ސާފް ޗެމްޕިއަންޝިޕުގެ ކެމްޕޭން "މަގޭ މަހަލްދީބް" ލޯންޗްކޮށްފި

Sep 12, 2021, 5:47 PM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ކެމްޕެއިން ލޯންޗުކޮށްދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ކެމްޕެއިން ލޯންޗުކޮށްދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދިވެހިރާއްޖޭގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ކެމްޕެއިން "މަގޭ މަހަލްދީބް" މިރޭ ލޯންޗްކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އެހެން ވުޒާރާތަކުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ. އެހެންވެ މިއީ ރާއްޖޭން މުބާރާތް ފުލީ ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ،

މިރޭގެ ރަސްމިއްޔާތުގައި، ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ އާއި މެސްކޮޓާއި، ތީމް ނަން އަދި ބްރޭންޑިން ވެސް ދައްކާލައިފަ އެވެ.

މި ފަހަރުގެ ކެމްޕޭންގެ ރަސްމީ ނަމަކީ "މަގޭ މަހަލްދީބް" އެެވެ. މިއީ ރާއްޖެ އަށް އަވަށްޓެރި ގައުމުތަކުން މުހާތަބުކުރާ ނަމެކެވެ. ދަނޑުގައި ސަޕޯޓަރުން ފޯރިއަރުވަން ބޭނުންކުރާނެ ޝިޔާރަކީ ވެސް މިއީ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިންގައި ބޭނުންކޮށްފައިވާ ޑިޒައިންތަކުގައި ހިމަނާފައިވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކެވެ. ލޯގޯ ޑިޒައިންގައި ވެސް ބޭނުންކޮށްފައިވަނީ މަސްތަކެކެވެ.

މި އަހަރުގެ މުބާރާތުގެ މެސްކޮޓަށް ދީފައިވާ ނަމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވަނަމަކީ "ރެޑް ސްނެޕާ" އާ ގުޅުވައިގެން "ސްނެޕާ" އެވެ. ރަތް މަހެއް ރަމްޒުކޮށްދޭ "ސްނެޕާ" ވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި މި މުބާރާތުގެ ޕާޓްނަރުން އިއުލާންކޮށް، ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

މުބާރާތުގެ ކޯ ސްޕޮންސާ އަކީ އެސްޓީއޯ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެެވެ. މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑެވެ. އޮންލައިން އެންޑް ޕީއާރް ޕާޓްނަރަކީ "އަދަދު" އެވެ.

މީގެ އިތުރުން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ތައްޔާރުކޮށްފައިވާ ފޮތެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox