ލީކުވި އޯޑިއޯ ތަހުގީގުކުރަން އިދިކޮޅުން ހުށަހަޅަނީ

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މީގެ ކުރިން މުޒާހަރާ ކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މީގެ ކުރިން މުޒާހަރާ ކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅޭގޮތުން، އެ މައްސަލަ ބެލި ބެންޗުގައި އިންނެވި ފަނޑިޔާރަކު ދެއްކެވި ވާހަކައެއް ކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައިވާއިރު، އެކަން ތަހުގީގުކޮށް ދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް އިދިކޮޅުން ބުނެފި އެވެ.

އެ އޯޑިއޯއަކީ ޔާމީންގެ މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު އޭނާގެ ރަހުމަތްތެރިއަކާ އެކު ދެއްކި ވާހަކައެއް ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ.

އެގޮތުން، އެ އޯޑިއޯގައި ފާއިޒް ވިދާޅުވެފައިވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ.

އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް ޔާމީންގެ ޝަރީއަތާ ހަވާލާދީ އެ ރިކޯޑިންގައި ވިދާޅުވެފައި ވެ އެވެ.

އެ އޯޑިއޯއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީނަށް ހުކުމްކުރީ ބޭއިންސާފުން، ސަރުކާރުން ނުފޫޒު ފޯރުވައިގެންކަން އެ އޯޑިއޯއިން ހާމަވެފައިވާ ކަމަށެވެ.

އަދި ޔާމީނަށް ހުކުމްކުރީ ނުހައްގުންކަމަށް އިދިކޮޅުން ތަކުރާރުކޮށް ދައްކަމުން އައި ވާހަކަތަކަކީ ވެސް، ފަނޑިޔާރެއްގެ އަމިއްލަ އިއުތިރާފުން ހަގީގަތެއްކަން ސާބިތުވެފައިވާ ކަމަށެވެ.

"ފަނޑިޔާރެއްގެ އަމިއްލަ އިއުތިރާފުން މި އޮތީ އެނގި ހާމަވެފަ، ރައީސް ޔާމީނަށް ކުރީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެއާއެކު އެ އޯޑިއޯ ތަހުގީގުކޮށް ދިނުމަށް ޕާޓީގެ އިތުރުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މީހުން ރަހީނުކޮށްގެން ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ މުޅި ގައުމު ކަންބޮޑުވާންޖެހޭ ކަމެކެވެ.

"މިއީ ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހޭ ވަގުތު،" އެފަދަ ހަރަކާތަކަށް ނުކުންނަން އުޅޭ ކަމުގެ ނުސީދާ އިޝާރާތެއް ވެސް ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް އެންމެ ފަހު ވަގުތު ސަސްޕެންޑު ކުރުމަށްފަހު އެ މައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ.

އެ ބެންޗުގައި ފާއިޒުގެ އިތުރުން ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމެވެ.

އެ ފަސް ގާޒީންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އެއީ، އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތަކެއް އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާއިން ފައިދާ ހޯދާފައިވާ މައްސަލައިގަ އެވެ.

އޭގެ އިތުރުން ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox