ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ލޯންޗުކޮށްފި

Aug 26, 2021, 12:18 PM
ޓެކާސްގެ ފަރާތުން ޑރ. ސަނީ (ކ) އާއި ސްޕޯޓްސް މިނިސްޓަރުގެ ނާއިބް އަޒްމީލް މުބާރާތުގެ ޓްރޮފީ ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޓެކާސްގެ ފަރާތުން ޑރ. ސަނީ (ކ) އާއި ސްޕޯޓްސް މިނިސްޓަރުގެ ނާއިބް އަޒްމީލް މުބާރާތުގެ ޓްރޮފީ ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓްކުންފުނި، ޓެކާސް އިން، ރާއްޖޭގެ ރިކްރިއޭޝަނަލް ކުޅިވަރުގެ މަންޒަރު ބަދަލުކޮށްލާނެ ފަދަ ބޮޑު ފުޓްސަލް މުބާރާތެއް، "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް" ގެ ނަމުގައި މިއަދު ލޯންޗުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރުގެ ނާއިބް މުހައްމަދު އަޒްމީލް އެވެ. މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފަ އެވެ.

މި ޗެމްޕިއަންޝިޕުގައި ހިމެނޭ މާލެ ސަރަހައްދާއި ރިޒޯޓްތަކާއި ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ތަފާތު ތިން މުބާރާތެކެވެ. އެގޮތުން މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ "ގްރޭޓާ މާލެ ކަޕް" ގެ ރަޖިސްޓްރޭޝަން އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވާލައި، އެޗްޕީއޭ އިން ހުއްދަދިންހާ އަވަހަކަށް ގަލޮޅު ފުޓްސަލް ކޯޓުގައި ފަށާނެ އެވެ. އެ މުބާރާތުގައި 32 ޓީމު ބައިވެރިކުރާނެ އެވެ.

ޓެކާސް މައިލޯ ޗެމްޕިއަންޝިޕުގެ ޓްރޮފީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ޓެކާސް މައިލޯ ޗެމްޕިއަންޝިޕުގެ ޓްރޮފީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޓެކާސް މައިލޯ ޗެމްޕިއަންޝިޕުގެ ޓްރޮފީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެއަށް ފަހު އޮންނަ "ޓެކާސް ރިސޯޓް ކަޕް" ގައި ރާއްޖޭގެ 60 ރިސޯޓް ބައިވެރިކުރާނެ އެވެ. އަދި "ޓެކާސް މޯލްޑިވްސް ކަޕް" ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ އަތޮޅު ފެންވަރުން ފެށިގެން މުޅި ރާއްޖޭން ޗެމްޕިއަނެއް ހޮވާ ގޮތަށެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުގެ ގޮތުގައި ޓައިޓަލް ނަގާފައިވަނީ ރާއްޖޭގެ ކުޅިވަރަށް އަބަދަށްފެހި "މައިލޯ" އެވެ. ގޯލްޑް ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމްޓީސީސީ، ވެލިގާ ހާޑްވެއާ، މޯލްޑިވްސް ގޭސް، މޯލްޑިވިއަން، ވެލްވޮލިން، މީޑިއާނެޓް އަދި ޕާސަނަލް ކޮމްޕިއުޓާސް އެވެ.

ސިލްވާ ޕާޓްނަރުންނަކީ ސަން ފްރަންޓް، ސޮނީ ސްޕޯޓްސް، ކޮޕިއާ ޕްލަސް، ލިންކް ސާވް، ޕްރިންޓް ލެބް، ދިވެހި އިންޝުއަރެންސް އަދި އިވެންޓް މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ. ރާއްޖޭގެ ރީތިކަން ސިފަވާ ގޮތަށް ހަދާފައިވާ މުބާރާތުގެ ޓްރޮފީ ފަރުމާކުރީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރު ހުސެއިން އަތީކް (އަޓިއްކޭ) އެވެ.

ޓެކާސްގެ ހިންގުންތެރިޔާ ޑރ. ސަނީ އުމަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރީތި ފުޓްސަލް ދަނޑުތަކެއް އަޅާފައި އެބަހުރި ކަމަށާއި ބޭނުންވަނީ، އެ ދަނޑުތަކުގެ ރީތިކަމާ އެކު ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ދިވެހިންގެ އެއްބައިވަންތަކަން ދައްކާލަން ކަމަށެވެ.

އަދަދުގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން (ކ) އާއި ޓެކާސްގެ ޑރ. ސަނީ އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އަދަދުގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން (ކ) އާއި ޓެކާސްގެ ޑރ. ސަނީ އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަދަދުގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން (ކ) އާއި ޓެކާސްގެ ޑރ. ސަނީ އެއްބަސްވުން ދައްކާލަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

"މިހާރު ވެސް މުބާރާތްތައް އެބަބާއްވާ. އެކަމަކު ކުޅުންތެރިންގެ ހުނަރު ބަލާލުމުގެ ފުރުސަތެއް ނުލިބޭ. އަޅުގަނޑުމެން ހުރިހާ މެޗެއް، ސޯޝަލް މީޑިއާ އާއި މީޑިއާނެޓުގެ އައިސްޓީވީން ލައިވްކުރާނަން،" މެލޭޝިއާގައި "ރާއްޖެ ކަޕް" ގެ ނަމުގައި ފޯރިގަދަ ފުޓްސަލް މުބާރާތްތަކެއް އިންތިޒާމްކޮށްފައިވާ ސަނީ ވިދާޅުވި އެވެ.

މީގެ އިތުރުން ޓެކާސްގެ ވެބްސައިޓް ފަރުމާކޮށްފައިވަނީ ޓީމުތައް އޮންލައިންކޮށް ރަޖިސްޓްރީވެވޭ ގޮތަށާއި ހުރިހާ ސްޓެޓިސްޓިކްސްއެއް ފެންނަ ގޮތަށެވެ. އޭގެ ސަބަބުން މުބާރާތަށް ކުޅުންތެރިންނާއި އާއްމުންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށް ސަނީ ދެކެ އެވެ.

ފުޓްސަލް އަކީ ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރެވެ. އެގޮތުން މާލެ އާއި ރިސޯޓްތަކާއި ރަށްރަށުގައި އަގުބޮޑު މުބާރާތްތައް ބާއްވަމުން އަންނައިރު އެ މުބާރާތްތަތަކަށް ސްޕޮންސަރުން ކުރާ ހޭދަ އާއި ކުޅުންތެރިން ގަތުމަށް ކުރާ ހޭދަ ވަރަށް ބޮޑެވެ. އެހެންވެ ނިސްބަތުން ބަލާއިރު ފުޓްސަލް އަކީ ރާއްޖޭގެ މިހާރު އެންމެ އަގުބޮޑު އެއް ކުޅިވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox