ރިލްވާން މައްސަލާގައި "ތިވަރުނުކުރަން" ޔާމީން މެސެޖު ކުރެއްވިކަމަށް އުމަރު އެއްބަސްވެއްޖެ

ޔާމީނާއި އުމަރު: ރިލްވާން މައްސަލާގައި ކުރެއްވި މެސެޖު ސައްހަ ކަމަށް އުމަރު ވިދާޅުވި

ޔާމީނާއި އުމަރު: ރިލްވާން މައްސަލާގައި ކުރެއްވި މެސެޖު ސައްހަ ކަމަށް އުމަރު ވިދާޅުވި

ވަގަށް ނެގި ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގެ ތަހުގީގުގައި "އޯވާވެލްމް" (މާބޮޑުވަރު) ނުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މެސެޖަކީ ސައްހަ މެސެޖެއްކަން ކަށަވަރުކޮށް ދެއްވައިފި އެވެ.

އެކަން ކަށަވަރުކޮށް ދެއްވާފައިވަނީ ޔާމީންގެ އެ މެސެޖު ރައްދު ކުރެއްވި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޔާމީން ފޮނުއްވި ކަމަށް ބުނާ މި މެސެޖު އެންމެ ފުރަތަމަ ލީކްކޮށްލާފައިވަނީ އަލްޖަޒީރާއިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީގަ އެވެ. އެ މެސެޖަކީ ކެބިނެޓްގެ މިނިސްޓަރުން ތިއްބަވާ ގުރޫޕަކަށް ޔާމީން ފޮނުއްވި މެސެޖެކެވެ.

އެ މެސެޖުގައި ޔާމީން ވިދާޅުވެފައިވަނީ "އުމަރު، ނޯ ނީޑް ޓް ބީ އޯވާވެލްމްޑް ބައި ރިލްވާން ކޭސް،" ކަމަށެވެ.

އެ ޖަވާބުގައި އުމަރު ވިދާޅުވެފައިވަނީ "އޯކޭ ނޯޓެޑް ސާ" ކަމަށެވެ.

ޔާމީން އެގޮތަށް މެސެޖެއް ގުރޫޕަށް ފޮނުއްވީ ރިލްވާން ހޯދުމުގެ ތަހުގީގު ފުޅާ ގޮތެއްގައި ހިންގަވަމުން ގެންދަވާ ކަމަށް އުމަރު މެސެޖެއް ކުރެއްވުމުންނެވެ. އަދި، ރިލްވާން ހޯދުމުގެ މަސައްކަތަކަށް ސިފައިން ވެސް ނެރެފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ރިލްވާން ތަހުގީގާ ގުޅޭ ގޮތުން މިނިސްޓަރުންނާއި ޔާމީން ބަދަލު ކުރައްވާފައިވާ މެސެޖުތަކުގެ ޗެޓްލޮގް
ރިލްވާން ތަހުގީގާ ގުޅޭ ގޮތުން މިނިސްޓަރުންނާއި ޔާމީން ބަދަލު ކުރައްވާފައިވާ މެސެޖުތަކުގެ ޗެޓްލޮގް

ރިލްވާން ތަހުގީގާ ގުޅޭ ގޮތުން މިނިސްޓަރުންނާއި ޔާމީން ބަދަލު ކުރައްވާފައިވާ މެސެޖުތަކުގެ ޗެޓްލޮގް

ރިލްވާން މައްސަލާގެ ތަހުގީގަށް ޔާމީން ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ރިޔާސީ ކޮމިޝަނުން ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފަ އެވެ. އެކަމާ ގުޅިގެން އިއްޔެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމުން އެމަނިކުފާނު ހުންނެވީ ހަނެވެ. ނަމަވެސް، އެ ތުހުމަތަށް ޔާމީން އިންކާރު ކުރައްވާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު ޔާމީންގެ މެސެޖްގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައިވަނިކޮށް އުމަރު ނަސީރު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، އަލްޖަޒީރާއިން އާންމުކޮށްފައިވާ ޗެޓް ލޮގަކަކީ ސައްހަ ޗެޓް ލޮގެކެވެ.

ނަމަވެސް، އުމަރު ވިދާޅުވި ގޮތުގައި އަލްޖަޒީރާއިން އެ މެސެޖު ޓްވިސްޓްކޮށްލީ ކަމަށާއި ރިލްވާންގެ މައްސަލާގެ ތަހުގީގު ހުއްޓާލުމަށް ނުވަތަ ހުރަސް އެޅުމަށް ޔާމީން އެއްވެސް އިރަކު އަންގަވާފައިނުވެ އެވެ.

އެމަނިކުފާނު އެންގެވީ އެ މައްސަލާގައި "ތިވަރު ނުކުރުމަށް" ކަމަށެވެ.

"އެމަނިކުފާނު އެންގެވީ މާގިނަ ސިފައިންނާއި ފުލުހުން އެކަމަށް ނުނެރުމަށް، އެއީ އޭރު ވެސް 100 އަށްވުރެ ގިނަ އޮފިސަރުން އެކަމަށް ނެރެފައިވާތީ، އޯވަވެލްމް ނުވުމަށް އެންގެވީ އެހެންވެ،" އުމަރު ވިދާޅުވި އެވެ.

"އޯވަވެލްމްގެ މާނައަކީ ތަހުގީގު ހުއްޓާލުމެއް ނޫން،"

ޔާމީންގެ މެސެޖަކީ ސައްހަ މެސެޖެއް ކަމަށް އުމަރު މިއަދު ވިދާޅުވި ނަމަވެސް، އަލްޖަޒީރާއިން ޑޮކިއުމެންޓްރީ ނެރުނު ދުވަސްވަރު އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިލްވާން މައްސަލާގައި ޔާމީންގެ އެއްވެސް މެސެޖެއް ލިބިފައި ނޯންނާނެ ކަމަށާއި އެ މެސެޖެއް އަލްޖަޒީރާގެ އަތުގައި ނުވެސް އޮންނާނެ ކަމަށެވެ.

އުމަރު މިއަދު ވެސް ވަނީ އޭނާގެ އެ ޓްވީޓް ދިފާއު ކުރައްވާފަ އެވެ.

އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މެސެޖަކީ ސީދާ އޭނާއަށް ފޮނުއްވި މެސެޖެއް ނޫނެވެ. ނަމަވެސް، އެއީ ވައިބާ ގްރޫޕެއްގައި އޮތް އޯޕަން ޑިސްކަޝަނަކަށް ޔާމީން ފޮނުއްވި މެސެޖެއް ކަމަށެވެ.

"ޕްރައިވެޓްކޮށް މެސެޖެއް ފޮނުވުމާއި އޯޕަން ގުރޫޕަކަށް މެސެޖެއް ފޮނުއްވުމާ އެއީ ވަރަށް ތަފާތު ދެ ކަމެއް،" އުމަރު ވިދާޅުވި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރާއިރު، ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox