ސާފްގެ ދެ ކާމިޔާބީގައި ވެސް ހިއްސާވާ ސާންތީގެ ވާހަކަ: މި ފަހަރު ވެސް އެދެނީ ކާމިޔާބަށް!

Sep 14, 2021, 8:37 AM
ސާފްގެ ދެ ކާމިޔާބީގައި ވެސް ހިއްސާވާ ސާންތީގެ ވާހަކަ: މި ފަހަރު ވެސް އެދެނީ ކާމިޔާބަށް!

"ވަރަށް އުފާވި އެ ހަބަރު ލިބުނީމަ،"

މިއީ މި ފަހަރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ލިބުމުން ކުރެވުނު އިހުސާސްތަކާ ބެހޭގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް އިހުސާން އަބްދުލް ގަނީ (ސާންތީ) "އަދަދު" އަށް ދިން އިންޓަވިއުގައި ބުނި ވާހަކައެކެވެ.

ސާންތީ އަކީ ރާއްޖޭން ސާފް ޗެމްޕިއަންކަން ހޯދި ދެ ފަހަރު ވެސް ޓީމުގައި މުހިއްމު ހިއްސާއެއް އަދާކުރި އެއް ފަރާތެވެ. އެ ގޮތުން ރާއްޖޭން އަލަށް 2008 ވަނަ އަހަރު ސާފް ތަށި އުފުލާލިއިރު، ސާންތީ އަކީ ޓީމުގެ އެސިސްޓަންޓް ކޯޗެކެވެ. އޭގެ 10 އަހަރު ފަހުން ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންކަން ހޯދިއިރު، ސާންތީ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.

"އަޅުގަނޑު ހަމަ އުފާވޭ މިދިޔަ ދެ ފަހަރު ވެސް އަޅުގަނޑަށް މަސައްކަތް ކޮށްލަން ލިބުނީތީ. އަޅުގަނޑު ވަރަށް އުފާވޭ. ފުރަތަމަ އަޅުގަނޑަށް ޓީމު ބެންޗުގައި އިންނަން ފުރުސަތެއް ލިބުނު. ފަހުން ތަށި ގެނައި ފަހަރު އަޅުގަނޑު ހުންނަން ޖެހުނީ އެފްއޭއެމް ތެރޭގައި މިކަމުގައި ޓެކްނިކަލް ޑިޕާޓްމަންޓްގެ އެންމެ އިސް މީހެއްގެ ގޮތުގައި،" ރާއްޖޭން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދިއިރު ވެސް ޓީމުގެ އެސިސްޓަންޓަކަށް ހުރި ސާންތީ ބުންޏެވެ.

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާއާ ގުޅިގެންނެވެ. މި ފަހަރު ވެސް ސާފް ބާއްވަން އެންމެ ފުރަތަމަ ރާއްޖޭން ބިޑް ކުރަން މަޝްވަރާކުރީ ލަންކާއާ ގުޅިގެންނެވެ. އެކަމަކު، ފަހުން ނިންމީ ރާއްޖޭން އެކަނި ސާފް ބޭއްވުމަށެވެ.

އިހުސާން އަބްދުލް ގަނީ (ސާންތީ)، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އިހުސާން އަބްދުލް ގަނީ (ސާންތީ)، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އިހުސާން އަބްދުލް ގަނީ (ސާންތީ)، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން ވެސް މި އަހަރު ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެހެންވެ، ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން ބިޑަށް ހުޅުވާލާށެވެ.

ސާފް ހޯސްޓްކުރަން މި ފަހަރު އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ ރާއްޖެ އާއި ނޭޕާލް އަދި އިންޑިއާ އިންނެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ރަސްމީކޮށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. ހުރިހާ ގައުމެއްގެ ތާއީދާ އެކު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގެ ފުރުސަތު ދޭން ނިންމީ މިދިޔަ މަހު ނުވަ ވަނަ ދުވަހު ބޭއްވި ސާފްގެ ބައްދަލުވުމުގަ އެވެ. ރާއްޖެ އަށް ފުރުސަތު ދިނީ ހުރިހާ ގައުމެއްގެ ތާއީދާ އެކު އެވެ.

"އަޅުގަނޑު ބޭނުން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް އަށާއި އެފްއޭއެމްގެ ސްޓާފުންނާއި މިނިސްޓްރީ އާއި ކުޅިވަރު ވުޒާރާ އެންމެން ކުރި މަސައްކަތް ދެއްތޯ މިއީ. ބޮޑު މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެން މި ކަންތައްތައް މިވީ. މި ފުރުސަތުގައި އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުން އެ އެންމެނަށް،" ޔޫތު ޑިވެލޮޕްމަންޓްގައި ގިނަ މަސައްކަތްތަކެއްކޮށް ފުޓްބޯޅައިގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ސާންތީ ބުންޏެވެ.

ރާއްޖޭން 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ވަރަށް ގިނަ ކަންތައްތަކެއް އިއްތިފާގުވި އެވެ. ސާންތީ ޓީމާ އެކު ހުރުމުގެ އިތުރުން ތަށި އުފުލާލި ދެ ކެޕްޓަނުންނަކީ އެއް އާއިލާ އަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެއީ ނ. މާފަރަށް ނިސްބަތްވާ އައްސަދު އަބްދުލް ގަނީ އާއި އަކްރަމް އަބްދުލް ގަނީ (އަކޫ) އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ތިން ކޯޗިން ސްޓާފުން: އެސިސްޓަންޓް ކޯޗު މޯހަން (ކ)، ހެޑް ކޯޗު ޔަންކޭޒް (މ) އަދި ސާންތީ (ވ).

"ވަރަށް ގިނަ ކަންތައްތަކެއް އިއްތިފާގުވި. މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން އައްސަދު. އޭރު ކެޕްޓަން. އިއްތިފާގުން އޭރު އައްސަދު ހުރީ ޓީމާ އެކު. 13 ނަމްބަރު މިއީ ވަރަށް މުހިއްމު ނަމްބަރެއްގެ ގޮތުގައި މި ވެގެންދިޔައީ. މި ހުރިހާ ކަމެއް ވަރަށް ބޮޑަށް އިއްތިފާުގުވެ، ޓީމު ތެރޭގައި މައްސަލަ ވެސް އޮތް،" ދެ ފަހަރު ތަށި ހޯދިއިރު ޓީމުގައި ހުރި އެއްގޮތް ކަންތައްތަކަށް އިޝާރާތްކޮށް ސާންތީ ބުންޏެވެ.

ސާންތީ ދެކޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރުުމަކީ އަނެއްކާ ވެސް ފުޓްބޯޅައިގެ ފޯރި ގެންނަން ފުރުސަތެކެވެ.

"ސާފް ޗެމްޕިއަންޝިޕަކީ އަޅުގަނޑުމެންގެ ލެޔާ ގުޅިފައި މި އިނީ. މިއީ އަނެއްކާ ވެސް ފުރުސަތެއް. މިއީ އަހަރުމެންގެ ފަހަރޭ އަނެއްކާ ވެސް ކިޔާފައި އަނެއްކާ ވެސް މިކަން ކޮށްލަން ލިބުނީ،" ސާންތީ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރު، 2008 ވަނަ އަހަރު ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ކަހަލަ ގޮތަކަށް ޖުމްހޫރީ މައިދާނަށް އެއްވެ، ޓީމަށް މަރުހަބާ ކިޔައި އުފާފާޅުކޮށް ހެދި އެވެ. އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންކަން ހޯދައިގެން ގައުމީ ޓީމު އައީ ސިނަމާލެ ބްރިޖުންނެވެ. ބްރިޖުގެ މާލޭކޮޅަށް ގިނަ ބަޔަކު ގައުމީ ޓީމަށް މަރުހަބާ ކިޔަން އެއްވެ ތިއްބެވެ.

ސާންތީ ބުނީ މިއީ ފުޓްބޯޅައިގެ އެ ފޯރި އަލުން ގެނައުމުގެ އިތުރުން ގައުމު އެކަތިގަނޑަކަށް ހަދާލަން މި ވެސް އޮތް ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި އަދިވެސް. 2008 ގައި އަޅުގަނޑުމެން މާލެ އައިއިރުގައި އެ އޮތް ހަލަބޮލިކަމުގެ ތެރޭގައި މީހުން ފަހަތަށް ޖައްސާލާފައި އަޅުގަނޑުމެންގެ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދިން އެއްޗެއް ފުޓްބޯޅަ އަކީ،" ސާންތީ ބުންޏެވެ.

"މި ހުރި ރޮސްޓްރަމްގައި އަޅުގަނޑުމެން ދުށިން އޭރުގެ ލީޑަޝިޕްގައި ގައުމު ހިންގަން ތިބި ހުރިހާ ބޭފުޅުން އެއްތާކަށް އައިސް މި ކަންތައްތައް ކޮށްލިތަން. މި އޮތީ އަނެއްކާ ވެސް އެ ފުރުސަތު ލިބިފައި. މިއީ ފުޓްބޯޅައިގައި އަޅުގަނޑުމެންގެ ފަހަރަކަށް ހަދަން ރަން އަހަރަކަށް ހަދާލަން ރަނގަޅު ފުރުސަތެއް."

މީގެ ކުރިން ބޭްއްވި ސާފް ޗެމްޕިއަންޝިޕެއްގެ ތެރެއިން ސާންތީ (ކ) އާއި ދަގަނޑޭ.

ގައުމީ ޓީމުގެ ބެންޗުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަށް ވަރަކަށް އަހަރު ހޭދަކުރުމަށް ފަހު ސާންތީ ދެން ކްލަބް އީގަލްސްއާ ހަވާލުވެ، ކުޅުންތެރިން ޑިވެލޮޕްކުރަން ކުރި މަސައްކަތުން ގިނަ ކުޅުންތެރިންތަކެއް ނެރުނެވެ. އޭގެ ތެރެއިން އައި ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ގައުމީ ޓީމުގައި ވެސް ހިމެނެ އެވެ. ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި ސާންތީގެ ނަން ގިނަ ބަޔަކު ސިފަކުރިޔަސް އޭނާގެ ފަރުވާލެއް ނެތެވެ.

ކްލަބެއްގައި ހުއްޓަސް ސާންތީގެ އަމާޒަކީ ގައުމީ ޓީމަށް ރަން ކާމިޔާބީ ހޯދައިދެވޭނެ ފެންވަރަށް ކުޅުންތެރިން އުފެއްދުމެވެ. އެ މަސައްކަތުގައި މިހާތަނަށް އޭނާ ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. އޭނާ އުފެއްދި ކުޅުންތެރިންނާއި ގައުމީ ޓީމަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބަށް އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox