ހިތަދޫ އުތުރު ގޮނޑިއަށް ވާދަކުރަނީ ސިނާ އާއި ސޯބެ

ސިނާނު އަދި ސޯބެ

ސިނާނު އަދި ސޯބެ

އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެންމެ ބޮޑު ދެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުވެއްޖެ އެވެ. 

އެ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާނު (ސިނާ) ގެ މެންބަރުކަމުގެ ޝަރުތުހަމަނުވެގެން މަގާމު ގެއްލުމުންނެވެ. ސާބިތު ދަރަންޏެއް އޮވެ އެ ދަރަންޏާ އެއްގޮތަށް ފައިސާ ދައްކަމުންނުދިޔުމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސަބަތްވާ ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެޕްރީލް 12، ގަ އެވެ.

އެހެން ނަމަވެސް، ސިނާނު ވަނީ އިއްޔެ ބޭއްވި ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް އަނެއްކާ ވެސް ގޮނޑިއަށް ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވާފަ އެވެ. ސިނާނަށް 226 ވޯޓު ލިބުނުއިރު އޭނާއާ ވާދަ ކުރެއްވި އަހުމަދު ސައީދަށް ލިބުނީ 187 ވޯޯޓެވެ.

Advertisement

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓަށް އެހެން އެއްވެސް މީހަކު ވާދަނުކުރުމުން ޓިކެޓް ލިބުނީ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ. އައްޑޫގެ މޭޔަރުގެ މަގާމުގައި ޖެހިޖެހިގެން ތިން ދައުރު ހުންނެވި ސޯބެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވި ހިސާބުން ވެސް ވަރަށް ގިނަ ބައެއްގެ ތާއިދު އޭނާއަށް ލިބުނެވެ. 

އެޕްރީލް 2024، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ސިނާނު ގޮނޑި ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓުންނެވެ. ސިނާނު ވާދަ ކުރެއްވީި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އަދި ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ރަނިންމޭޓަކަށް ވެސް ހުންނެވި މުހައްމަދު އަސްލަމްއާ އެވެ. އަސްލަމްއަށް ލިބިވަޑައިގަތީ 838 ވޯޓެވެ. 

2011 ވަނަ އަހަރު ސޯބެ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް ހިތަދޫ އުތުރު ދާއިރާއިންނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އިންތިހާބުގައި ވެސް ތަނަވަސް އަގުލަބިއްޔަތަކުން އެ ގޮނޑި ސޯބެ ދިފާއުކުރެއްވި އެވެ. 2014 ވަނަ އަހަރު 1،147 ވޯޓު ސޯބެއަށް ލިބިވަޑައިގެންނެވިއިރު 2017 ވަނަ އަހަރު 1،376 ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ. 

ނަވާރަވަނަ މަޖިލީހުގައި ދެ ބައި-އިލެކްޝަނެއް ބޭއްވި އެވެ. އެއީ ކޮމަންޑޫ ދާއިރާ އާއި މާލެ އަތޮޅު ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅުން ނިޔާވުމުން ބޭއްވި ބައި-އިލެކްޝަންތަކެކެވެ. އެ ދެ އިންތިހާބު ވެސް ކާމިޔާބުކުރީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އެވެ.

އެ ދެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ބޮޑު ހަރަދުތަކެއް ކުރި އެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ނުފޫޒު ފޯރުވުމުން އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔުުން ވެސް އަމާޒުކުރި އެވެ. ބޮޑު ހަރަދުތަކެއް ކޮށްގެން ހޮވި ދެ މެންބަރުން ވެސް އެމްޑީޕީގެ ވެރިކަން ނިމުމާއެކު ޕީއެންސީއާ ގުޅުނެވެ. 

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ވަރަށް ބޮޑަށް ހޭދަކުރި އެވެ. ނަމަވެސް، ނަތީޖާއިން އެ ހޭދައިގެ އަސަރު ފެނިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ހިތަދޫ ގޮނޑި ނެގުމަށް މި ސަރުކާރުން ވެސް ބޮޑުކޮށް ހޭދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox