ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިއަށް އާ ފުރިހަމަ އިހުތިޔާރެއް ލިބިގެންގޮސްފި އެވެ.
ރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން އަންނަ ބީއެޗްއެމް ޓްރޭޑާސްއިން ވަނީ ދުނިޔޭގެ ފެންވަރުގެ މަގުބޫލު "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. މިއީ ދުނިޔޭގެ ފެންވަރުގެ ފެންވަރު ރަނގަޅު އުފެއްދުންތައް ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދޭ އުސޫލުގެ ދަށުން ގެނައި އިތުރު ބޮޅެކެވެ.
އާއިލާގެ ކޮންމެ މެންބަރަކަށް، ކޮންމެ ބޭނުމަކަށް
އޭބްލް ފާމް ކިރު ބާޒާރަށް ނެރެފައިވަނީ ތަފާތު ބޭނުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ފެތޭނެހެން ތަފާތު ވައްތަރުތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި؛
ފުލް ކްރީމް މިލްކް: މީރު ރަހައަކާއި ފުރިހަމަ ކްރީމް އެކުލެވިގެންވޭ
ލޯ ފެޓް މިލްކް: ސިއްހަތަށް ސަމާލުކަންދޭ ފަރާތްތަކަށް ހާއްސަ
ކުޑަކުދިންނަށް ހާއްސަ ކިރު: ހެދިބޮޑުވަމުން އަންނަ ކުދިންގެ ބޭނުންތަކަށް ފެތޭގޮަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް
މި ހުރިހާ ބާވަތްތަކެއް މިހާރު ބީއެޗްއެމް ފިހާރަތަކާއި ރާއްޖޭގެ ރަށްރަށުގައި ހުރި ރީޓެއިލް ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން، ސިއްހީ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދާފައިވާ އޭބްލް ފާމް ކިރަކީ ހަށިގަނޑަށް ފައިދާހުރި ކެލްސިއަމާއި ވިޓަމިން ފަދަ މުހިންމު މާއްދާތައް އެކުލެވިގެންވާ މަތީ ފަންތީގެ އުފެއްދުމެކެވެ. މިއީ ހެދިބޮޑުވަމުން އަންނަ ކުދިންނަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ބޭނުންވާ ފަރާތްތަކަށް ވަރަށް އެކަށީގެންވާ ކިރެކެވެ.
މީގެ ރަހަޔާއި ތާޒާކަމުގެ ސަބަބުން، ދިވެހި ކާބޯތަކެތީގެ މޭޒުން މި އުފެއްދުމަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ކަމަށް ބީއެޗްއެމްއިން ޔަގީންކުރެ އެވެ.
އަގު އަތްފޯރާ ފަށުގައި
ނާސްތާ އަދި އާއިލީ ކެއުންތަކުގައި ކިރަކީ މުހިއްމު އެއްޗެކެވެ. އެހެންކަމުން، މި އުފެއްދުން ތައާރަފުކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮންމެ ގެއަކަށްވެސް ކަމުދާނެ ހެޔޮ އަގެއްގައި މަތީ ފެންވަރުގެ ކިރު ފޯރުކޮށްދިނުން ކަމަށް ބީއެޗްއެމްއިން ބުނެއެވެ.
"އަޅުގަނޑުމެންގެ އަބަދުގެވެސް އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފެންވަރު ރަނގަޅު ތަކެތި ހޯދައި، އެންމެ އެކަށީގެންވާ އަގުތަކުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން. އޭބްލް ފާމްއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އާއިލާގެ ބޭނުންތަކަށް އިތުރު އިހުތިޔާރެއް މިވަނީ ލިބިގެންގޮސްފައި،" ބީއެޗްއެމްގެ މާކެޓިން މެނޭޖަރު ބުންޏެވެ.
ދިވެހިންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކުންފުންޏެއް
ކޯސްޓް ކިރު ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ރާއްޖެއަށް ތައާރަފްކޮށް، ގިނަ އަހަރުތަކެއް ވަންދެން ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ބީއެޗްއެމް ޓްރޭޑާސްއިން ގެނައި މި ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މިހާރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުރި މި އުފެއްދުން މާލެއިން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ފޯރުކޮށްދިނުމަކީ ބީއެޗްއެމްގެ އަމާޒެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭބްލް ފާމްގެ އިތުރު އުފެއްދުންތައްވެސް ބާޒާރަށް ނެރުމަށް ރާވާފައިވެ އެވެ.




