ނައުފަލް އެކުގައި އުޅުނު ހާޝިމްއާ މެދު އާއިލާއަށް ސުވާލު އުފެދިއްޖެ!

ގެއްލިގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ، އަހުމަދު ނައުފަލް: އޭނާ ހޯދައިދޭން ފުލުހުންގެ މުއައްސަސާގައި ވެސް ވަނީ އެދިފައި.

ގެއްލިގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ، އަހުމަދު ނައުފަލް: އޭނާ ހޯދައިދޭން ފުލުހުންގެ މުއައްސަސާގައި ވެސް ވަނީ އެދިފައި.

ޑޮކްޓަރަށް ދައްކަން މި މަހުގެ 20ގައި މާލެ އައި އަހްމަދު ނައުފަލް ގެއްލިގެން ހޯދަމުން އަންނައިރު, އޭނާއާ އެކުގައި އުޅުނު ހާޝިމް ނަމަކަށް ކިޔާ މީހަކާ ގުޅޭގޮތުން އާއިލާއަށް ހިއްސާކޮށްފައިވާ ވާހަކަތަކާ މެދު ސުވާލު އުފެދިއްޖެ އެވެ.

އދ. ކުނބުރުދޫ, ނައުފަލް 26, ގެ ހަބަރެއް އެންމެ ފަހުން ވީ މީ މަހުގެ 26 ގަ އެވެ. އޭގެ ފަހުން އޭނާ ވީތަނެއް ނޭނގިގެން ހޯދަމުން އަންނައިރު އާއިލާ އިން ވަނީ އެހީއަށް ފުލުސް އޮފީހުގައި އެދިފަ އެވެ.

ނައުފަލް ހޯދަން މާލެ އާއި ހުޅުމާލޭގެ ގިނަ ތަންތަން އާއިލާގެ މީހުން ވެސް ބަލަމުން އަންނަ އިރު, ހުޅުމާލޭގައި ހާޝިމްއާ އެކު ހުރި ކަމަށް ބުނާ ގެސްޓް ހައުސްއެއް ވެސް އާއިލާ އިން ވަނީ ބަލައިފަ އެވެ. ކުރިން ދަތުރެއްގައި މާލެ އައިސް އުޅުނީ ހާޝިމްއާ އެކު ހުޅުމާލޭގެ "ހުވަން ބީޗް" ގައި ކަމަށް ނައުފަލް ބުނެފައިވެ އެވެ.

Advertisement

އެ ގެސްޓްހައުސްއަކީ ހާޝިމްގެ ބޭބެއެއްގެ ތަނެއް ކަމަށް ނައުފަލް ވަނީ އާއިލާގެ މީހުންގެ ގާތުގައި ބުނެފަ އެވެ. ނައުފަލް މި ދަތުރުގައި ވެސް ހުރީ އެތަނުގައި ކަމަށް ބަލައި އާއިލާ އިން ވަނީ ގެސްޓް ހައުސްގައި އެ ދެ މީހުން އުޅުނުތޯ ބަލައިފަ އެވެ.

އެތަނަށް ގޮސް ސުވާލުކުރިއިރު ހާޝިމްއާ ގުޅޭ ގޮތުން ނައުފަލް ދެއްކި ވާހަކަތައް ދިމައެއް ނުވެ އެވެ.

ނައުފަލްގެ ދެބެންގެ ދެދަރިދައްތަ ހައްވާ ރަޝީދާ މިއަދު "އަދަދު" އަށް ބުނިގޮތުގައި ނައުފަލް ބުނާ ގޮތުގައި މާލޭގައި އަބަދުވެސް ހުންނަނީ އެކުވެެރި ހާޝިމް ކިޔާ މީހަކާއެކުގައި ހުޅުމާލޭގަ އެވެ. މިދިޔަ އަހަރު އެ ދެ މީހުން ހުޅުމާލޭގައި ހުންނަ ހުވަން ބީޗް ގެސްޓް ހައުސްގައި ތިބި ކަމަށާއި އެއީ ހާޝިމްގެ ބޭބެއެއްގެ ގެސްޓް ހައުސްއެއް ކަމަށް ނައުފަލް އޭރު ބުނި ކަމަށް ހައްވަ ބުނެ އެވެ.

ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ނައުފަލް-
ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ނައުފަލް-

ގެއްލިގެން ހޯދަމުން އަންނަ އަހުމަދު ނައުފަލް-

"އަދަދު" އިން އެ ގެސްޓް ހައުސްއަށް ގުޅުމުން ބުނީ މިފަހުން ނައުފަލް އަދި ހާޝިމް ނަމަކަށް ކިޔާ މީހަކު އެތަނަށް ޗެކިން ވެފައި ނުވާ ކަމަށެވެ. އަދި ގެސްޓު ހައުސް ހިންގުމުގައި ހަތަރު މީހަކު އުޅޭއިރު ހާޝިމް ނަމަކަށް ކިޔާ ކޮއްކޮއަކު އެއިން އެއްވެސް މީހެއްގެ ނުހުންނަ ކަމަށެވެ.

"އޯނަރު ވިދާޅުވީ ހާޝިމް ކިޔާ ކޮއްކޮއެއް ނުހުންނަ ކަމަށް," ގެސްޓް ހައުސް ރިސެޕްޝަނުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގެސްޓް ހައުސް އިން ބުނިގޮތުގައި އެތަނަށް ގޮސްގެންނާއި ގުޅައިގެން ގިނަ ބަޔަކު ވަނީ ނައުފަލް އާއި ހާޝިމް އެތަނުގައި އުޅުނުތޯ ބަލައިފަ އެވެ.

"އެހެންވެ އަޅުގަނޑުމެން ވެސް ޗެކްކޮށްފިން, އެއްފަހަރަށް ވުރެން ގިނައިން. އެ ދެ ނަން ކިޔާ އެކަކު ވެސް މި ފަހުން ނާދޭ," އޭނާ ބުންޏެވެ.

ނައުފަލްގެ ފަރާތުން އާއިލާއަށް އެނގިފައިވާ ގޮތުގައި އޭނާގެ އެކުވެރި ހާޝިމަކީ ޑެލިވެރީގެ ހިދުމަތް ދޭ ޒުވާނެކެވެ. އޭގެއިތުރަށް އެއްވެސް ތަފްސީލެއް ނުވަތަ އެންމެ ކުޑަމިނުން އޭނާއަކީ ކޮން ރަށެއްގެ މީހެއް ކަމެއް ނޭނގެ އެވެ.

ނައުފަލް ގެއްލިގެން ފުލުހުން ހޯދަން އިއުލާން ކޮށްފައިވާއިރު ހާޝިމް ވެސް އެ އާއިލާއާ ގުޅާފައި ނުވާ ކަމަށް ހައްވަ ބުންޏެވެ.

އެއްވެސް ކަމެއް ނުހިނގާ ނަމަ ނައުފަލް މަންމަ އަށް ނުގުޅައި ނުހުންނާނެ ކަމަށާއި އޭނާއަށް ކަމެއް މެދުވެރިވީ ކަމަށް ކުރާ ތުހުމަތު ހާޝިމްއާ ގުޅުވަނީތޯ އެހުމުން ހައްވަ ބުނީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އަމިއްލައަށް ތަނެއްގައި ހުރި ނަމަ އޭނާ އަންނާނޭ. ފުލުހުން ވެސް ހޯދަން އިއުލާން ކޮށްފައި އޮތީ. އަނެއްކާ މަންމައަށް ހަބަރެއް ނުވެ އޭނާ ނުހުންނާނެ،" ހައްވަ ބުންޏެވެ.

ސްކޫލް ނިންމުމަށް ފަހު ނައުފަލް މަސައްކަތް ކުރީ ރިސޯޓެއްގަ އެވެ. އެކަމަކު ކޮވިޑާ ހެދި ރިސޯޓްތަކުގެ މުވައްޒަފުން ވަކި ކުރަން ފެށުމުން މިދިޔަ އަހަރު ރަށަށް ބަދަލުވީ އެވެ. ބައްޕަ ދުއްވާ "ޒިކުރާ 2" ދޯނިން ކަންނެއްޔަށް ދާން ފެށީ އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް ކުރަންވެގެންނެވެ. އޭނާ މިމަހު 20 ގައި މާލެ އައީ މަސްވެރިކަމުގައި އުޅެނިކޮށް ދޯންޏަށް ވެއްޓި ފަޔަށް އަނިޔާ ވުމުންނެވެ.

މާލެ ފޭބުމަށް ފަހު ޖެހިގެން އައި ދުވަހު ނައުފަލް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އޭގެ އަނެއް ދުވަހު އައިޖީއެމްއެޗުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. އެއީ އޭނާގެ ދައްތައެއްގެ ފިރިމީހާ އެޑްމިޓްކޮށްފައި އޮތުމުންނެވެ.

އާއިލާ އިން ބުނިގޮތުގައި އެ މީހުންނަކަށް ވެސް ނައުފަލްގެ ފަރާތުން ތަފާތެއް އެ ދުވަހަކު ނުފެނެ އެވެ.

ވަރަށް މަޑުމައިތިރި މިޒާޖެއްގެ ނައުފަލްއަކީ ކުށުގެ ރެކޯޑެއް ވެސް އޮންނަ މީހެއް ނޫން ކަމަށް އާއިލާއިން ބުނެ އެވެ. އަދި ކުށުގެ ވެށީގައި ނުވަތަ ވިޔާނުދާ ބަޔަކާ އެކު އޭނާ ނޫޅޭ ކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާ އިން ބުނީ ދޯންޏަށް ވެއްޓި ފަޔަށް ލިބުނު އަނިޔާ ފިޔަވައި ސިއްހީ އެހެން މައްސަލަތަކެއް ވެސް ނުހުންނަ ކަމަށެވެ.

ނައުފަލް ގެއްލިގެން ހޯދަން އިއުލާން ކުރުމުގެ އިތުރުން ފުލުހުން މި މައްސަލާގައި މިހާތަނަށް އިތުރު އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox