އިމިގްރޭޝަން ކައުންޓަރުތަކަށް ބިޒްނަސް ވިސާ ހޯދަން ހުށަނޭޅޭ ގޮތް ހަދައިފި

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ އިމިގްރޭޝަން ކައުންޓަރު: ރާއްޖެ އެތެރެވުމަށް ފަހު މި ކައުންޓަރުތަކުން ބިޒްނަސް ވިސާއަށް ހުށައެޅޭތީ އޮޅުވާލުމުގެ މައްސަލަތައް ފާހަގަވޭ. -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ އިމިގްރޭޝަން ކައުންޓަރު: ރާއްޖެ އެތެރެވުމަށް ފަހު މި ކައުންޓަރުތަކުން ބިޒްނަސް ވިސާއަށް ހުށައެޅޭތީ އޮޅުވާލުމުގެ މައްސަލަތައް ފާހަގަވޭ. -- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ވިޔަފާރިކުރަން ރާއްޖެ އަންނަ ބިދޭސީންނަށް ދޫކުރާ ބިޒްނަސް ވިސާއަށް އިމިގްރޭޝަން ކައުންޓަރުގައި އެދެވޭ އުސޫލު ބަދަލުކޮށް ބިޒްނަސް ވިސާ ގަވާއިދު މިއަދު ގެޒެޓުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި ގަވާއިދުގައި ބުނާ ގޮތުން، މިއަދުން ފެށިގެން ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ ހަމައެކަނި ބިޒްނަސް ޕޯޓަލްއިންނެވެ.

އަދި އިމިގްރޭޝަން ކޮންޓްރޯލާއަށް ވިސާ ދޫކުރެވެނީ، ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުންނަށް ވިސާ ދޭން ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުންނެވެ.

ކުރިން އުސޫލު އޮންނަ ގޮތުން ރާއްޖެ އަންނަން ބޭނުންވާ ބިދޭސީންނަށް އިމިގްރޭޝަން ކައުންޓަރުން ބިޒްނަސް ވިސާއަށް އެދެވެ އެވެ. މީގެ ސަބަބުން އޮޅުވާލުމާއި މަކަރު ހެދުމުގެ މައްސަލަތައް ފާހަގަވާކަމަށް އިމިގްރޭޝަނުން ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، ވާކް ވިސާގައި އެތެރެވުމުގެ ބަދަލުގައި ބިޒްނަސް ވިސާއަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ، ވާކް ވިސާއަށް ވުރެ ފަސޭހައިން ބިޒްނަސް ވިސާ ލިބޭތީ ގިނަ ބަޔަކު އެކަމުގައި އޮޅުވާލަން މަސައްކަތްކުރާ ކަމަށެވެ.

މި ގަވާއިދާއެކު މިފަދަ މައްސަލަތަކުގައި އޮޅުވާލުން ވަރަށް ބޮޑުތަނުން މަދުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ހާއްސަކޮށް މި ވިސާއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ސަބަބުން ބިޒްނަސް ވިސާގެ ސައްހަކަން ކަށަވަރު ކުރެވެނޭ އެވެ. އަދި ސައްހަ ނޫން ގޮތުގައި އެތެރެވެފައިވާ ކަން ކަށަވަރުވާ ހާލަތުގައި އެ މީހެއްގެ ވިސާ ބާތިލު ވެސް ކުރެވެ އެވެ.

މިގޮތުން ގަވާއިދާ ހިލާފުވެގެން ބިޒްނަސް ވިސާ ބާތިލުކުރާ މީހުންނަށް އަލުން އެ ވިސާއަށް އެދި ހުށަހެޅެނީ ފަސް އަހަރު ފަހުންނެވެ. އަދި ވިސާ ބާތިލުކުރާ ފަހުން ނުވަތަ މުއްދަތު ހަމަވާ ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓްކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބެ އެވެ.

ބިޒްނަސް ވިސާއަކީ ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ނޫން އެހެން ބިދޭސީންނަށް ދޫކުރާ ވިސާއެކެވެ. މި ވިސާގައި ރާއްޖޭގައި އުޅެވޭނީ ކޮންމަ މީލާދީ އަހަރެއްގެ ތެރޭގައި ގިނަވެގެން ތިން މަސް ދުވަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox