ބަނދަރުތަކުން ގޮއިފުޅަފެހެންދޫއަށް އިގުތިސާދީ ދިރުން!

ބ. ފެހެންދޫގެ މަގެއް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ބ. ފެހެންދޫގެ މަގެއް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ވަށައިގެންވާ ކަނޑުފަޅުގެ ދިރުމާއި ރީތި ދޮންވެލި ބީޗު އޮތް ރަށްތަކެކެވެ. ފަތުރުވެރި ވިޔަފާރީގެ ހަރަކާތްތަކަށް ޝަރުތުތައް ހަމަ އެވެ. ވެރިރަށް މާލޭން ލޯންޗެއްގައި އެއީ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރެކެވެ. ނަމަވެސް ފުރިހަމަ ނުވެ އޮތީ އެ ކަމަށް ބޭނުންވާ ބައެއް އުމްރާނީ ބިނާތަކެވެ.

ބ. އަތޮޅުގެ ދެކުނުގައި ގުދުރަތީ ގޮތުން ވަކި އަތޮޅެއް ގޮތަށް އޮންނަ ގޮއިފުޅަފެހެންދޫ މިހާރު ފެންނަނީ މީގެ ފަސް އަހަރު ކުރިން ފެނުނު ގޮތަކަށެއް ނޫނެވެ. ފުޅަދޫ އާއި ފެހެންދޫއަކީ އޭރު ލަކުނޑި ކުޑަ ޖެޓީއަކަށް ޑިންގީ ގާތްކޮށްގެން މީހުން ލަފާފުރުމުގެ ކަންކަން ހަމަޖެހިފައި އޮތް ރަށްތަކެވެ.

ބަނދަރެއް ބޭނުންވި ނަމަވެސް ދެ ރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކާއި ރަށުގެ މީހުން ބޭނުންވި އެހެން ކަމެއް ވެސް އޮތެވެ. އެއީ ރަށުގެ ރީތި އެއްވެސް ބީޗެއް ހަލާކު ނުވުމުވެ. ސަރުކާރުން ދެ ރަށުގެ ބަނދަރުގެ ކޮންސެޕްޓް ވެސް ތައްޔާރު ކުރީ އެ ގޮތަށެވެ.

ރަށުގެ ފަޅުގައި ވަކި ބިމެއް ހިއްކައި ވާޓަރު ޖަހައިގެން ބަނދަރު ހަދާފައިވެ އެވެ. ބަނދަރު ރަށާއި، މީހުން ދިރިއުޅޭ ރަށާ ގުޅުވައިލީ ކޮންކްރީޓް ބްރިޖެކެވެ. މީގެ ސަބަބުން ބަނދަރު ކައިރީ މުދާ ބާލަން ވެސް ފަސޭހަވެ، ރަށުގެ ގޮނޑުދޮށް އެއްވެސް ވަރަކަށް ހަލާކެއް ނުވެ އެވެ. ފުޅަ-ފެހެންދޫ މީހުން ތިބީ މި ޕްރޮޖެކްޓާއެކު އުފަލުގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ މަސައްކަތުގައި ފެހެންދު އާއި ފުޅަދޫއަށް ވަޑައިގަންނަވާތީ ބަނދަރު ކައިރީ ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އައިސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަ އުފަލެވެ. ފުރަތަމަ ފަސް އަހަރެކޭ އެއް ގޮތަށް ކުރިއަށް އޮތް ފަސް އަހަރު ވެސް ދިޔުމަށް އެދޭތީ އެވެ.

ފުޅަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަމްޖަދު ބުނީ އޭނާގެ މުޅި އުމުރުގެ ހަނދާނުގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ފަށައިގެން ހިނގާތާ ވެސް ފެނުނީ މި ސަރުކާރުގައި ކަމަށެވެ. އަދި ބަނދަރު ފަދަ މަސައްކަތެއް ނިމިގެން ދިޔަ މަންޒަރު ވެސް ފެނުނީ މި ސަރުކާރުގައި ކަމަށެވެ.

"މިއީ ދެން ތިންސަތޭކައެއްހާ މީހުން އުޅޭ ރަށެއް، މި ރަށަށް ކަމެއް ކޮށްދިނިއްޔާ އެ ކޮށްދިނީ މި ސަރުކާރުން، ބަނދަރު ކީއްކުރަން، މަރުކަޒަށް އެމްބިއުލާންސެއް ވެސް ހޯދައިދިން،" އަމްޖަދު ބުންޏެވެ.

ބ. ފެހެންދޫ ކައުންސިލްގެ ކުރީގެ މެންބަރު އާދަމް އައިމަން ވިދާޅުވީ މީގެ ކުރިން ގެސްޓުން ގޮވައިގެން އެ އަތޮޅަށް ލޯންޗު ދަތުރުކުރާނީ ވެސް ގޮއިދުއަށް އެކަނި ކަމަށެވެ. ފުޅަދޫ އާއި ފެހެންދޫން ވެސް ގެސްޓުން ގެންނާނީ ކުޑަކުޑަ ޑިންގީއެއްގައި ގޮއިދޫއަށް ގޮސް އެ ރަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަ ދިޔަވަރުގައި މި ރަށު ފަޅަށް ރަނގަޅު ހެޔޮވަރު ލޯންޗެއް ނުވެސް ވަންނާނެ، ކުރިން މުދާ ވެސް ގެންނާނީ ގޮއިދުއަށް މި ރަށުން ޑިންގީ ގަނޑެއް ގެންގޮސްގެން އޭގައި އުފުލައިގެން، މިހާރު ބަނދަރު އޮތީމަ ގެސްޓުން އަދި މުދާ ވެސް ހިފައިގެން ސީދާ މި ރަށަށް އެބަ އާދޭ،" މިހާރު ގެސްޓް ހައުސެއްގައި މަސައްކަތްކޮށްގެން ރަށުގައި ދިރިއުޅޭ އައިމަން ވިދާޅުވި އެވެ.

އައިމަން ކިޔައިދެއްވި ގޮތުން، ފުޅަދޫއާއި ފެހެންދޫގެ ބަނދަރު ހެދި ފަހުން، ދަތުރުފަތުރުކުރަން ލިބުނު ފަސޭހައާއެކު މިހާރު އެ އަތޮޅަށް އަންނަ ގިނަ ގެސްޓުން ތިން ރަށުގައި ވެސް މަޑުކުރެ އެވެ.

"މިއަދު ވެސް މި އައީ ގެސްޓުންތަކެއް ފުޅަދޫއަށް ގެންގޮސް ލާފައި، މި ރަށުގައި ދެ ދުވަހު މަޑުކޮށްފައި އެއީ، އެ މީހުން އެބަ މަޑުކުރަމޯ ފުޅަދޫގައި ވެސް ދެ ދުވަސް، އެއް ރަށަށް ބުކިން ހަދާފައި އަންނަ ގެސްޓުން ވެސް ހަމަ އަނެއް ދެ ރަށަށް އެބަ ބުކިން ހަދާ،" ސަރަހައްދުގެ ލޯކަލް ޓުއަރިޒަމަށް އައި ކުރިއެރުންތަކާ މެދު ހިތްހަމަޖެހި ހުރެ އައިމަން ވާހަކަ ދެއްކެވި އެވެ.

އަންނަ ދައުރު އޮތް ކަމަކީ ރިސޯޓެއް

އިތުރު ފަސް އަހަރުގެ ދައުރެއް ރައީސް ސޯލިހަށް ދެއްވައިފިނަމަ، އެ ފަސް އަހަރު ވެސް އެންމެ މުހިންމު ކަމެއް ދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވަނީ ސަރަހައްދުގެ ލޯކަލް ޓުއަރިޒަމާއި، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމެވެ.

އެ އަމާޒަށް ދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގަތީ އެ އަތޮޅު ފަޅު ތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމެވެ. ރިސޯޓާއެކު އެ ސަރަހައްދަށް އަންނަ ޓުއަރިސްޓުން ގިނަވާނެ ކަމަށް އެމަނިކުފާނު ތަސައްވުރު ކުރައްވަ އެވެ.

ފުޅަދުއަށް ވީ ވައުދުތައް:

  • ފުޅަދޫގައި ގެންގުޅޭ ކުޑަ ޑިންގީއާއި ދޯނިފަހަރު އެޅުމަށް ފްލޯޓިން ޖެޓީއެއް އެޅުން
  • ޒުވާނުން އެދިފައިވާ ގޮތަށް އިންޑޯ ވޮލީ ކޯޓެއް އެޅުން
  • އެކި އުމުރުފުރާގެ މީހުން ބައްދަލުވެ އުޅުމަށް ކޮމިއުނިޓީ ސެންޓަރެއް އެޅުން
  • ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުން
  • ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކެއް އެޅުން
  • ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކޮށްދިނުން.

ފެހެންދުއަށް ވީ ވައުދުތައް:

  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް, މިހާރުދޭ ހިދުމަތް އިތުރުކުރުމާއެކު ލެބޯޓްރީގެ ހިދުމަތް ލިބޭގޮތް ހެދުން
  • ފެހެންދޫގެ ސެޓެލައިޓް ސްކޫލު މެނޭޖުކޮށް ހިންގަނީ ގޮއިދޫން. އެކަން ފެހެންދޫއިން ކުރެވޭ ގޮތަށް ބަދަލުކޮށްދިނުން.
  • ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާ ވަރަށް ރޯހައުސް އަޅައިދިނުން.
  • ކޮމިއުނިޓީ ސެންޓަރެއް އަޅައިދޭނަން
  • ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އަޅައިދޭނަން
  • ޑިންގީ އާއި ދޯނި ފަހަރު އެޅޭގޮތަށް ފްލޯޓިން ޖެޓީއެއް
  • ކުޑަކުދިންގެ ޕާކެއް ގާއިމްކުރުން

ފުޅަދޫން 2018 ވަނަ އަހަރު މެޖޯރިޓީ ހޯދީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނަށް 51 ޕަސެންޓް ވޯޓު ލިބިފައިވެ އެވެ. ނަމަވެސް ބަނދަރުގެ މަޝްރޫއާއެކު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ފެހެންދޫން 2018 ގައި ރައީސް ސޯލިހު މެޖޯރިޓީ ހޯދައިފަ އެވެ. އެމަނިކުފާނު އުންމީދު ކުރައްވަނީ ބަނދަރުގެ މަޝްރޫއުތަކުން ސަރަހައްދަަށް ލިބުނު ކުރިއެރުން، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުން ފެންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox