އަލިފުށީގައި އެއާޕޯޓް އަޅަން ނިންމި ސަބަބާމެދު މިނިސްޓަރުގެ ޖަވާބެއް ނެތް!

ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލިސް

ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލިސް

ރ. އަލިފުށީގެ ފަޅު ހިއްކައިގެން އަގުބޮޑުކޮށް އެއާޕޯޓެއް އެޅުމަށް ކުއްލިއަކަށް ސަރުކާރުން ނިންމި ނިންމުމަށް ޖަވާބު ދެއްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެކޮޅު ހައްދަވައިފި އެވެ.

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 451 މިލިއަން ރުފިޔާއަށެވެ. އަދި އެއްބަސްވުމުގެ ދަށުން 750 ދުވަހުގެ (ގާތްގަނޑަކަށް ދެ އަހަރު) ތެރޭގައި އެ މަސައްކަތް ނިންމަން ޖެހެ އެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ށ. އަތޮޅުގެ ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަށްފަހު، އިތުރު ސުވާލު ކުރަން ހުޅުވައިލި ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވަނީ އަލިފުށީގައި އެއާޕޯޓެއް އަޅަން ކުއްލިއަކަށް ނިންމި ނިންމުމާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

އާދަމް ޝަރީފް އެއްސެވީ އަލިފުށީގެ ބަޖެޓުގައި ނެތް ކަމެއް ކުއްލިއަކަށް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް "ލަނޑަކަށް" ނުވާނެތޯ އެވެ.

"އަނެއް ވާހަކައަކީ ރ. އަތޮޅު ދެކުނުގަ 12،000 މީހުންނާއި 15 ޕްލަސް ތިން ރިސޯޓު ހަމަޖެހިފައިވާއިރު، ދެކުނުގަ އެއާޕޯޓެއް ރ. އަތޮޅުގައި ނާޅުއްވާނެތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.

އަދި އަލިފުށީގައި އެއާޕޯޓު އަޅަން ނިންމުމުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބޮޑެތި ހިލާފުތަކެއް އުފެދިފައިވާއިރު އެކަމުގައި މިނިސްޓަރު ދެއްވާ ޖަސްޓިފިކޭޝަނަކީ ކޮބައިތޯ އާދަމް ޝަރީފް އެއްސެވި އެވެ.

އެ ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ މިއަދުގެ ޖަވާބުތައް ހިފަހައްޓަވަމުން ގެންދަވަނީ ރަސްމީ ސުވާލު ވެސް އަމާޒުވި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ކަމަށެވެ.

"އެހެން މެމްބަރުންގެ ސުވާލުތަކަށް ވެސް އިންސާފުވެރިކަމާއެކު ގެންދިއުމަށްޓަކައި މެމްބަރު ކުރެއްވި ސުވާލަށް ޖަވާބެއް ނާރުވާނަން މިއަދަކު،" އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވަމުން އަސްލަމް ވިދާޅުވި އެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2021 ވަނަ އަހަރަށް އަންދާޒާކޮށް ނެރުނު ޕްރޮޖެކްޝަންސްތަކަށް ބަލާއިރު، ރ. އަތޮޅުގެ ދެކުނު ބިތުގައިވާ ނުވަ ރަށުގެ އާބާދީ ގާތްގަނޑަކަށް 12،000 އެވެ. އުތުރު ބިތުގައި އިފުރު އަދި އަލިފުށި ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީ އުޅެނީ 7،000 އާ ގާތްކުރާ ވަރުގަ އެވެ. އެ އަތޮޅުގައި ޖުމްލަ 13 ރިސޯޓު އޮތްއިރު، އޭގެ ތެރެއިން ގިނަ ރިސޯޓުތަކެއް އޮތީ ދެކުނު ބިތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox