އެމްއެންޕީގައި ހަތް މެމްބަރުން، މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވުމުގެ އުއްމީދުގައި

ރައްޔިތުންގެ މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާ މެމްބަރުން: އިތުރު މެމްބަރުންތަކެއް އެ ޕާޓީއާ ގުޅޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ނާޒިމް ވިދާޅުވި. --ފޮޓޯ/އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާ މެމްބަރުން: އިތުރު މެމްބަރުންތަކެއް އެ ޕާޓީއާ ގުޅޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ނާޒިމް ވިދާޅުވި. --ފޮޓޯ/އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު އިސްވެ އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު ވެސް ހަތް މެމްބަރަކު އެބަތިއްބެވި ކަމަށާއި އުއްމީދަކީ މަޖިލީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ މަގާމަށް ވާސިލްވުން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރެއްވީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ނާޒިމް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކުރީ ސަފުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ އިތުރުން އެހެން މެމްބަރުންތަކެއް އެ ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ޕާލަމެންޓްރީ ގްރޫޕް އުފައްދައި މަސައްކަތް ފަށައިގަންނަ އިރު ވެސް ޖުމްލަ ހަތް މެމްބަރުން ތިއްބަވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ފަސް މެމްބަރުން މިހާރު އަޅުގަނޑުމެންނާ އެކުގައި ތިބި ކަމުގައި ވިޔަސް އިތުރު ދެ މެމްބަރަކާ އެކު ހަތް މެމްބަރަކު އަޅުގަނޑުމެންގެ ވިޕްލައިނާ އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކުރައްވާނެ،" ނާޒިމް ވިދާޅުވި އެވެ.

އެކަމަކު އެ ދެ މެމްބަރުންގެ ނަން، ނާޒިމް ވިދާޅުނުވީ ރަސްމީކޮށް ޕާޓީއާ ގުޅިވަޑައިނުގަންނަވާތީ އެވެ.

ރާއްޖޭގެ މަޖިލީހުގެ ތާރީހުގައި ވެސް މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްގެން މަޖިލީހުގެ ސުޕަ މެޖޯރިޓީގައި އޮތީ އެމްޑީޕީ އެވެ. އެ ޕާޓީގެ 65 މެމްބަރަކު މަޖިލީހުގެ އެކި ދާއިރާތައް ތަމްސީލްކުރައްވާ އިރު ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅުު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގައި ތިއްބެވީ ނުވަ މެމްބަރުންނެވެ.

އެއީ ޕީޕީއެމްގައި ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ.

އެހެންވެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ޕީޕީއެމެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ މަޖިލީހުގެ ތެރެއިން ވެސް ރައްޔިތުން ބޭނުންވާ މަސައްކަތްތައް ކުރުން ކަމަށްވާ އިރު, އެ ޕާޓީގެ ސިޔާސަތުތައް ގަބޫލުކުރައްވާ އިތުރު މެމްބަރުން ތިއްބަވާނެ ކަމަށެވެ. އެހެންވެ އިދިކޮޅު ކޯލިޝަނަށް ވުރެން މަޖިލީހުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ޕާޓީއަކަށް އެ ޕާޓީ ވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

"އަބަދުވެސް ސިޔާސީ ޕާޓީއެއްގެ މަގްސަދަކަށް ވާން ވާނީ އެއްދުވަސްވަރަށް ވުރެން އަނެއް ދުވަސްވަރުގައި ރަނގަޅުކުރުން. އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ މައިނޯރިޓީ ހޯދަން ވެސް،" ނާޒިމް ވިދާޅުވި އެވެ.

"ޕާޓީ ރަޖިސްޓްރީވެގެން މަޖިލީހުގެ ރެޕްރެޒެންޓޭޝަން ލިބެން ވަގުތުކޮޅެއް ނަގާނެ. އެކަމަކު ކާމިޔާބުވާނެ ކަމާ މެދު ޝައްކެއް ނުކުރަން."

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ އަމާޒަކީ ވަރުގަދަ ޕާލަމެންޓްރީ ގްރޫޕެއް އުފައްދައި މަޝްވަރާކުރެވިގެން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް މަސައްކަތްތައް ނިންމުމެވެ. ނާޒިމް ޔަގީންކަން ދެއްވި ގޮތުގައި ޕާޓީ ރަޖިސްޓްރީވުމުން އިތުރު ބަދަލުތަކެއް ފެންނާނެ އެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ތައްޔާރުވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ޕާޓީގެ ކައުންސިލަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ދިނީ ޕާޓީ އުފެއްދުމުގެ ހުއްދަ އެވެ. ރަޖިސްޓްރީކުރުމުގެ ހުއްދަ ދޭނީ 3,000 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އެ ޕާޓީގައި މިހާރު ކުރިއަށް ދަނީ އެ މަރުހަލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox