ފުޅަދޫ ކައިރިން ބަޔަކު ގެނބެނިކޮށް ސަލާމަތްކުރަން އުޅުނު މީހަކު މަރުވެއްޖެ

ބ. ފުޅަދޫ: މިއަދު އެ ރަށުގައި ހިނގި ހާދިސާގައި މަރުވީ އެކުގައި އުޅުނު ބަޔަކު ގެބޭތީ ސަލާމަތްކުރަން އުޅުނު މީހެއް -- ފޮޓޯ: މޯލްޑިވްސް މެގަޒިން

ބ. ފުޅަދޫ: މިއަދު އެ ރަށުގައި ހިނގި ހާދިސާގައި މަރުވީ އެކުގައި އުޅުނު ބަޔަކު ގެބޭތީ ސަލާމަތްކުރަން އުޅުނު މީހެއް -- ފޮޓޯ: މޯލްޑިވްސް މެގަޒިން

ބ. ފުޅަދޫ ކައިރިއަށް މޫދަށް އެރިގެން އުޅެނިކޮށް އެކުގައި އުޅުނު މީހުން ގެނބޭތީ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ހަތަރު މީހަކު ގެނބުނު އިރު، މަރުވީ އޭގެ ތެރެއިން އެކަކެވެ. ދެން ތިބި ތިން މީހުންނަށް އިތުރު އަނިޔާއެއް ނުވެ އެވެ. އަދި އެ މީހުންގެ ސިއްހީ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ފުޅަދޫގެ ކައުންސިލަރު ފާތިމަތު ޝަޒްނާ "އަދަދު"އަށް ވިދާޅުވީ، އެ މީހުންނަކީ އިއްޔެގެ ވަގުތެއްގައި ފުޅަދޫއަށް ޗުއްޓީ ހޭދަކުރަން އައި ބަޔަކު ކަމަށެވެ. އަދި ދެން ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު ރަށުން ފުރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މަރުވި މީހާއާ ގުޅިގެން މިހާތަަނަށް ލިބިފައިވާ މައުލޫމާތަކީ އޭނާއަކީ 36 އަހަރުގެ ދިިވެހި ފިރިހެނެއް ކަމެވެ. އޭނާއާ ބަހޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

ބަޔަކު ގެނބޭތަން ފެނިގެން މި މީހުން ސަލާމަތްކުރުމުގައި ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ވެސް ހަރަކާތްތެރިވީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އަޒުހަރު ވަނީ އެ މީހުން އެއްގަމާ ހަމަޔަށް ގެންގޮސްދީފަ އެވެ. ނަމަވެސް، އަޒްހަރު ފޯނަށް ޖަވާބު ނުދެއްވާތީ މި ހާދިސާއާ ގުޅިގެން އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެ ރަށުން މައުލޫމާތު ދިން އާންމުންގެ މީހަކު ބުނީ، މަރުވި މީހާ އެއްގަމަށް އެރުވި އިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔުމާ ހަމައަށް ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފުޅަދޫގައި މޫދަށް އެރި އުޅެނިކޮށް މީހަކު މަރުވި ހާދިސާ ރިޕޯޓް ކުރީ މިއަދު މެންދުރު 2:30 ހާއިރު ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް އަދި ވައި ގަދަ ދުވަސްވަރެކެވެ. އަދި ގިނަ ބަޔަކު ރަށްރަށަށް ޗުއްޓީ ހޭދަކުރަން ގޮސްފައިވާއިރު، ކަނޑު ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox