ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު: ނިލާ ކޮރަލް އައިލެންޑް ރިސޯޓުގެ ނަމުގައި އެތަން ވަނީ ހުޅުވާފައި -- ފޮޓޯ: ނިލާ

ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު: ނިލާ ކޮރަލް އައިލެންޑް ރިސޯޓުގެ ނަމުގައި އެތަން ވަނީ ހުޅުވާފައި -- ފޮޓޯ: ނިލާ

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ "ނިލާ ކޮރަލް އައިލެންޑް" ރިސޯޓު ހުޅުވައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ގދ. އަތޮޅުގައި މި ރިސޯޓު ހުޅުވުމާއެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. 

"ވިޒިޓް މޯލްޑިވްސް އިޔާ 2027" އާ އެކު ކޮންމެ ރިސޯޓަކީ ވެސް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ފައިދާ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ރިސޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. 

ގައްދޫ ހުޅަނގު އުތުރުން ކޮޑެގަލާއަކީ ޒަމާންތަކެއް ވަންދެން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް 3.4 ހެކްޓަރުގެ ކުޑަ ފަޅު ރަށެކެވެ. ކުރިން މި ރަށް އެއްވެސް ބޭނުމަކަށް ކުއްޔަށް ދޫކޮށްފައިވާ ކަން އެނގޭކަށް ނެތެވެ. ނަމަވެސް 2017 ގައި ހުވަދު އަތޮޅުން ވަރުވާއަށް ދޫކުރަން ހުޅުވާލި ލިސްޓުގައި މި ރަށް ހިމެނުނެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް މި ރަށް ހާއްސަކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ. އެއީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ރަށެއްގެ ގޮތުގަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން މި ރަށަށް އިންވެސްޓްކޮށްފައި ވަނީ އިޓަކާ ހޯމް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ މުހައްމަދު ހަސަން ކިޔާ ދިވެއްސަކާއި އިޓަލީގެ ކަރީސްމާ ކުންފުންޏެވެ. ކަރީސްމާއަކީ އެކި ވައްތަރުގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހޯލްޑިން ކުންފުންޏެކެވެ.

މާވަރުލު އެއާޕޯޓުން ސްޕީޑް ބޯޓެއްގައި 15 މިނެޓުން ދެވޭ ކޮޑެގަލާ ކުއްޔަށް ދިން ނަމަވެސް ރަށް ދީގެން ލިބުނު ފައިސާގެ އަދަދާއި ކުއްޔަށް ދިން މުއްދަތެއް ނޭނގެ އެވެ. 

 މި ރިސޯޓު ހުޅުވުމުން މި ރަށް ވެގެން ގޮސްފައި މިވަނީ ގދ. އަތޮޅުގައި ހުޅުވާ ހަތަރު ވަނަ ރިސޯޓަށެވެ. އެ އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓުތަކަކީ އެންއެޗް ކަލެކްޝަން މޯލްޑިވްސް ހަވޮއްޑާ ރިސޯޓު (ހަވޮއްޑާ) އާއި އައުޓްރިގާ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު (ކޮނޮއްޓާ) އާއި އަޔާޑާ މޯލްޑިވްސް (މަގުއްދުވާ) އެވެ.

ފަހުގެ ޚަބަރު

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

Newsletter

Get the latest news delivered straight to your inbox