މޮނިކޮން ޓެގު ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

2016 ވަނަ އަހަރު މީހެއްގެ ފައިގާ ޓެގް އަޅުވާފައި: އަމުރު އޮތް ނަމަވެސް ތަންފީޒު ކުރަމަކުން ނުދޭ -

2016 ވަނަ އަހަރު މީހެއްގެ ފައިގާ ޓެގް އަޅުވާފައި: އަމުރު އޮތް ނަމަވެސް ތަންފީޒު ކުރަމަކުން ނުދޭ -

ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ނެރެވޭ މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ތަންފީޒު ކުރުމުގެ ހުރަހަކަށް ވެފައިވާ ޓެގު ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަހުން ވެސް ހައިކޯޓުން މޮނިކޮން އަމުރުތަކެއް ނެރެފައިވީ ނަމަވެސް، އެ އަމުރުގެ ދަށުން އެމީހުންގެ ފައިގައި ޓެގް އަޅުވާފައެއް ނުވެ އެވެ. އަދި، އަމުރު ތަންފީޒު ކުރުމަށް އެއްވެސް ކަމެއް ވެސް ކޮށްފައެއް ނުވެ އެވެ.

މޮނިކޮން އަމުރު ނެރެފައިވާ މީހުންގެ ފައިގައި ޓެގް އަޅުވާފައި ނުވަނީ މިވަގުތު ފުލުހުންގެ އަތުގައި ޓެގް ނެތުމުން ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޓެގް ހޯދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ނަމަވެސް، އެ މަސައްކަތުން ނަތީޖާއެއް ނުލިބި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ ޓެގު ހޯދުމަށްޓަކައި މިހާރު އެކުލަވާލެވެމުންދާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ.

ނަމަވެސް، ބަޖެޓު އެކުލަވާލައި މުޅިން ނުނިމޭތީ، އޭގެ ސީދާ ތަފްސީލެއް ދޭން ދަތިކަމަށް ހަފްސީ ވިދާޅުވި އެވެ.

"އެކަމަކު ޔަގީނުން ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވަނީ،" އޭނާ ވިދާޅުވި އެވެ.

މޮނިކޮން އަމުރެއް މީހެއްގެ މައްޗަށް ނެރުމަށް އެކަށީގެންވާ ތުހުމަތެއް އޮންނަންޖެހޭ ކަމަށް ގާނޫނު ބުނެ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއް ކުރުމުގައި އަމަލީ ގޮތުން އެ މީހަކު ބައިވެރިވާ ކަމަށް ގަބޫލު ކުރެވުމާއި އެފަދަ ކުށެއް ރާވާ ކަމަށް ނުވަތަ ހިންގާ ކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭ ކަމަށް މިނިސްޓަރަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި މޮނިކޮން އަމުރަށް އެދެވޭނެ އެވެ.

އެގޮތަށް އެދުމުން ސަބަބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހައިކޯޓަށް އަމުރު ނެރެވިދާނެ އެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމަށް ގާނޫނުގައި ހުރަހެއް ނެތެވެ. މޮނިކޮން އަމުރަކާ ހިލާފްވުމުގެ އަދަބަކީ 18 މަސްދުވަހަށް ޖަލަށް ލުމެވެ. އަމުރާ ހިލާފުވެގެން މިހާރު ވެސް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ހަމަލާގައި ބައިވެރިވާ ގިނަ މީހުންނަކީ ވެސް ޓެރަރިޒަމްގެ އެހެން ކުށްތަކުގެ ރިކޯޑް އޮންނަ ބައެކެވެ. އެފަދަ ބަޔަކު މުޖުތަމައުއަށް ދޫވެ، އެހާ ހާމަކަން ބޮޑު ގޮތެއްގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމުގެ ފުރުސަތު ލިބުމުން ފުލުހުންނަށް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ޓެރަރިސްޓުން މޮނީޓާކުރުމުގައި މައްސަލަތަކެއް އުޅެނީ ހަމައެކަނި ފުލުހުންގެ ނޫން ކަމަށެވެ. ނަމަވެސް މުޅި ދައުލަތުގެ ތެރޭގައި "ގެޕްސް"ތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ ފަރާތްތައް މޮނީޓާކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޭގެ ތެރެއިން ފުރުސަތު ހޯދައިގެން އަމަލުތައް ހިންގަމުން ދަނީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމީހުން މޮނީޓާކުރުމުގައި "ގެޕްސް"ތަކެއް އޮތީ ގާނޫނީ ނިޒާމާއި އިދާރާތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑުތައް އޮތް ގޮތުންނެވެ. އަދި، ގާބިލުކަމާއި ވަސީލަތްތައް ނެތުން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަންކަން އިސްލާހުކޮށް އެމީހުން ހަރުދަނާ ގޮތެއްގައި މޮނީޓާކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މޮނިކޮން އަމުރު ނެރެ، މީހުންގެ ފައިގައި ޓެގް އަޅުވައިގެން ބަލަހައްޓަން ފެށީ 2016 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox