ފުލުހުންގެ ބިޔަ މަޝްރޫއުއަށް އިންޑިއާއިން 600 އެއްހާ މީހުން ގެންނަނީ

ފުލުހުންނަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏާ ހަވާލުކުރަނީ. -ފޮޓޯ: ޕޮލިސް

ފުލުހުންނަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏާ ހަވާލުކުރަނީ. -ފޮޓޯ: ޕޮލިސް

ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ހިމެނޭ ގޮތުން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމުގެ އެންމެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނިން، އެ މަސައްކަތްތަކަށް 600 އެއްހާ މީހުން އިންޑިއާއިން ގެންނާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފުލުހުންނާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ ދެމެދު ފުލުހުންގެ ބައެއް ތަންތަން މަރާމާތުކުރުން ވެސް ހިމަނައިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ޖުމްލަ 61 އިމާރާތެއްގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

އޭގެތެރޭގައި 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓް އަދި އަށް އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް 2 ގައި ޕޮލިސް ސްޓޭޝަނެއްގެ އިތުރުން ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެ އެވެ.

މި މަޝްރޫއުގައި ސޮއިކުރީ 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) އަށެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން އިންޑިއާ ކުންފުނީގެ ޗެއާމަން ބުޕޭޝް ނާގަރާޖަން އެގައުމުގެ މީޑިއާތަކަށް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އެފަދަ ބޮޑު މަޝްރޫއެއް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ މަޝްރޫއުއަށް އިންޑިއާގެ ޓެމިލް ނާޑޫއިން 500 ލޭބަރުންނާއި 100 އިންޖިނިއަރުން ނަގަން ނިންމާފައި ވެ އެވެ.

އެގޮތުން، މީހުން ނެގުމުގައި އިސްކަން ދޭނީ މެދުއިރުމަތީގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންގެ ތެރެއިން ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަޝްރޫއުގެ ސަބަބުން ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރެވި ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ހިދުމަތެއް ދިނުމުގެ މަގުފަހިވެގެންދާނެކަމަށް ފުލުހުން ބުނެފައި ވެ އެވެ.

އެ މަޝްރޫއުގެ އިތުރުން، ފުލުހުންގެ ތަމްރީނު މަރުކަޒު އައްޑޫގައި ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox