ފޭސްބުކްއިން ތާލިބާނުންގެ ވަޓްސްއެޕް އެކައުންޓްތައް ބްލޮކްކޮށްފި

އަފްގާނިސްތާނުގެ މީހަކު ތާލިބާން ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ މީހަކު ތާލިބާން ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ސޭން ފްރެންސިސްކޯ، އެމެރިކާ (އޯގަސްޓު 18) - މިދިޔަ އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުން ގައުމު ހިންގުމުގައި ވަޓްސްއެޕް މެސެޖިން ހިދުމަތް ބޭނުން ކުރަމުން ދާތީ، ފޭސްބުކް އިން އެ މީހުންގެ އެކައުންޓްތައް ބްލޮކްކޮށްފި އެވެ.

ވަޓްސްއެޕް އަކީ ފޭސްބުކް ދަށުގައި އޮންނަ މެސެޖިން ހިދުމަތެކެވެ. ފޭސްބުކްގެ ތަރުޖަމާނަކު އޭއެފްޕީ އަށް ބުނީ އެމެރިކާގެ ގާނޫނުގެ ދަށުން ތާލިބާނުންނަކީ ޓެރަރިސްޓް ގްރޫޕެއް ގޮތަށް ކަނޑައަޅައި، ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ތާލިބާނުންނަށް ދިނުން ހުއްޓާލީ ނުރައްކާތެރި ޖަމިއްޔާތަކާ ގުޅޭ ސިޔާސަތުގެ ދަށުން".

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓު ކުރި ގޮތުގައި ތާލިބާނުން ވަޓްސްއެޕް ބޭނުން ކުރަމުން ދިޔެއީ އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަމަނުޖެހުމާއި ވައްކަމާއި ލޫޓުވުން ފަދަ ކުށްތަކާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށެވެ.

ވަޓްސްއެޕުން ބުނީ އެމެރިކާގެ ގާނޫނުތަކަށް އަމަލު ކުރުން ޕްލެޓްފޯމަށް ލާޒިމް ކަމަށާއި އެގޮތުން ތާލިބާނުންގެ ރަސްމީ އެކައުންޓުގެ ގޮތުގައި ފާހަގަވާ ހުރިހާ އެކައުންޓެއް ބްލޮކްކުރަން ޖެހޭ ކަމަށެވެ.

އަފްގާނިސްތާނުގެ ހާލަތު އޮތް ގޮތުން ސޯޝަލް މީޑިއާ ކުންފުނިތަކަށް ވަނީ ތާލިބާނުންގެ އެކައުންޓްތައް ބްލޮކްކުރަން ޕްރެޝަރާ ކުރިމަތިވެފަ އެވެ.

ފޭސްބުކް އިން ބުނީ ކުންފުނީގެ ސިޔާސަޔާ އެއް ގޮތަށް އަމަލު ކުރުމަށް އަފްގާނިސްތާނުގެ މައުލޫމާތު ލިބިފައިވާ ތަޖުރިބާކާރުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނަކު ވަނީ ފޭސްބުކް ނިންމުމަށް ފާޑުކިޔާފަ އެވެ. އެގޮތުން އެއީ އަފްގާނިސްތާނުގެ ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށް ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox