ދަރަނީގެ މައްސަލަ އަހަރުތަކަކަށް ދެމިގެންދާނެތީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް

ފިނޭންސް މިނިސްޓްރީ:

ފިނޭންސް މިނިސްޓްރީ:

ކޮވިޑާ ގުޅިގެން ހަރަދުތައް ފޫބައްދަން ނަގާފައިވާ ދަރަނީގެ މައްސަލަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ލަފާކޮށް މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި އެވެ.

އެންމެ ފަހުން މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެފަހަރު ރާއްޖެއަށް ދިން ރޭޓިންއަކީ ދަރަނި ނުދެއްކޭނެ ކަމުގެ ހިރާސް ބޮޑުކަމަށް ލަފާކޮށް ދިން ބީ3 ރޭޓިން އެވެ.

ރާއްޖޭގެ ރޭޓިން ދަށްކުރަމުން އޭރު މޫޑީސްއިން ބުނެފައި ވަނީ އިގުތިސޯދީ ގެއްލުން ކުޑަކުރުމަށާއި ސަރުކާރުގެ ހަރަދުތައް ފޫބައްދަން އިތުރަށް ނަގަން ޖެހޭނެ އެވެ.

Advertisement

މިފަހަރު ރާއްޖޭގެ ރޭޓިން ދަށްކުރީ ސީއޭއޭ1 އަށެވެ. ދިވެހި ސަރުކާރުގެ ރޭޓިންއާ އެކުއެކީގައި ރާއްޖެއިން ސުކޫކް ވިއްކަން އުފައްދާފައިވާ މޯލްޑިވްސް ސުކޫކް އިޝުއަންސް ލިމިޓަޑްގެ ރޭޓިން ވެސް ވަނީ ސީއޭއޭ1 އަށް ދަށްކޮށްފަ އެވެ.

މޫޑީސްއިން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ދަރަނީގެ ޒިންމާ އިތުރުވަމުން ދިޔުމާ އެކު އެ އިދާރާއިން ލަފާކުރި ވަރަށް ވުރެ ބޮޑަށް މާލީ ހާލަތު ގޯހެވެ. އަދި މި ދަރަނީގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި ވެސް މާލީ ޑެފިސިޓް އިތުރުވުމާއި، ކޮމާޝަލް ރޭޓުތަކުގައި ދަރަނި ނެގުމުގެ ސަބަބުން އިންޓްރެސްޓް ރޭޓު ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމުގެ ހާލަތު ކިތަންމެ އަވަހަކަށް ރަނގަޅުވި ނަމަވެސް، އިންވެސްޓްކޮށްގެން އިގުތިސޯދު ކުރިއަރުވަން ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތަށް ބޭނުންވާ ފައިސާ ހޯދަން ނަގާ ދަރަނީގެ ސަބަބުން ދަރަނީގެ ހާލަތު ރަނގަޅުވާނީ ދުވަހުން ކަމަށް މޫޑީސްއިން އަންދާޒާ ކުރެ އެވެ.

ކްރެޑިޓް ރޭޓިން ދަށްކުރި ނަމަވެސް، މޫޑީސްއިން ވަނީ ރާއްޖޭގެ އައުޓްލުކް "ސްޓޭބަލް"އަށް މަތިކޮށްފަ އެވެ. މޫޑީސްއިން ބުނީ މާލީ ފިއްތުންތައް ހުރި ނަމަވެސް، ޓޫރިޒަމާއި ޖުމްލަކޮށް އިގުތިސޯދަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން އިގުތިސޯދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ސުކޫކް ވިއްކައިގެން އަންނަ އަހަރު އަދާކުރަން އޮތް ޔޫރޯބޮންޑް ރީފައިނޭންސް ކުރުމާއި، ބޭރު ފައިސާގެ ހާލަތު ރަނގަޅުވުމާއި، އެކުވެރި ގައުމުތަކުން ފޯރުކޮށްދިން އެހީގެ ސަބަބުން ބޭރުގެ ދަރަނި އަދާކުރަން ކުރި ގޮންޖެހުންތައް ކުޑަކުރެވުން ވެސް އައުޓްލުކް މަތިކުރި ސަބަބުތަކުގެ ތެރޭގައި މޫޑީސްއިން ފާހަގަކުރި އެވެ.

މޫޑީސްގެ މި ޑައުންގްރޭޑްގެ ސަބަބުން ރާއްޖެއަށް ދަރަންޏަށް ފައިސާ ހޯދުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. އަދި ދަރަނި ނަގާ ނަމަވެސް ނަގަން ޖެހޭނީ ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ކުރު މުއްދަތަކުން އަނބުރާ އަދާކުރާ ގޮތަށެވެ. މީގެ ސަބަބުން ކުރު އަދި މެދު ރާސްތާގައި ސަރުކާރުގެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތު ކަމަށް އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ސަރުކާރުގެ ދަރަނި ހުރީ 68.3 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ 103 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox