ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމުއްޓެ އަށް

Sep 20, 2026, 12:02 PM
ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމޫހު އަލީ (ސަމުއްޓެ) އަށް ދޭން ނިންމީ އަދިވެސް ޓީމު ލީޑުކުރުމުގެ ޒިންމާގައި އޭނާ އަށް ތަފާތު ދެއްކޭނެތީ އާއި ހެދުނު ގޯހަކުން އަރައިގަންނަން އޭނާ އަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ސަމުއްޓެ ނުކުޅެ އެެވެ. އަނިޔާގެ ސަބަބުން ޓީމުން ބާކީކުރި ކަމަށް އުރްބާނީ ވެސް ވަނީ އޭރު ބުނެފަ އެވެ.

އެކަމަކު، މި ފަހަރުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭން ކުޅޭ ތިން މެޗު (ޗައިނާ، ކިރްގިސްތާން އަދި ލެބަނަން) ގެ ތައްޔާރީތަކުގެ ކުރިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ވަނީ އަލުން ސަމުއްޓެ އަށް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކޮށްފަ އެވެ. 

އުރްބާނީ ބުނީ، އަނިޔާ އާއި އެެހެން "ސަބަބަކާ" ހުރެ ސަމުއްޓެ އަތުން ނެގި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ދޭން ނިންމީ ކަމަށެވެ. ދިމާވީ ކޮން ކަމެއްތޯ އެހުމުން، އުރްބާނީ ވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި އިން އޭނާގެ އަންހެނުންނަށް އިޝާރާތްކޮށް، މިސާލެއް ޖަހައިފަ އެެވެ. 

"ރަނގަޅަށް މިވީ، އަންހެނުން ވެސް އިންދައި ތި ސުވާލު އައީމަ. އަހަރެންގެ އަންހެނުންނާ ދެމެދު ހިނގާ ކަމެއް އެއީ އާއިލާ ތެރޭގައި އޮންނަ ކަމެއް. ހަމަ އެ ގޮތަށް، ސަމުއްޓެ އަކީ ގައުމީ ޓީމުގައި އަހަރެން ދެކޭ ޓީމުގެ އާއިލާ ތެރޭގެ މީހެއް. އެހެންވީމަ، އެކަން އޮންނާނީ އަހަރެމެން ތެރޭގައި،" އުރްބާނީ ބުންޏެވެ. 

ކޮންމެ ވެސް ދުވަހަކުން ސަމުއްޓެ، އެ ވާހަކަ ދައްކަން ބޭނުންނަމަ އެކަން ކުރަންވީ ކަމަށާއި އެކަމަކު މި ވަގުުތު އޭނާ އެކަމަށް ބާރުނާޅާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

"މި ވަގުތު މުހިންމީ އެ ދިމާވި ކަމަކުން ކަންކަން ދަސްކޮށް ރަނގަޅުވުން. ޒުވާން ކުޅުންތެރިންނަށް މިސާލަކަށް ވުން. ފަހަރުގައި އަހަރެމެން އެ ދިމާވި ކަމެއް ހެދުނު ގޯހެއްގެ ގޮތުގައި ވެސް ނުބަލަންވީ،" އުރްބާނީ ބުންޏެވެ. 

ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ
ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ): އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ

ނޫސްވެރިންގެ ބައްދަލުވުމުގައި ދެން ބައިވެރިވި، ގައުމީ ޓީމުގެ ޑިފެންޑަރު، ހަސަން އީނާޒަށް އިޝާރާތްކޮށް، އުރްބާނީ ބުނެފައިވަނީ، ސަމުއްޓެ ނެތުމުން، އެ މަގާމަށް އައީ ޑައިމަންޑް ޖުބިލީ މުބާރާތުގައި އީނާޒް ކަމަށެވެ. ބޭނުންވަނީ، އަބަދުވެސް ރަނގަޅު ކުޅުންތެރިންނަށް އެކިއެކި ސަބަބުތަކާ އެކުގައި ނަމަވެސް ގައުމީ ޓީމުގައި ފެންވަރު ސާބިތުކޮށްދޭން ފުރުސަތު ލިބުމަށް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. 

އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަމާ ހަވާލުވި ސަމުއްޓެ ބުނީ، ޑައިމަންޑް ޖުބިލީ މުބާރާތުގައި ޓީމުގައި ނުހިމެނުނު ކަމުގައި ވިޔަސް ކުޅުންތެރިންނާ ވާހަކަ ދައްކައި ޓީމުގެ ކަންކަން ބަލަމުންދިޔަ ކަމަށެވެ. 

"ޕްލޭޔަރުންނާ ކޮމިއުނިކޭޓް ކުރަމުން ދިޔައީ، ކޯޗާ ވެސް ވާހަަކަ ދައްކަން. އެންމެންނާ ބަރާބަރަށް ވާހަކަ ދައްކަން، މިހާރު ވެސް ކުރިއެކޭ އެއްގޮތަށް ހަމަ ޕްލޭޔަރުން ވެސް އެކަތި ގަނޑެއް ގޮތަށް މަސައްކަތް ކުރަނީ،" ސަމުއްޓެ ބުންޏެވެ. 

ޗައިނާ އާއި ކިރްގިސްތާން އަދި ލެބަަަނަންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ތިން މެޗަށް ނެގި ސްކޮޑުގެ ފަރިތަކުރުންތައް ރޭ ގަލޮޅު ދަނޑުގައި ވަނީ ފަށައިފަ އެވެ. ކުރިއަށް އޮތް ފީފާ ބްރޭކުގައި ރާއްޖޭން ކުޅޭ މެޗުތަކަށް މިއަދު ފުރާނެ އެވެ. އެހެންކަމުން، ރާއްޖޭގައި ގައުމީ ޓީމުން ރާއްޖޭގައި ޕްރެކްޓިސް ކުރީ ރޭ އެކަންޏެވެ. މި މަހުގެ 24 ވަނަ ދުވަހު، ގައުމީ ޓީމުން ޗައިނާގެ ޗޮންގްޖިންގައި ކުޅޭނީ ޗައިނާ ގައުމީ ޓީމާ އެވެ. އެ މެޗަށް ފަހު، ގައުމީ ޓީމުން ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރި ރަށް ބިޝްކެކް އަށެވެ. އަދި، ބިޝްކެކްގައި މި މަހު 28 ވަނަ ދުވަހު ކިރްގިސްތާނާ މެޗެއް ކުުޅުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ކުޅޭނެ އެވެ. 

މިއީ، އިންޓަނޭޝަނަލް ބްރޭކެއްގައި، ގަައުމީ ޓީމުން ތަފާތު ދެ ގައުމަކަށް ދަތުރުކޮށް، ތިން މެޗެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. ސަމުއްޓެ ބުނީ، މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ތަފާތު ތަޖުރިބާ އަކަށްވާނެ ކަމަށާއި މި ގޮތަށް މަސައްކަތްކޮށްގެން ވެސް ޓީމުގެ ކަންކަން ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރެވޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox