ކުށުގެ ރިކޯޑު ބަލާ މުއްދަތު ތިން އަހަރަށް ބަދަލުކޮށްފި

ފުލުހުންގެ މައި މަރުކަޒު: އާ ގަވާއިދުގެ ދަށުން ޕޮލިސް ރިކޯޑު ހޯދުމަށް ކޮންމެ ފުލުހުންގެ މަރުކަޒަކަށް ވެސް ހުށަހެޅިދާނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފުލުހުންގެ މައި މަރުކަޒު: އާ ގަވާއިދުގެ ދަށުން ޕޮލިސް ރިކޯޑު ހޯދުމަށް ކޮންމެ ފުލުހުންގެ މަރުކަޒަކަށް ވެސް ހުށަހެޅިދާނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކުށުގެ ރެކޯޑް ދޫކުުރުމުގައި ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަކޮށް ޕޮލިސް ރިކޯޑް ދޫކުރުމާ ބެހޭ ގަވާއިދު ހޯމް މިނިސްޓްރީން ގެޒެޓުކޮށްފި އެވެ.

ހޮނިހިރު ދުވަހު ގެޒެޓު ކުރި "ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދު" އާންމުކޮށްފައި ވަނީ ކުރިން އަމަލު ކުރަމުން އައި ގަވާއިދަށްވުރެ މާ ބޮޑަށް ތަފްސީލުކޮށްފަ އެވެ. އެގޮތުން ރިކޯޑް ބެލެހެއްޓުމާއި ފޯރުކޮށްދެވޭނެ ގޮތްތަކާއި ހިމަނަންޖެހޭ މައުލޫމާތު މިފަހަރު ގަވާއިދުގައި ލިޔެފައިވެ އެވެ.

ކުށުގެ ރިކޯޑު ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަ ކުރި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ދިގު މުއްދަތެއްގެ ރިކޯޑް ބެލުން ވެސް ގަވާއިދު ހުރަހެއް ނާޅަ އެވެ.

އެގޮތުން ޕޮލިސް ރިކޯޑު ދޫކުރުމުގައި ގެންގުޅޭ ކެޓަގަރީތަކެއް ވެސް ހޮނިހިރު ދުވަހު ގެޒެޓު ކުރި ގަވާއިދުގައި ވަނީ ތައާރަފްކޮށްފަ އެވެ. ވަޒީފާގެ ބޭނުމަށް ޕޮލިސް ރިކޯޑް ދޫކުރުމާއި ގާނޫނީ ޝަހްސެއް ބޭނުންވެގެން ރިކޯޑް ދޫކުރުމާއި ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން ރިކޯޑް ދޫކުރުން ވަނީ އެ ގަވާއިދުގައި ހިމަނައިފަ އެވެ.

ޕޮލިސް ރިކޯޑު ދޫކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ޖިނާއީ އެއްވެސް ކުށެއްގެ ތަހުގީގު ހިނގާ ނަމަ، "އާންމު އުސޫލުން" އެއީ ޕޮލިސް ރިކޯޑެއް އޮތް މީހެއް ކަމަށް ބަލަންޖެހެ އެވެ. މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާ ނަމަވެސް އެއީ ރިކޯޑެއްގެ ގޮތުގައި ބަލަންޖެހެ އެވެ.

އެކަމަކު ވަޒީފާގެ ބޭނުމަށް ދޫކުރާ ޕޮލިސް ރިކޯޑުތަކުގައި ހިމަނަންޖެހޭނީ ހަމައެކަނި ޖީނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު 10 ކުށުގެ ތެރެއިން ކަމަކަށް ތުހުމަތު ކުރެވިގެން އޭނާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ނަމަ އެވެ. އެކަމަކު ފާއިތުވި ތިން އަހަރު އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާފައިވާ ނަަމަ ހުރިހާ ޖިނާއީ ކުށެއްގެ ތަފްސީލު ވެސް ރިކޯޑުގައި ހިމަނަންޖެހެ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ މީހުން މެރުމާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ކަޅު ފައިސާ ދޮވުމާއި ޓެރަރިޒަމަށް ހަރަދު ކުރުމާއި ވަގުފާރީގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000ރ. ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކެވެ.

އޭގެ އިތުރުން ، ޕޮލިސް ރިކޯޑު ދޫކުރުމުގައި ބަލަންޖެހޭނީ ފާއިތުވި ތިން އަހަރުގެ މައްސަލަތަކަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އެކަމަކު އެއަށްވުރެ ދިގު މުއްދަތެއްގެ ރިކޯޑު ހޯދަން އެދިފައިވި ނަމަވެސް އެކަން ކުރުމަށް ގަވާއިދުގެ ދަށުން ހުރަހެއް ނެތެވެ.

ޕޮލިސް ރިކޯޑު ބަލަހައްޓާނެ ނިޒާމެއް ވެސް ގަވާއިދުގެ ދަށުން ފުލުހުން ހަދަންޖެހެ އެވެ. އަދި ލާމަރުކަޒީކޮށް އެ ނިޒާމުގައިވާ މައުލޫމާތުތަކަށް އެކްސެސްވެވޭނެ ގޮތެއް ވެސް ހަދަންޖެހެ އެވެ. އަދި ކުށްތަކުގެ މައުލޫމާތު ރައްކާކުރަންޖެހޭ މުއްދަތު ވެސް ތަފްސީލުކޮށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox