މީގެ ހަތް އަހަރު ކުރިން، 2016 ގައި ބ. އަތޮޅު ކިހާދޫއަށް ކުރި ދަތުރެއްގައި ފެނުނީ ބޭނުން ނުކުރެވޭ ވަރަށް ރަށުގެ ބަނދަރު ހަލާކު ވެފައި އޮތް މަންޒަރެވެ. ބަނދަރުގެ ބައެއް ހިސާބުތަކުން ވާޓަރު ތޮށިގަނޑު ވެއްޓި، މަރާމާތުކުރަން ޖެހޭ ހާލުގަ އެވެ. ބަނދަރުގެ ބައެއް ހިސާބުތަކުގައި ދޯނިފަހަރު ބަނދަރު ނުކުރެވެ އެވެ.
އޭގެ ހަތް އަހަރު ފަހުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ހޯއްދެވުމުގެ ރިޔާސީ ކެމްޕެއިނަށް ކިހާދުއަށް ވަޑައިގެންނެވި އިރު ފެނުނީ ރަނގަޅަށް ހަދައި މަރާމާތުކޮށްފައިވާ ބަނދަރެކެވެ.
ކިހާދޫ އެކަންޏެއް ނޫނެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުން އެ ހެޔޮ ބަދަލު ފެނިފައިވެ އެވެ. ގުދުރަތީ ގޮތުން ވަކިން އަތޮޅުގެ ދެކުނު ބިތުގައި އޮންނަ، ގޮއިފުޅަފެހެންދު އަތޮޅުގައި ހިމެނޭ ފުޅަދޫއާއި ފެހެންދުއަށް ކުރިން ދަތުރުކުރި ބަނދަރެއް ވެސް ނެތެވެ. މިހާރު އެ ދެ ރަށް ވެސް ބަދަލުވެއްޖެ އެވެ.
ރަށުގެ ފަޅުގައި ވަކި ބިމެއް ހިއްކައި ވާޓަރު ޖަހައިގެން ބަނދަރު ހަދާފައިވެ އެވެ. ބަނދަރު ރަށާއި، މީހުން ދިރިއުޅޭ ރަށާ ގުޅުވައިލީ ކޮންކްރީޓް ބްރިޖެކެވެ. މީގެ ސަބަބުން ބަނދަރު ކައިރީ މުދާ ބާލަން ވެސް ފަސޭހަވެ، ރަށުގެ ގޮނޑުދޮށް އެއްވެސް ވަރަކަށް ހަލާކެއް ނުވެ އެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ސޯލިހު މި ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ދުވާލަކު ހަ ރަށުގެ މަގުން ޖުމުލަ 12 ރަށަށް އިއްޔެ އާއި ހޯމަ ދުވަހު ވަޑައިގެންފަ އެވެ. އެންމެ އުތުރުން އޮންނަ ރަށް، ކުޑަރިކިއްޔަށް ވަޑައިގަތީ މިއަދު ހެނދުނެވެ.

މިއިން ކޮންމެ ރަށެއްގައި ސަރުކާރުން ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ނިންމުން ފާހަގަ ކުރެއްވި އެވެ. ބައެއް އާ މަޝްރޫއުތައް އިފުތިތާހު ވެސް ކުރެއްވި އެވެ. އަދި އިތުރު ދައުރެއް އެމަނިކުފާނަށް ދެއްވައިފިނަމަ އެ ރަށެއްގައި ހިންގަވާނެ ބައެއް މަޝްރޫއުތައް އިއުލާން ވެސް ކުރެއްވި އެވެ.

ބ. ފުޅަދޫ
ފުޅަދުއަކީ 393 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 240 މީހުނެވެ.
މި ދައުރުގެ މަޝްރޫއުތައް؛
- ބ. ފުޅަދޫ ބަނދަރު ހެދުން (ނިމިފައި)
- ފުޓްސަލް ދަނޑެއް (ނިމިފައި)
- ސިއްހީ މަރުކަޒުގެ ވަށާފާރު، ޕޯޓިކޯ، ގަރާޖު (ނިމިފައި)
- ސްކޫލް ކްލާސް ރޫމަކާއި އޮފީސް އިމާރާތް (ހިނގަމުން ދަނީ)
- ކައުންސިލް އޮފީސް އާ އިމާރާތް (ހިނގަމުން ދަނީ)
- ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުން (ކޮންޓްރެކްޓް ކުރެވިފައި)
- ފެނާއި ނަރުދަމާ (މަޑުޖެހިފައި)
- ކުޑަކުދިންގެ ޕާކު (މަޑުޖެހިފައި)
- ފުޅަދޫ މިސްކިތް (ޓެންޑާކޮށްފައި)
- އައުޓްޑޯ ޖިމް (ޕްލޭންކޮށްފައި)
- އެމްބިއުލަންސެއް ފޯރުކޮށްދިން
އަންނަ ދައުރަށް؛
- ފުޅަދޫގައި ގެންގުޅޭ ކުޑަ ޑިންގީއާއި ދޯނިފަހަރު އެޅުމަށް ފްލޯޓިން ޖެޓީއެއް އެޅުން
- ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އެޅުން
- އެކި އުމުރުފުރާގެ މީހުން ބައްދަލުވެ އުޅުމަށް ކޮމިއުނިޓީ ސެންޓަރެއް އެޅުން
- ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުން
- ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް އެޅުން
- ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން.
- ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުން
- ޑިންގީ އާއި ދޯނި ފަހަރު އެޅޭގޮތަށް ފްލޯޓިން ޖެޓީއެއް
ބ. ފެހެންދޫ
ފެހެންދުއަކީ 318 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 168 މީހުނެވެ.
މި ދައުރުގެ މަޝްރޫއުތައް؛
- ފެހެންދޫ ބަނދަރު ހެދުން (ނިމިފައި)
- ފެހެންދޫ ފުޓްސަލް ދަނޑު (ނިމިފައި)
- ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުން (ކޮންޓްރެކްޓްކުރެވިފައި)
- ފެނާއި ނަރުދަމާ (މަޑުޖެހިފައި)
- އާ މިސްކިތެއް (ޓެންޑާކޮށްފައި)
- ގޮއިފުޅަފެހެންދޫ ސްޓާލް ޕަވާ ސިސްޓަމް (ޓެންޑާކޮށްފައި)
- އެމްބިއުލަންސެއް ފޯރުކޮށްދިން
އަންނަ ދައުރަށް؛
- ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް, މިހާރުދޭ ހިދުމަތް އިތުރުކުރުމާއެކު ލެބޯޓްރީގެ ހިދުމަތް ލިބޭގޮތް ހެދުން
- ފެހެންދޫގެ ސެޓެލައިޓް ސްކޫލު މެނޭޖުކޮށް ހިންގަނީ ގޮއިދޫން. އެކަން ފެހެންދޫއިން ކުރެވޭ ގޮތަށް ބަދަލުކޮށްދިނުން.
- ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާ ވަރަށް ރޯހައުސް އަޅައިދިނުން.
- ކޮމިއުނިޓީ ސެންޓަރެއް އަޅައިދޭނަން
- ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އަޅައިދޭނަން
- ޑިންގީ އާއި ދޯނި ފަހަރު އެޅޭގޮތަށް ފްލޯޓިން ޖެޓީއެއް
- ކުޑަކުދިންގެ ޕާކެއް ގާއިމްކުރުން
ބ. ގޮއިދޫ
ގޮއިދުއަކީ 841 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 508 މީހުނެވެ.
މި ދައުރު
- ފެނާއި ނަރުދަމާ (ނިމިފައި)
- ވޯލީ ކޯޓު (ނިމިފައި)
- ސްކޭޓިން ޕާކު (ނިމިފައި)
- އައުޓްޑޯ ޖިމް (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ގޮއިދޫ ފުޓްސަލް ދަނޑު (ނިމިފައި)
- ސްކޫލް ސްޓާފް ރޫމް (ކޮންޓްރެކްޓްކޮށްފައި)
- ޕޮލިސް ޕޯސްޓެއް ގާއިމްކުރުން (ކޮންޓްރެކްޓްކޮށްފައި)
- މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް (ޓެންޑާކޮށްފައި)
- ފާނާވާ ޒާތުގެ ކުނި މެނޭޖުކުރަން ބޭނުންވާ ބަޔޯ ޓްރީޑްމަންޓް ސިސްޓަމެއް (ޓެންޑާކޮށްފައި)
- ސްކޫލް މަލްޓިޕާޕަސް ހޯލް (ޕްރީޓްރެންޑިން މަރުހަލާގައި)
- ފެނަކަ އާ އޮފީށް އިމާރާތް (ޕްލޭންކުރެވިފައި)
އަންނަ ދައުރަށް؛
- ޒަމާނީ އިންޖީނުގެއެއް
- ސްޕޯޓްސް ކޮމްޕްލެކްސްއެއް
- ބަނދަރު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުން
ބ. އޭދަފުށި
އޭދަފުއްޓަކީ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. 3،467 މީހުންގެ އާބާދީއެއް ރަޖިސްޓްރީވެފައިވެ އެވެ. ރަށުގައި ދިރިއުޅެނީ 1،249 މީހެކެވެ.
- ފެނުގެ ނިޒާމު (ކުރީ ސަރުކާރުން ފަށައި، މި ސަރުކާރުން ނިންމާފައި)
- މަގު ހެދުން (ކުރީ ސަރުކާރުން ފަށައި، މި ސަރުކާރުން ނިންމާފައި)
- އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން (ނިމިފައި)
- ކޮވިޑް ރީޖަނަލް ސެންޓަރު (ނިމިފައި)
- ޗިލްޑްރެންސް ހޯމް (ނިމިފައި)
- އަމާން ވެށި (ނިމިފައި)
- ކުނި ކޮށި އަޕްގްރޭޑްކުރުން (ނިމިފައި)
- ފުޓްސަލް ދަނޑު (ހިނގަމުން ދަނީ)
- އައުޓްޑޯ ޖިމް (ހިނގަމުން ދަނީ)
- ބަނދަރު މަރާމާތުކުރުން (ކޮންޓްރެކްޓްކުރެވިފައި)
- ގްރިޑް އަޕްގްރޭޑްކުރުން (ކޮންޓްރެކްޓްކުރެވިފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކުރެވިފައި)
- 11 މެގަވޮޓް ގްރައުންޑް މައުންޓެޑް ސޯލާ ޕީވީ (ކޮންޓްރެކްޓްކުރެވިފައި)
- އެމްބިއުލަންސެއް ފޯރުކޮށްދީފައި
އަންނަ ދައުރަށް؛
- ހުރިހާ މަގެއްގައި ތާރު އެޅުން
- ހޮސްޕިޓަލަށް ވަސީލަތްތައް އިތުރުކުރުން
- ހުޅަނގު ފަރާތުގައި އާ ބަނދަރެއް
- މޫދަށް އެރި އުޅޭ ސަރަހައްދެއް ގާއިމްކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް
- އިސްލާމީ މަރުކަޒެއް
ބ. ހިތާދޫ
ހިތާދޫއަށް ރަށްވެހިފައިވާ މީހުންގެ އާބާދީއަކީ 1425 މީހުނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 667 މީހުނެވެ.
މި ދައުރު؛
- ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން (ނިމިފައި)
- ފެނާއި ނަރުދަމާ (ހިނގަމުން ދަނީ)
- ބަނދަރު ބޭރު ތޮއްޓާއި އެއްގަމު ތޮށި ހެދުން (ހިނގަމުން ދަނީ)
- ގޮނޑުދޮށް ހިމާޔަތް ކުރުން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ކުޑަކުދިންގެ ޕާކު (ޓެންޑާކޮށްފައި)
އަންނަ ދައުރަށް
- ބިން ހިއްކައި ރޯ ހައުސް އެޅުން
- ފަޅުތެރޭ ޕިކްނިކް އައިލެންޑެއް
- އިންޑޯ ޖިމް، ކޮމިޔުނިޓީ ސެންޓަރެއް
- ބޯޓު ޔާޑެއް
- ފުޓްސަލް އަދި ފުޓްބޯޅަ ދަނޑެއް
ބ. ތުޅާދޫ
މިއީ އޭދަފުއްޓަށް ފަހު މި އަތޮޅުގައި އެންމެ މީހުން ގިނަ ރަށެވެ. ރަޖިސްޓްރީގައި 3087 މީހުން ހިމެނެ އެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 1478 އެވެ. އެއާޕޯޓުގެ ބޮޑު ވައުދެއްވީއިރު، އެ ކަން ހަގީގަތަކަށް ނުވުމުގެ ހިތްހަމަނުޖެހުމެއް ވެސް ރަށުގައި އެބަ އޮތެވެ.
މި ދައުރު؛
- ގޮނޑުދޮށް ހިމާޔަތް ކުރުން (ނިމިފައި)
- 100 ހައުސިން ޔުނިޓް (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ނިމިފައި)
- 30 އެނދުގެ ހޮސްޕިޓަލް (ހިނގަމުންދަނީ)
- ސްކޫލް މަލްޓިޕާޕަސް ހޯލް (ހިނގަމުން ދަނީ)
- އެއާޕޯޓް އަޅަން ބިން ހިއްކުން (ކޮންޓްރެކްޓްކުރެވިފައި)
- ފުޓުބޯޅަ ދަނޑު (ކޮންޓްރެކްޓްކުރެވިފައި)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކުރެވިފައި)
- ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުން (ކޮންޓްރެކްޓް ކުރެވިފައި)
- ހޭންޑް ބޯލް ކޯޓު (ކޮންޓްރެކްޓް ކުރެވިފައި)
- ބަނދަރު ނެރުފައިކަށި އަޕްގްރޭޑްކުރުން (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ފެން ހިންދާ ނިޒާމު ގާއިމުކުރުން (ޕްލޭންކޮށްފައި)
- ފެނަކަ އާ އޮފީސް އިމާރާތް (ނިމިފައި)
- އިންޖީނުގެ އެކްސްޓެންޝަން (ޕްލޭންކޮށްފައި)
އަންނަ ދައުރު؛
- ޕިކްނިކް އައިލެންޑް
- ޒުވާނުންގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް
- ސިނާއީ ސަރަހައްދެއް
- އިތުރު 100 ހައުސިން ޔުނިޓު
- ބޮޑެތި މަގުތަކުގައި ތާރުއެޅުން
- އަމިއްލަ ފަރާތްތަކަށް ލޯނުދީގެން އަކުއަ މެރިން ކަލްޗާ ތަރައްގީކުރުން
- އެއާޕޯޓްގެ މަސައްކަތް ނިންމުން
ބ. މާޅޮސް
މާޅޮހަކީ 766 މީހުންގެ އާބާދީއެއް ރަޖިސްޓްރީގައި އޮންނަ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 486 މީހުުނެވެ. މާޅޮހު ބަނދަރު ވެސް ހަލާކުވެފައި އޮންނަތާ އަހަރުތަކެއްވީއިރު އަދި އެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތެއް ނުހިނގަ އެވެ.
މި ދައުރު
- ފެނާއި ނަރުދަމާ (ނިމިފައި)
- ބަނދަރު މަރާމާތުކުރުން (ކޮންޓްރެކްޓްކުރެވިފައި)
- ގޮނޑުދޮށް ހިމާޔަތްކުރުން (ކޮންޓްރެކްޓްކުރެވިފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކުރެވިފައި)
- ފެނަކަ އާ އޮފީސް އިމާރާތް (ޕްލޭންކޮށްފައި)
- އާ އިންޖީނުގެ (ޕްލޭންކޮށްފައި)
އަންނަ ދައުރު
- ސިއްހީ މަރުކަޒު އާ އިމާރާތެއް އެޅުން
- ސްކޫލްގެ މަލްޓިޕާޕަސް ހޯލް
- ސިޓީ ހޮޓަލެއް
- ފުޓްސަލް ދަނޑަކާއި ފުޓުބޯޅަ ދަނޑެއް
- އާ ބޮޑު މިސްކިތެއް
- ޕިކްނިކް ދާނެ ރަށެއް
ބ ދޮންފަނު
މިއީ ރަޖިސްޓްރީގައި 601 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 361 މީހުނެވެ.
މި ދައުރު
- ގިރާ ސަރަހައްދު ހިމާޔަތްކުރުން (ނިމިފައި)
- ބަނދަރު ހެދުން (ނިމިފައި)
- ފުޓްސަލް ދަނޑު (ނިމިފައި)
- ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން (ނިމިފައި)
- ފެނާއި ނަރުދަމާ (ހިނގަމުންދަނީ)
- ފުޓުބޯޅަ ދަނޑު (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ކައުންސިލް އިދާރާގެ އިމާރާތް (ޓެންޑަކޮށްފައި)
- ފެނަކަ އިންޖީނުގެ އާ އިމާރާތް (ނިމިފައި)
- ފެނަކަ އާ އޮފީސް އިމާރާތް (ނިމިފައި)
އަންނަ ދައުރު
- ބިން ހިއްކައި ރޯހައުސް އެޅުން
- ސްކޫލް މަލްޓިޕާޕަސް ހޯލް
- ފުޓުބޯޅަ ދަނޑު ނިންމުން
- ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް
- ކުޑަކުދިންގެ ޕާކު
- ޕިކްނިކް ދާނެ ރަށެއް
ބ. ކިހާދޫ
ކިހާދުއަކީ ރަޖިސްޓްރީގައި 555 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 432 މީހުންނެވެ.
މި ދައުރު
- ބަނދަރު ހެދުން (ނިމިފައި)
- ވޮލީ ކޯޓު (ނިމިފައި)
- ފުޓުސަލް ދަނޑު (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ގިރާ ސަރަހައްދު ހިމާޔަތްކުރުން (ކޮންޓްރެކްޓްކޮށްފައި)
- ފުޓުބޯޅަ ދަނޑު (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފަ)
- ފެނާއި ނަރުދަމާ (މަޑުޖެހިފައި)
- ސްކޫލް ދެ ކްލާސް ރޫމާއި ވަށާފާރު (މަޑުޖެހިފައި)
- ފެނަކަ އާ އޮފީސް އިމާރާތް (ޕްލޭންކޮށްފައި)
- ފެނަކަ އާ އިންޖީނު އިމާރާތް (ޕްލޭންކޮށްފައި)
އަންނަ ދައުރު
- ހެލްތު ސެންޓަރު 24 ގަޑިއިރު ހިދުމަތް ދެވޭ ތަނަކަށް ބަދަލުކުރުން
- ސްކޫލަށް މަލްޓި ޕާޕަސް ހޯލާއި ސައިންސް ލެބް
- ސްވިމިން ޓްރެކެއް އެޅުން
- ކަރަންޓުގެ ހިދުމަތް ފުޅާކުރުން
- ބޭންކު އޭޓީއެމް ފެސިލިޓީއެއް ގާއިމް ކުރުން
ބ. ކަމަދޫ
ކަމަދުއަކީ ރަޖިސްޓްރީގައި 563 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 345 މީހުނެވެ.
މި ދައުރު
- އައުޓްޑޯ ޖިމް (ނިމިފައި)
- ފެނާއި ނަރުދަމާ (ނިމިފައި)
- ބަނދަރު މާރާމާތުކުރުން (ހިނގަމުން ދަނީ)
- ފުޓުބޯޅަ ދަނޑު (ހިނގަމުން ދަނީ)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފަ)
- މެޖިސްޓްރޭޓް ކޯޓު ތަރައްގީކުރުން (ޓެންޑާކޮށްފަ)
- ކުދަކުދިންގެ ޕާކު (ޕްރީޓެންޑަރިން މަރުހަލާ)
- ސްކޫލް ދެ ކްލާސް ރޫމަކާއި އޮފީސް އިމާރާތް (ޕްލޭންކޮށްފަ)
- ފެނަކަ އާ އޮފީސް އިމާރާތް (ޕްލޭންކޮށްފަ)
- އެމްބިއުލަންސެއް ފޯރުކޮށްދީފައި
އަންނަ ދައުރު
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- އާ ބޮޑު މިސްކިތެއް
- ރަނގަޅު ފެންވަރު މަގުތައް ހެދުން
- ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް
- އޭޓީއެމް ހިދުމަތް ގާއިމުކުރުން
- އިންޖީނުގެ އަޕްރޭޑް ކުރުން
- ވޮލީބޯޅަ، ނެޓްބޯޅަ ކޯޓު
- މަދިރިވައިދޫ ޕިކްނިކް އައިލެންޑްއަކަށް
ބ. ކެންދޫ
ކެންދުއަކީ ރަޖިސްޓްރީގައި 1393 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 869 މީހުނެވެ.
މި ދައުރު
- ފުޓުބޯޅަ ދަނޑު (ނިމިފައި)
- ވޮލީ ކޯޓު (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ގޮނޑުދޮށް ހިމާޔަތްކުރުން (ނިމިފައި)
- ފެނާއި ނަރުދަމާ (ހިނގަމުން ދަނީ)
- ސިއްހީ މަރުކަޒުގެ އޮފީސް އެކްސްޓެންޝަން (ހިނގަމުން ދަނީ)
- ސްކޫލް މަލްޓި ޕާޕަސް ހޯލް (ހިނގަމުން ދަނީ)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ހޭންޑްބޯލް ކޯޓު (އެވޯޑުކޮށްފައި)
- މިސްކިތެއް އިމާރާތްކުރުން (ކޮންޓްރެކްޓްކޮށްފައި)
- ފުޓުބޯޅަ ދަނޑުގެ ފެންސް އަދި ލައިޓިން (ޕްރީޓެންޑަރިން މަރުހަލާގައި)
- ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން (ޕްރީޓެންޑަރިން މަރުހަލާގައި)
އަންނަ ދައުރު
- ބިން ހިއްކައި ފްލެޓް އެޅުން
- އާޓިފިޝަލް ބީޗެއް ހެދުން
- ޒަމާނީ ފެންވަރަށް މަގު ހެދުން
- ބަނދަރު ބޮޑުކުރުން
- ސްވިމިން ޓްރެކް ނިންމުން
- ޖަމިއްޔާތަކަށް އޮފީސް ސްޕޭސް ހަމަޖެއްސުން
ބ. ދަރަވަންދޫ
ބ. އަތޮޅުގައި އެއާޕޯޓު އޮންނަ ދަރަވަންދުއަކީ 1208 މީހުންގެ އާބާދީއެއް ރަޖިސްޓްރީގައި އޮންނަ ރަށެކެވެ. އެންމެ ފައިދާގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓް އޮންނަ އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 822 މީހުނެވެ. ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮ ވެރިކަން" ސިޔާސަތުތައް ލޯންޗުކުރީ މި ރަށުގަ އެވެ.
މި ދައުރު
- ފެނުގެ ނިޒާމު (ނިމިފައި)
- ގޮނޑުދޮށް ހިމާޔަތްކުރުން (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ނިމިފައި)
- އިމަޖެންސީ މެޑިކަލް ސާވިސް ސެންޓަރު (ނިމިފައި)
- ނަރުދަމާ (ހިނގަމުން ދަނީ)
- ބަނދަރު އަޕްގްރޭޑްކުރުން (ހިނގަމުން ދަނީ)
- ކުޑަކުދިންގެ ޕާކެއް (ހިނގަމުން ދަނީ)
- ފުޓުބޯޅަ ދަނޑު (ހިނގަމުން ދަނީ)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- މިސްކިތެއް އަޅަން (ޓެންޑަކޮށްފައި)
- ވޯލީ ކޯޓު (ޕްރީޓެންޑަރިން)
- ފެނަކަ އާ އޮފީސް އިމާރާތް (ޕްލޭންކޮށްފައި)
އަންނަ ދައުރު
- ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން
- ރޯ ހައުސް އަދި ފްލެޓް އެޅުން
- ސްކޫލް އޮފީސް ބޮޑުކޮށް ކްލާސްރޫމް އިތުރުކުރުން
- ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުން
- އޮފީސްތައް ހިންގަން ކޮމްޕްލެކްސް ބޮޑުކުރުން
- ޕިކްނިކް ދާން ރަށެއް ހަމަޖެއްސުން
- ބޮޑެތި ހުރިހާ މަގެއް ތާރު އެޅުން
ބ. ކުޑަރިކިލު
އަތޮޅުގެ އެންމެ އުތުރުން އޮންނަ ކުޑަރިކިއްޔަކީ ރަޖިސްޓްރީގައި 674 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 451 މީހުނެވެ.
މި ދައުރު
- ގޮނޑުދޮށް ހިމާޔަތްކުރުން (ނިމިފައި)
- ބަނދަރު ގާއިމުކުރުން (ނިމިފައި)
- ވޮލީ ކޯޓު (ނިމިފައި)
- އައުޓްޑޯ ޖިމް (ނިމިފައި)
- ފުޓުސަލް ދަނޑު (ނިމިފައި)
- ސްކޫލް ހަތަރު ކްލާސް ރޫމް (ހިނގަމުން ދަނީ)
- ސޯލާ ޕަވާ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ފެނާއި ނަރުދަމާ (މަޑުޖެހިފައި)
- ފުޓުބޯޅަ ދަނޑު (ޓެންޑަކޮށްފައި)
އަންނަ ދައުރު
- ސިއްހީ މަރުކަޒުގައި އިތުރު ވަސީލަތްތައް ގާއިމުކުރުން
- ސްކޫލް މަލްޓި ޕާޕަސް ހޯލް
- ޒުވާނުންގެ މަރުކަޒެއް
- އޭޓީއެމްގެ ހިދުމަތް
- ފުޓުބޯޅަ ދަނޑު ނިންމުން
- ކުޑަކުދިންގެ ޕާކު
ރިޔާސީ ކެމްޕެއިނުގެ މިސްރާބު ދެން އޮތީ ބ. އަތޮޅުގެ އުތުރަށް އޮންނަ ރ. އަތޮޅަށެވެ. ރ. އަތޮޅުގެ ނުވަ ރަށަކަށް، މި ދަތުރުގެ ތެރޭގައި ރައީސް ވަޑައިގަންނަވާނެ އެވެ. އެއީ ކިނޮޅަސް، ފައިނު، މީދޫ، މަޑުއްވަރީ، ދުވާފަރު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، އަދި ހުޅުދުއްފާރެވެ. އެ އަތޮޅުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައިގެން ދަނީ ހިންގަމުންނެވެ.












