ގޭގައި ޓޫރިސްޓުން ބޭތިއްބުން ހުއްޓުވައި، ފިޔަވަޅު އަޅާނަން: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ފޭކް ބުކިން ހައްދައިގެން އެތެރަވަނީ ދެކުނު އޭޝިއާ ގައުމުތަކުން "ޓްރާންސިޓް ކަރަންޓީނު" ވާން އަންނަ ޓޫރިސްޓުން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: ފޭކް ބުކިން ހައްދައިގެން އެތެރަވަނީ ދެކުނު އޭޝިއާ ގައުމުތަކުން "ޓްރާންސިޓް ކަރަންޓީނު" ވާން އަންނަ ޓޫރިސްޓުން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ދެކުނު އޭޝިއާ ގައުމުތަކުން ޓްރާންސިޓް ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ގޭގޭގައި ބޭތިއްބުން ހުއްޓުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން އަންނަ ޓޫރިސްޓުން މީހުން އުޅޭ ގެތަކުގައި ބައިތިއްބާ މައްސަލަތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހެން އަންނަ މީހުން ރާއްޖެ އެތެރެވަނީ ކޮންމެވެސް ގެސްޓްހައުސްއެއް ނޫނީ ހޮޓަލެއް ނުވަތަ ރިސޯޓެއްގެ ނަމުގައި ފޭކް ބުކިންއެއް ހައްދައިގެންނެވެ.

މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޮމަދޫގައި ހުންނަވާ ރައީސް ވިދާޅުވީ، ކަރަންޓީނު މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އޮމަދޫގައި: ރައީސް ތ. އަތޮޅަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި. -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އޮމަދޫގައި: ރައީސް ތ. އަތޮޅަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އޮމަދޫގައި: ރައީސް ތ. އަތޮޅަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި. -- ފޮޓޯ: ރައީސް އޮފީސް

އެކަމަކު އެއީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރާނަމަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުސޫލަށް ތަބާ ނުވެވިއްޖެ ހާލަތެއްގައި، އަނެއްކާވެސް ކޮވިޑު ފެތުރުމުގެ ނުރައްކާ ބޮޑުވެ، ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިކަން ދެމެހެއްޓޭނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، ވިސްނުންތެރިކަމާއެކު އަމަލުކޮށްގެން. އެހެން ނޫން ނަމަ އަނެއްކާވެސް ރާއްޖޭގައި އިތުރު ކޮވިޑުގެ ސްޕްރެޑެއް އަތުވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ," ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރަން ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވަނީ ގެސްޓްހައުސްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކުން އުސޫލު ދެމެހެއްޓުމަށް ގޮވާލައްވާފަ އެވެ. ހާއްސަކޮށް ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ދަނޑިވަޅެއްގައި، އެ ހާލަތު އެގޮތަށް ދެމެހެއްޓުމަށް އުސޫލަށް ތަބާވުން މުހިންމު ކަމަށް ވިދާޅުވި އެވެ.

ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ މައްސަލަ ބޮޑުވެގެން ޓޫރިޒަމާއި، ފުލުހުންނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިއަދު އިންސްޕެކްޝަންތަކެއް ވެސް ފަށާފަ އެވެ. މި އިންސްޕެކްޝަންތަކުގައި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީ އަދި ޓުއާ އޮޕަރޭޓަރުން ޓޫރިސްޓުން އެތެރެކުރުމުގައި އޮޅުވާލާފައި ވޭތޯ ބަލަން ވަނީ ހަމަޖެހިފަ އެވެ.

މި އިންސްޕެކްޝަންތަކާއި ގުޅިގެން ރައީސް ވިދާޅުވީ، އިންސްޕެކްޝަންތަކުން އުސޫލާ ހިލާފުވެފައިވާ ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"(ގޭގޭގައި ޓޫރިސްޓުން ބޭތިއްބުމަކީ) އެކަން ކޮށްގެން ވާނެ ކަމެއް ނޫން. އެކަން ހުއްޓުވާނަން. މިކަން މުގުރާލާ މިޔާ އިދިކޮޅަށް ކަންކަން ކުރާ ފަރާތްތަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު ވެސް އަޅާނަން." ރައީސް ވިދާޅުވި އެވެ.

ގޭގޭގައި ޓޫރިސްޓުން ބައިތިއްބާ މައްސަލަތަކުގެ އިތުރަށް މިފަދަ ޓޫރިސްޓުންނަށް އޮޅުވާލުމުގެ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ދަނޑިވަޅުގެ ނާޖައިޒު ފައިދާ ނަގައިގެން ރާއްޖެއަށް މިހެން އެތެރެވާން މަސައްކަތްކުރާ މީހުންގެ ތެރެއިން އަތުލައިގަނެވޭ މީހުން ރާއްޖެއިން އަންނަނީ ޑީޕޯޓްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox