަށް އުނދަގޫވާ ކަމަށާއި މުޒާހަރާތަކުގައި ގާނޫނުތަކާއި ގާނޫނުއަސާސީ އާއި އިސްލާމީ ހުދޫދުތަކުގެ ތެރޭގައި އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިތާ 12 ގަޑިއިރުވެސް ނުވަނީސް އެވެ. 

"ކޮންމެތަނެއްގައި ވާހަކަ ދެއްކިޔަސް އަޅުގަނޑުމެން ހަމަ ގާނޫނުތަކާއި ގާނޫނުއަސާސީ އާއި އިސްލާމީ ހުދޫދުތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަމަލުތަކާއި އަޅުގަނޑުމެންގެ ބަހުރުވަ ހުންނަންޖެހޭނީ. އެކަކު އަނެކަކަށް ކުރަންޖެހޭ ރެސްޕެކްޓް ކުރަންޖެހޭނެ. އެއީކަންނޭނގޭ ރައްޔިތުން ބޭނުންވާ ގޮތަކީ،" މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެންމެންގެވެސް އެބަހުރި ހައްގުތަކެއް. ހިޔާލުފާޅުކުރުމުގެ ހައްގު އެބައޮތް. އަދި އެއްވެ އުޅުމުގެ ހައްގު އެބައޮތް. އެ ހައްގުގެ ބޭނުން ހިފަންވީ އަޅުގަނޑުމެންގެ ހުދޫދުތަކުގެ ތެރޭގައި. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީގެ ހުދޫދުތަކުގެ ތެރެއިން." 

މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި އެނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހްތިރާމް ކުޑަނުވާނެގޮތަށް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox