މައުމޫންގެ ދިފާއުގައި މިނިސްޓަރު ޔުމްނާ ނިކުންނަވައިފި

Jul 30, 2021, 2:45 PM
ޔުމްނާ މައުމޫން: ވިދާޅުވީ ބައްޕާފުޅާ ގޮތުން ދެއްކެވި ވާހަކަތަކަކީ ދޮގެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޔުމްނާ މައުމޫން: ވިދާޅުވީ ބައްޕާފުޅާ ގޮތުން ދެއްކެވި ވާހަކަތަކަކީ ދޮގެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް އެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިކުންނެވީ ވެރިކަން އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދިމާލަށް ދިޔުމުން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ އެންމެ ދޮށީ ދަރިކަނބަލުން ޔުމްނާ އެމަނިކުފާނުގެ ދިފާއުގައި ނިކުންނަވާފައި މި ވަނީ ރައީސް މައުމޫން، ރައީސް ޔާމީނާ ދެކޮޅުވީ މައުމޫންގެ "ލެގަސީ" ގެއްލޭތީ އެކަމާ ކަންބޮޑުވެގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ވަގުތީ ލީޑަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެފައި އޮއްވަ އެވެ.

ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް މައުމޫން ނިކުންނެވީ ކިންގް ސަލްމާން މިސްކިތް ބިނާ ކުރުމާއި ހުޅުމާލޭ ފޭސް ދޭއް ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން އެމަނިކުފާނުގެ ލެގަސީ ގެއްލޭ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށެވެ.

ނަމަވެސް އެއަށް ރައްދު ދެއްވައި މިއަދު ސޯޝަލް މީޑިއާގައި ޔުމްނާ ލިޔުއްވާފައި ވަނީ އަބްދުއްރަހީމް ހެއްދެނީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. އަދި ވިދާޅުވީ ޔާމީން ބިނާ ކުރައްވާފައި ވަނީ މައުމޫންގެ ތަސައްވަރު ކަމަށެވެ.

"ފޭސް ދޭއް ވެސް ބްރިޖް ވެސް އެއީ މައުމޫންގެ ތަސައްވުރެއް. ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމް ސަރުކާރު ޕީޕީއެމްގެ އުސޫލުތަކާ ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަންހިނގައިދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ،" ޔުމްނާ ޓުވިޓާގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާ ބައްދަލު ކުރެއްވުމުން މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެންވޭރުގައި ކިންގް ސަލްމާން މިސްކިތް ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއްގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ މައުމޫން ސުވާލު ކުރެއްވި ކަމަށް އަބްދުއްރަހީމް ރޭ ވަނީ ވިދާޅުވެފަ އެވެ.

"މިއީ އެވެރިކަމުގެ ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނާގެ މައްސަލައަކީ މިއީއޭ. ތިމަންނާގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.

މައުމޫން، ރައީސް ޔާމީނާ ސިޔާސީ ގޮތުން ދުރަށް ޖެހިވަޑައިގެންނެވީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން މައުމޫން މަސައްކަތް ކުރެއްވީ އެއިރުގެ އިދިކޮޅު ފަރާތްތަކާއެކު އެވެ. އަދި 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ހަައްޔަރު ކުރި ސިޔާސީ ފަރާތްތަކުގެ ތެރޭގައި މައުމޫން ހިމެނެ އެވެ.

އޭގެ ފަހުން އެއް އަހަރަށް ވުރެ ގިނަ ދުވަހު މައުމޫން ޖަލުގައި އޮންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox