ފުޅަދޫގައި ބިކިނީ ލައިގެން އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާކުރަނީ

ބ. ފުޅަދޫ: އެ ރަށުގައި ބިކިނީގައި އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާކުރަން ކައުންސިލުން ވަނީ ނިންމާފައި --  ފޮޓޯ: މޯލްޑިވްސް މެގަޒިން

ބ. ފުޅަދޫ: އެ ރަށުގައި ބިކިނީގައި އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާކުރަން ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މޯލްޑިވްސް މެގަޒިން

ބ. ފުޅަދޫގައި އާންމު މިންގަނޑުތަކާއި ހިލާފަށް ފަތުރުވެރިން ހެދުން އަޅައިގެން އުޅޭނަމަ އެ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ޖޫރިމަނާ ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ނިންމީ އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފަށް ހެދުން އަޅައިގެން އާންމު ސަރަހައްދުތަކުގައި އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ބަލާ އެ ގެސްޓްހައުސްތައް 750ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ފުޅަދޫ ކައުންސިލުން ބުނީ އާންމު މިންގަނޑުތަކާއި ހިލާފަށް ފަތުރުވެރިން ހެދުން އަޅައިގެން އާންމު ސަރަހައްދުތަކުގައި އުޅޭކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ލިބޭއިރު، ގެސްޓްހައުސްތައް ޖޫރިމަނާ ކުރަން ނިންމީ އެކަން ހައްލުކުރަން ކުރާ މަސައްކަތް މިހާތަނަށް ވެސް ހައްލުވެފައި ނުވާތީ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ބީދޭސީންނާއި ޓޫރިސްޓުން ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު ޕެޓިޝަނެއް ހުށަހަޅައި، ތާއީދު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ޒަމްޒަމް ފާރިޝް މަޖިލީހަށް ހުށަހެޅި އެ ޕެޓިޝަނުގައި މިހާތަނަށް 1،359 މީހުން ވަނީ ސޮއިކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދަށް ޕީއެންސީން ގެނައި ބަދަލުގައިވާ ގޮތުންޕެޓިޝަނެއް މަޖިލީހުގައި ކުރިޔަށް ގެންދާނީ 500 މީހުން ސޮއިކުރުމުންނެވެ.

ލޯކަލް ޓޫރިޒަމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރަށު ތެރޭ އުޅޭއިރު އަމަލުކުރަން ޖެހޭ މިންގަނޑުތައް މިހާރަށްވުރެ ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox