ޔޫރޯ މާކެޓިންއިން '1883 މެއިޒަން ރޫޓިން' ގެ އައު ދެ ބާވަތެއްގެ ބުއިން ރާއްޖެއަށް ތައާރަފުކޮށްފި

Oct 15, 2026, 3:54 PM
ޔޫރޯ މާކެޓިން އިން 1883 މެއިސަން ރޫޓިން ބްރޭންޑުގެ އާ ދެ ބާވަތެއްގެ ބުއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

މި އާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ 1883 މެއިސަން ރޫޓިންގެ "ފްރޫޓް މިކްސް" އަދި "ސޯސް" ރޭންޖެވެ. މި އުފެއްދުންތަކަކީ ބުއިންތައް ތައްޔާރުކުރުމުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ.

ޔޫރޯ މާކެޓިން އިން ބުނި ގޮތުގައި، އަލަށް ތައާރަފުކުރި "ފްރޫޓް މިކްސް" ރޭންޖުގައި ތަފާތު މޭވާތަކުގެ ރަހަތައް ހިމެނޭއިރު، މިއީ ސްމޫތީ އާއި ކޮކްޓެއިލް ފަދަ ބުއިންތައް ތައްޔާރުކުރުމަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ. އަދި "ސޯސް" ރޭންޖަކީ ކޮފީ އާއި އެކި ކަހަލަ ފޮނިކާތަކެތި ޒީނަތްތެރިކުރުމަށާއި ރަހަ މީރުކުރުމަށް ބޭނުންކުރެވޭނެ އުފެއްދުންތަކެކެވެ.

ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 1883 މެއިސަން ރޫޓިން އަކީ ދުނިޔޭގެ ފެންވަރުގައި ބުއިންތަކަށް ބޭނުންވާ ސިރަޕާއި އެހެނިހެން ބާވަތްތައް އުފެއްދުމުގައި ނަންހިނގާ ކުންފުންޏެކެވެ. ޔޫރޯ މާކެޓިން އަކީ ރާއްޖޭގައި މި ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް އެތެރެކޮށް މާކެޓްކުރާ ކުންފުންޏެވެ.

މި އާ އުފެއްދުންތަކާއެކު، ރާއްޖޭގެ ރިސޯޓުތަކާއި، ކެފޭ އަދި ރެސްޓޯރަންޓުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ބާވަތްތައް ފޯރުކޮށްދިނުމުގައި ޔޫރޯ މާކެޓިންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޔޫރޯ މާކެޓިން އިން 1883 މެއިސަން ރޫޓިން ބްރޭންޑުގެ އާ ދެ ބާވަތެއްގެ ބުއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ. މި އާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ 1883 މެއިސަން ރޫޓިންގެ "ފްރޫޓް މިކްސް" އަދި "ސޯސް" ރޭންޖެވެ. މި އުފެއްދުންތަކަކީ ބުއިންތައް ތައްޔާރުކުރުމުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ. ޔޫރޯ މާކެޓިން އިން ބުނި ގޮތުގައި، އަލަށް ތައާރަފުކުރި "ފްރޫޓް މިކްސް" ރޭންޖުގައި ތަފާތު މޭވާތަކުގެ ރަހަތައް ހިމެނޭއިރު، މިއީ ސްމޫތީ އާއި ކޮކްޓެއިލް ފަދަ ބުއިންތައް ތައްޔާރުކުރުމަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ. އަދި "ސޯސް" ރޭންޖަކީ ކޮފީ އާއި އެކި ކަހަލަ ފޮނިކާތަކެތި ޒީނަތްތެރިކުރުމަށާއި ރަހަ މީރުކުރުމަށް ބޭނުންކުރެވޭނެ އުފެއްދުންތަކެކެވެ. ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 1883 މެއިސަން ރޫޓިން އަކީ ދުނިޔޭގެ ފެންވަރުގައި ބުއިންތަކަށް ބޭނުންވާ ސިރަޕާއި އެހެނިހެން ބާވަތްތައް އުފެއްދުމުގައި ނަންހިނގާ ކުންފުންޏެކެވެ. ޔޫރޯ މާކެޓިން އަކީ ރާއްޖޭގައި މި ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް އެތެރެކޮށް މާކެޓްކުރާ ކުންފުންޏެވެ. މި އާ އުފެއްދުންތަކާއެކު، ރާއްޖޭގެ ރިސޯޓުތަކާއި، ކެފޭ އަދި ރެސްޓޯރަންޓުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ބާވަތްތައް ފޯރުކޮށްދިނުމުގައި ޔޫރޯ މާކެޓިންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން އަންނަ ޔޫރޯ މާކެޓިންގއިން، ފަރަންސޭސިވިލާތުގެ މަޝްހޫރު ފްލޭވާ އެކްސްޕާޓް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ އައު ދެ ރޭންޖެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މީގެ ތެރޭގައި ހިމެނެނީ މީރު ފޮނިކާތަކެތީގެ ރަހަތައް އެކުލެވޭ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި، ތާޒާ މޭވާގެ ރަހަތައް ހިމެނޭ "ރިފްރެޝަރ މިކްސް" އެވެ. މި އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ލިބެން ހުންނާނެއެވެ.

މިއީ ރާއްޖޭގެ ކެފޭތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓުތަކުގެ އިތުރުން ގޭބިސީތަކަށްވެސް ލިބިގެންދިޔަ ވަރަށް ފުރިހަމަ އިޚްތިޔާރެކެވެ.

ފްރެންޗް ޕެޓިސަރީ: ފަރަންސޭސި ޕޭސްޓްރީގެ މީރު ރަހަތައް ބުއިންތަކަށް

ފަރަންސޭސިވިލާތުގެ ކްލެސިކް ޕޭސްޓްރީތަކުން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކޮށްފައިވާ މި ސިރަޕްތައް އުފައްދާފައިވަނީ ބަރިސްތާއިންނާއި، ބާމެއިޑުން އަދި ޕޭސްޓްރީ ޝެފުން ގުޅިގެންނެވެ. 100 ޕަސެންޓު ފަރަންސޭސި ބީޓް ޝުގަރ އާއި ގުދުރަތީ ރަހަތަކާއި ކުލަތައް ބޭނުންކޮށްގެން ފްރެންޗް އަލްޕްސްގެ މެދުތެރޭގައި ތައްޔާރުކޮށްފައިވާ މި ކަލެކްޝަނުގެ 6 ރަހައެއް މިހާރު ލިބެން ހުންނާނެއެވެ.އެއް ލީޓަރުގެ ފުޅީގައި ލިބެން ހުންނަ ރަހަތަކަކީ:

  • ކްރޮއިސަންޓް
  • ޕެއިން އޮ ޗޮކޮލެޓް
  • މެކަރޫން ރާސްބެރީ
  • އެކްލެއަރ ޗޮކޮލެޓް
  • ކްރީމް ބްރޫލޭ
  • މެޑެލީން

މި ސިރަޕްތައް ލާޓޭ، ކަޕަޗީނޯ، އައިސްޑް ކޮފީ، މިލްކްޝޭކް، އަދި ތަފާތު މޮކްޓެއިލްތަކާއި ކޮކްޓެއިލްތައް ތައްޔާރުކުރުމަށް ވަރަށް ކަމުދާނެ އެވެ. މީގެ ތެރެއިންވެސް "ކްރޮއިސަންޓް" ސިރަޕަކީ ބަޓަރު އަދި ފިހެފައި ހުންނަ ޕޭސްޓްރީގެ މީރު ރަހަ ގެނެސްދޭނެ ތަފާތު އުފެއްދުމެކެވެ. މެއިޒަން ރޫޓިންއިން ލަފާދޭ ގޮތުގައި، ކޯލްޑް ބްރޫ ކޮފީއާއި، ހޫނު ކިރާއި، ކެރަމަލް ސޯސް އަދި ކްރޮއިސަންޓް ސިރަޕް އެއްކޮށްގެން ތައްޔާރުކުރާ "ކެރަމަލް ޓްވިސްޓް ކްރޮއިސަންޓް" އަކީ ކޮންމެހެންވެސް ރަހަބަލާލަންޖެހޭ މީރު ބުއިމެކެވެ.

ރިފްރެޝަރ މިކްސް: ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ ތާޒާ މޭވާގެ ބުއިންތައް

މިއީ އެއްވެސް ހާއްސަ މެޝިނަކާ ނުލައި، އެންމެ ފިޔަވަޅަކުން ފިނި ބުއިންތައް ތައްޔާރުކޮށްލުމަށް ޚާއްސަ އުފެއްދުމެކެވެ. އައިސް ނުވަތަ ސްޕާކްލިންގ ވޯޓަރއާ އެއްކޮށްލައިގެން، ނުވަތަ ތާޒާ މޭވާއާއި ފަތްޕިލާވެލި އަޅައިގެން ބޭނުންކުރެވޭ މި މިކްސްގެ ހަތަރު ރަހައެއް ލިބެން ހުރެއެވެ.

  • ޑްރެގަން ފްރުޓް އެންޑް ލައިމް
  • ސްޓްރޯބެރީ އެންޑް އަކާއީ
  • މެންގޯ އެންޑް ޕެޝަން ފްރުޓް
  • ވޯޓަރމެލަން، ކިއުކަމްބަރ އެންޑް މިންޓް

މިއިން ކޮންމެ ބާވަތެއްގައިވެސް 20 ޕަސެންޓު މޭވާގެ ދިޔަ (ޖޫސް) ހިމެނެ އެވެ. އާޓިފިޝަލް ޕްރިޒަވޭޓިވްސް ނުހިމެނޭ މި އުފެއްދުމުގައި ހަކުރުގެ ގޮތުގައި ކޭން ޝުގަރ އަދި ސްޓީވިއާ ބޭނުންކޮށްފައިވާއިރު، ގުދުރަތީ ކެފެއިންގެ ގޮތުގައި ގްރީން ކޮފީ ބީން އެކްސްޓްރެކްޓް ހިމަނާފައިވެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ؛ މީގެ ފުޅިތައް ތައްޔާރުކޮށްފައިވަނީ 78 ޕަސެންޓު ރީސައިކަލް މެޓީރިއަލް ބޭނުންކޮށްގެންނެވެ.

މެނޫތައް މުއްސަނދިކޮށްލުމަށް ރަނގަޅު ފުރުސަތެއް

މި އައު ދެ އުފެއްދުމަކީ ކެފޭތަކާއި، ރެސްޓޯރެންޓުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެތަންތަނުގެ މެނޫތައް އިތުރަށް މުއްސަނދިކޮށްލުމަށް ލިބޭނެ ވަރަށް ފުރިހަމަ ފުރުސަތެކެވެ. ފްރެންޗް ޕެޓިސަރީއާއި ރިފްރެޝަރ މިކްސްގެ ހުރިހާ ރަހަތަކެއްވެސް މިހާރު ޔޫރޯ ސްޓޯރުތަކުން ގަންނަން ލިބެން ހުންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox