ފުލުހުންގެ އިސް އޮފިސަރުންނާމެދު ގޮތެއް ނިންމުމުގެ މުއްދަތު މާދަމާ ހަމަވާނެ

ފުލުހުންގެ އިސް ސަފުގެ ބައެއް ބޭފުޅުން ރައީސް ސޯލިހާއެކު: މާދަމާއަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވާނެ

ފުލުހުންގެ އިސް ސަފުގެ ބައެއް ބޭފުޅުން ރައީސް ސޯލިހާއެކު: މާދަމާއަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވާނެ

ފުލުހުންގެ އިސް ސަފުގައި ތިބީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ގާބިލް އަދި ފުރިހަމަ ތަމްރީން ލިބިފައި ތިބި އޮފިސަރުންތޯ ކަށަވަރުކުރަން ޕޮލުސް ބޯޑަށް ގާނޫނުން ކަނޑައެޅި މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

މިފަހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލަން ޖެހެ އެވެ.

އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންޖެހެ އެވެ.

އެ ރޭންކުތަކުގެ އޮފިސަރުންނާމެދު ފުލުހުންގެ ބޯޑުން ގާނޫނަށް އަމަލު ކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ. އެ ހަތަރު މަހުގެ މުއްދަތު ހަމަވާން އޮތީ މާދަމާއަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން މިހާރު ގެންދަނީ އިސް ރޭންކްތަކުގައި ތިބި އޮފިސަރުންގެ މައްސަލަތައް ބަލައި، އެމީހުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް އޮފިސަރުން ބޯޑަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް، އެ ބޯޑުން އެކަމުގެ މައުލޫމާތު ހާމައެއް ނުކުރި އެވެ.

ފުލުހުންގެ ބޯޑުގެ މެންބަރަކު މިރޭ "އަދަދު"އަށް ވިދާޅުވީ ފުލުހުންގެ ބޯޑުން ނިންމާ އެފަދަ ނިންމުންތައް މީޑިއާއާ ހިއްސާކުރުމުގެ އުސޫލެއް އަދި ނެތް ކަމަށެވެ.

އޮފިސަރުން ވަކިކުރުމާމެދު މާދަމާ ގޮތެއް ނިންމަން ޖެހޭއިރު މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިވާ ކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީއަށާއި ފުލުހުންގެ އިދާރާއަށް ލިބިފައެއް ނެތެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މި ނޫހަށް ވިދާޅުވި ގޮތުގައި ފުލުހުންގެ ބޯޑު އޮފިސަރުންނާމެދު މާދަމާގެ ނިޔަލަށް ގޮތެއް ނިންމަން ޖެހޭއިރު އަދި މިހާތަނަށް އެ މިނިސްޓްރީއާ ހަމައަށް ނިންމުމެއް އައިސްފައެއް ނެތެވެ.

ފުލުހުންގެ އިދާރާގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވެސް ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާގެ އިސް ބޭފުޅުންނާމެދު ގޮތެއް ނިންމެވި ކަމެއް އަދި އެ އިދާރާއަކަށް އެނގިފައެއް ނެތެވެ.

އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުގައި ފުލުހުންގެ އިސް ސަފަށް ހެޔޮ ބަދަލެއް ގެނައުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ގާނޫނުން ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި އެ ބޭފުޅުންނަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް," އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ އިތުރަށް ފުލުހުންގެ ގާނޫނުން ލާޒިމްކޮށްފައިވާ ބައެއް ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޯޑުން އަންނަނީ ލަފާ ވެސް ދެމުންނެވެ. އެ ލަފާތަކުގެ މައްޗަށް ގަވައިދުތައް ބައްޓަންކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox