ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރު، ހަފުތާގެ އިނާމު، އަދި ކޮންމެ ދުވަހަކު ފައިސާގެ އިނާމު

Oct 16, 2026, 2:59 PM
މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ފައިސާގެ އިނާމު ވެސް ލިބޭ.

މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ފައިސާގެ އިނާމު ވެސް ލިބޭ.

ރާއްޖޭގައި މަގުބޫލު ކޮފީ ބްރޭންޑެއް ކަމަށްވާ ޔޭޔޭ އިން، ނަސީބުވެރި 5 ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް "ޔޭޔޭ ސްކޭން އެންޑް ވިން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިނުމަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

  • ގްރޭންޑް ޕްރައިޒް: ނަސީބުވެރި 5 ފަރާތަކަށް 5 އުމްރާ ދަތުރު.
  • ހަފްތާގެ އިނާމް: ކޮންމެ ހަފްތާއަކު ހޮވާލެވޭ ނަސީބުވެރި 5 ފަރާތަކަށް އަގުހުރި އިނާމުތަކެއް.
  • ދުވަހުގެ އިނާމް: ކޮންމެ ދުވަހަކު ހޮވާލެވޭ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމް.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ވިއްކާ ޔޭޔޭ ޕްރޮމޯ ޕެކެޓްގައިވާ ސްޓިކާ ކަހާލުމަށްފަހު، އޭގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ހުށަހެޅުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

މިއީ ޔޭޔޭ ބޭނުންކުރާ ކަސްޓަމަރުންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށާއި، ފައިސާގެ އިތުރުން އަގުހުރި ގިނަ އިނާމުތަކެއް ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ފަހުގެ ޚަބަރު

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

ގެސްޓްހައުސްތައް އަނެއް ހަރުފަތައް ދާން ހުމްރީގެ ހުށަހެޅުންތަކެއް

ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށްޓަކައި އޮކިއުޕެންސީ އިތުރުކޮށް، ޚިދުމަތްތަކުގެ ފެންވަރު ދަރަޖަކުރަން ޖެހޭ ކަމަށް ހުމްރީ ވިދާޅުވި. މިގޮތުން، ހަމައެކަނި އެނދު އިތުރުކުރުމުގެ ބަދަލުގައި އިންޓަގްރޭޓަޑް ޑެސްޓިނޭޝަން މޮޑެލްއަކަށް ބަދަލުވެ، ދަތުރުފަތުރާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން އޭނާ ގޮވާލެއްވި.

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox